މަޤާމު
|
އެސިސްޓެންޓް ފޯމަން
|
ބޭނުންވާ އަދަދު
|
01 (އެކެއް)
|
ހަމަޖައްސާ ސެކްޝަން: އޮފީސް އެޑްމިނިސްޓްރޭޝަން ޔުނިޓް
|
ރޭންކް
|
އެސް.އެސް 2
|
ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2
|
މުސާރަ
|
މަހަކު -/3470 ރ.
|
ސާރވިސް އެލަވަންސް: މަހަކު -/1,000 ރ.
|
މަޤާމުގެ ޝަރުތު
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު
|
- އިސްލާމީ މަރުކަޒު ގޯތިތެރޭ ކުނިކަހައި ކުނިއުކައިލުމުގެ މަސައްކަތް ކުރުވުން .
- އިސްލާމީ މަރުކަޒުގެ މިސްކިތް ހިމެނޭބައި ފޮޅައިސާފުކޮށް 5 ވަގުތު ނަމާދަށް ތައްޔާރުކުރުމުގެ މަސައްކަތްކުރުވުން.
- އިސްލާމީ މަރުކަޒުގައި ބާއްވާ ބައްދަލުވުންތަކާއި ޖަލްސާތައް ބޭއްވުމުގެ އިމްތިޒާމު ކުރުވުން.
- މާލޭގެ ގަބުރުސްތާނުތައް ސާފުކުރުވައި ބެލެހެއްޓުން.
- މި މިނިސްޓްރީގެ ފަރާތުން ރާވާ އެކިއެކި އިވެންޓްތައް ބޭއްވުމަށްޓަކައި ތަން ތައްޔާރުކުރުވުން.
- މި މިނިސްޓްރީގެ ފަރާތުން ގުދަންތަކާއި އެކިއެކި ތަންތަނަށް ގެންދަންޖެހޭ ތަކެތި ގެންދިޔުމާއި ގެނައުމުގެ މަސައްކަތް ކުރުވުން.
- އިސްލާމީ މަރުކަޒުގެ އެންމެހައި ތަންތަން ފޮޅައި ސާފުކޮށް އަދި ދޮންނަންޖެހޭ ތަންތަން ދޮވެސާފުކުރުމުގެ މަސައްކަތް ކުރުވުން.
- މީގެ އިތުރުން އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމަހައި ކަންތައްތައް ކުރުން.
|
ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަކޮށް ހުށަހަޅަންޖެހޭ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި ކޯހުގެ ޓްރާންސްކްރިޕްޓްތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭހެން އޮތް، ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
|
މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ތަން އަދި ގަޑި: މި މަޤާމަށް ހޮވޭ މުވައްޒަފު މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް/ އިސްލާމީ މަރުކަޒުގައެވެ. ރަސްމީ މަސައްކަތް ވަގުތަކީ 08:00 ން 14:00 އަށެވެ. މީގެ އިތުރުން ހަވާލުކުރެވިފައިވާ މަސައްކަތާ ގުޅިގެން ނުވަތަ އިތުރުގަޑީގައި މަސައްކަތްކުރުމަށް ނުކުންނަން އަންގައިފިނަމަ ނުކުތުން. (ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.)
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ މައިގަނޑު ކަންތައްތައް: ތަޢުލީމީ ގޮތުން ލިބިފައިވާ މާކްސް، މަސައްކަތުގެ ދާއިރާ އިން ލިބިފައިވާ ތަޖުރިބާ އަދި އިންޓަވިއު މި ތިންބަޔަށް އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށެވެ.
މި މަޤާމަށް އިންޓަރވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އަދި ތަޖުރިބާ އިން އެންމެ މަތީ މާކްސް ލިބޭ 10 ފަރާތަށެވެ.
|
ސުންގަޑި
- 25 ޖުލައި 2016 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް (އިސްލާމީ މަރުކަޒު)
- މި މަޤާމަށް ހަމަޖައްސާ މުވައްޒަފު މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް / އިސްލާމީ މަރުކަޒުގައެވެ.
- މި މަޤާމުގެ އިންޓަވިއު އިޢުލާނުގެ މުއްދަތު ހަމަވާތާ ހަފުތާއެއްގެ ތެރޭގައި ބޭއްވޭނެއެވެ. އަދި، އިންޓަވިއު ބޭއްވޭނީ މި މިނިސްޓްރީގައެވެ.
ވެބްސައިޓް އެޑްރެސް www.islamicaffairs.gov.mv
- އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3020232 އަށް އަދި ފެކްސް ނަމްބަރަކީ 3315161
- އީމެއިލް ކުރައްވާނީ [email protected] އަށެވެ.
|