ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓުބޯޅަދަނޑުގައި ލައިޓް ޖަހައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ފ. ނިލަންދޫ ފުޓްބޯޅަދަނޑުގައި ލައިޓް ޖެހުމަށް ސަރުކާރުން ނިންމަވާފައިވާތީ، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ފަރާތުން ތައްޔާރު ކުރައްވާފައިވާ ބީ.އޯ.ކިއު އާ އެއްގޮތަށް ފުޓްބޯޅަދަނޑުގައި ލައިޓް ޖަހއިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް އެދި ޝައުޤުވެރިވެލައްވާ ބޭފުޅުން 2016 ޖުލައި 21 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖުލައި 28 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިކައުންސިލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ގަޑި ޖެހުމަށްފަހު ހުށަހެޅޭ އަންދާސީހިސާބާއި، މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަންނާނޭ ކަމުގައި ދަންނަވަމެވެ. އެހެންމީހެއްގެ ހަވާލުގައި އަންދާސީހިސާބު ހުށަހަޅާނަމަ ގަޑިޖެހުމުގެ 1 ގަޑިއިރުކުރިން އެކަން ބަޔާންކޮށް މިއިދާރާއަށް އެފަރާތުގެ ލިޔުމެއް ސޮޔާއެކު ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅާނީ މިއިދާރާއިން ދޫކުރާ އަންދާސީހިސާބު ހުށަހަޅާ ފޯމުގައި ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ފ. ނިލަންދޫ ފުޓްބޯޅަދަނޑުގައި ލައިޓް ޖެހުމުގެ މަސައްކަތްތައް ކޮށްދިނުން އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

މިމަސައްކަތަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް ބަޔާންކުރެވިފައި މިވަނީއެވެ.

01-   ހުށަހަޅާ އަގު      %60

02-   މުއްދަތަށް        %20

03-   މާލީތަނަވަސްކަން    % 10

04-   ތަޖުރިބާ         % 10

06 ޝައްވާލް 1437

11 ޖުލައި 2016
ހޯދާ