މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ސުކޫލް
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ސްކޫލަށް މަސައްކަތު މީހަކު ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)GS118/2016/19 ގެ އިޢުލާނާ ގުޅިގެން އެ މަޤާމަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް، އަލުން އެ ފުރުޞަތު ހުޅުވައިލަމެވެ.

މަޤާމް: މަސައްކަތު

މަޤާމުގެ ގިންތި: ވަގުތީ

މަޤާމުގެ ރޭންކް: އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

އޮފީސް / އިދާރާ / ސެކްޝަން: ފޮއްދޫ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަން: ފޮއްދޫ ސްކޫލް

މުސާރަ: މަހަކު -/3100 ރުފިޔާ (ތިންހާސް އެއްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ (އެއްހާސް ރުފިޔާ)

ބޭނުންވާ އަދަދު: 1 (އެކެއް)

ޢިނާޔަތްތައް: ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ ޝަރުޠު: ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1. ސްކޫލުގެ ގޯތިތެރެ ކުނިކަހައި ބެލެހެއްޓުން (ސްކޫލުން އަންގާ ގޮތެއްގެ މަތިން، ގަސްތައް ކޮށައި، ވިނަ ނޮޅައި، ސާފުކުރުން)

2. ސްކޫލުގެ ގޯތި ވަށައިގެންވާ ބޭރު މަގުތަކުގެ 15 ފޫޓަށްވާ ސަރަހައްދު ކުނިކަހައި ސާފުކުރުން.

3. ސްކޫލުގެ ގޯތިތެރޭގައިވާ ހުރިހާ އިމާރާތެއް ކުނިކަހައި، ފޮޅައި، ސާފުކޮށް ބެލެހެއްޓުން.

4. ސްކޫލުގެ ގޯތިތެރެއާއި، އެތަނުގައިވާ އެންމެހައި އިމާރާތްތައް އަބަދުމެ ސާފުތާހިރު ތަނެއްގެގޮތުގައި ދެމެހެއްޓުން.

5. ދަރިވަރުންނާއި ޓީޗަރުންގެ ފާޚާނާތައް ކޮންމެ ދުވަހަކުވެސް މަދުވެގެން 1 ފަހަރު ދޮވެ ސާފުކުރުން.

6. މަތީގައިވާ ކަންކަމުގެ އިތުރުން، ސްކޫލުން ހަވާލުކުރާ މަސައްކަތްތައް ކުރުން.

ކުރިމަތިލުމުގެ މުއްދަތާއި، ކުރިމަތިލާނެ ގޮތް: 

މި މަޤާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، 2016 އޮގަސްޓު 2 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ފޮއްދޫ ސްކޫލަށް ހުށަހެޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ފޮއްދޫ ސްކޫލުން ލިބެން ހުންނާނެއެވެ.)

2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު)

3. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

5. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓެފިކެޓުތަކުގެ ކޮޕީ.

6. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.

7. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެކަންކަން:

- ތަޢުލީމާއި ތަމްރީން.

- މަސައްކަތުގެ ތަޖުރިބާ.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމުގެ ސިފަތައް.

އިންޓަވިއު ކުރުން:

- މި މަޤާމަށް މީހުން ހޮވުމަށް އިންޓަވިއު އޮންނާނެ ތާރީޚު ފަހުން އަންގާނެއެވެ.

- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ނޯޓު:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6560570 ނަންބަރު ފޯނަށް، ނުވަތަ 6561807 ނަންބަރު ފޯނަށެވެ.

   13 ޝައްވާލް 1437  

18 ޖުލައި 2016
ހޯދާ