ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކުރުމަށް

އިޢުލާން

މި ކޯޓުގައި ތިރީގައި ދެންނެވިފައިމިވާ މަސައްކަތް ކުރުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖުލައި 20 ވާ ބުދަ ދުވަހުގެ 14:00 ގައި މި ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖުލައި 24 ވާ އާދީއްތަ ދުވަހުގެ 1400 ގައި މި ކޯޓަށް ވަޑައިގެން އަނަދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1- "ކޯޓުރޫމް 2" ގެ ދެކުނުފަރާތު ފާރުގައި ހައިވަކަރު ޕްލައިވުޑް ބިތްގަނޑެއް ހަދައި، އެތަނުގައި ސްޓޭޖް ހެދުމުގެ މަސައްކަތް

2- ކޯޓުރޫމް 2 ގައި ބެހެއްޓުމަށް ބޭނުންވާ ފަރުނީޗަރު ހެއްދުން

މި ބީލަމުގައި ބައިވެރިވެވޭނީ އިސްވެ ދެންނެވި ތާރީޚުގެ ސުންގަޑި ހަމަވުމުގެ ކުރިން މި ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ. އަދި މިމަސައްކަތަށް ހުށަހަޅުއްވާ އަންދާސީހިސާބު ހުށަހަޅުއްވާނީ މި ކޯޓުން ދޫކުރާ ފޯމުގައެވެ.

ޓެންޑަރ ކުރެވިފައިވާ މަސައްކަތްތައް ހަވާލުކުރާނެ ފަރާތެއް އެކަށައެޅުމުގައި ތިރީގައި މިވާ މިންގަނޑުތަކަށް ރިޢާޔަތް ކުރެވޭނެއެވެ. އަދި ބިޑް އެވޯޑް ކުރެވޭނީ އެންމެ ގިނަ ޕޮއިންޓް ހާސިލުކުރާ ފަރާތަކަށެވެ.

1

މަސައްކަތް ކުރުމަށް ހުށަހަޅާ އަގު

75 ޕޮއިންޓް

2

ތަޖުރިބާއާއި ފަންނީ ޤާބިލުކަން

10 ޕޮއިންޓް

3

މަސައްކަތް ނިންމުމަށް ހުށަހަޅާ މުއްދަތު

05 ޕޮއިންޓް

4

މާލީ ޤާބިލުކަން

10 ޕޮއިންޓް

09 ޝައްވާލް 1437

14 ޖުލައި 2016
ހޯދާ