ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ބެޗްލަރ އޮފް ޓީޗިންގ ޕްރައިމަރީ، ބެޗްލަރ އޮފް ޓީޗިންގ ސެކަންޑަރީ (ދިވެހި ލޭންގްވިޖް އެންޑް ލިޓްރޭޗަރ)

އިޢުލާން

ތިރީގައި މިވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ގުޅިގެން ޤައުމީ ޔުނިވަރސިޓީން ކުރިއަށްގެންދާ 3000 މުދައްރިސުން ތަމްރީންކުރުމުގެ ޕްރޮގުރާމްގެ ތެރެއިން ސެންޓަރ ފޮރ އޯޕަން ލާރނިންގގައި ޖުލައި 2016 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ މަޢުލޫމާތެވެ. މި ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދްމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

1-   ކޯހުގެ ނަން: ބެޗްލަރ އޮފް ޓީޗިންގ ޕްރައިމަރީ

މުއްދަތު: 3 އަހަރު (6 ސިމެސްޓަރ)

ކޯސް ހިންގުމަށް ހަމަޖެހިފައިވާ ސެންޓަރާއި ސެންޓަރުތަކަށް ކަނޑައެޅިފައިވާ ޖާގަ: ނ.ކެނދިކުޅުދޫ– ބްލޮކް މޯޑް (30 ޖާގަ)،  ދ.ކުޑަހުވަދޫ - ބްލޮކް މޯޑް (30 ޖާގަ)، ތ.ތިމަރަފުށި - ބްލޮކް މޯޑް (30 ޖާގަ)، ގއ.ވިލިނގިލި - ބްލޮކް މޯޑް (30 ޖާގަ).

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން. އަދި ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން، ދިވެހި ހިމެނޭ ގޮތަށް 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. އެޑްވާންސްޑް ޑިޕްލޮމާ އިން ޓީޗިންގ ޕްރައިމަރީ/ބެޗްލަރ އޮފް އެޑިޔުކޭޝަން - ޕްރައިމަރީ ކޯހަށް އަމާޒު ކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ނ. ކިޔަވައިދިނުމުގެ ރޮނގުން އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް އޮތުން. ނުވަތަ

ރ. އުމުރުން 20 އަހަރުވުމާއި ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އެއް މާއްދާއިން ފާސްވެފައިވުން އަދި 5 އަހަރު ދުވަހު ކިޔަވާދިނުމުގެ ތަޖްރިބާ ލިބިފައިވުން.

2-   ކޯހުގެ ނަން: ބެޗްލަރ އޮފް ޓީޗިންގ ސެކަންޑަރީ (ދިވެހި ލޭންގްވިޖް އެންޑް ލިޓްރޭޗަރ)

މުއްދަތު: 3 އަހަރު (6 ސިމެސްޓަރ)

ކޯސް ހިންގުމަށް ހަމަޖެހިފައިވާ ސެންޓަރާއި ސެންޓަރުތަކަށް ކަނޑައެޅިފައިވާ ޖާގަ: ތ.ތިމަރަފުށި - ބްލޮކް މޯޑް (30 ޖާގަ)، ގއ.ވިލިނގިލި - ބްލޮކް މޯޑް (30 ޖާގަ).

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭލެވެލް/އެޗް.އެސް.ސީ އިމްތިޙާންތަކުން 2 މާއްދާއިން ފާސްވެފައިވުން އަދި ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އިމްތިޙާންތަކުން، 3 މާއްދާއިން ފާސްވެފައިވުމާއެކު ދިވެހިން ދަށްވެގެން “ބީ” ގްރޭޑް ލިބިފައިވުން. ނުވަތަ

ށ. ބެޗްލަރ އޮފް އެޑިޔުކޭޝަން ކޯހަށް އަމާޒު ކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ނ. ޚާއްޞަވާން އެދޭ މާއްދާތަކުން ކިޔަވައިދިނުމުގެ ރޮނގުން ޑިޕްލޮމާ ލެވެލްގެ ސަނަދެއް އޮތުމާއެކު އެސް.އެސް.ސީ ދިވެހިން ފާސްވެފައިވުން. ނުވަތަ

ރ. ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓްފިކެޓް ލެވެލްގެ ސަނަދެއް އޮތުމާއެކު ސަނަދު ލިބުމަށްފަހު 2 އަހަރުދުވަހު، ސްކޫލެއްގައި ޚާއްޞަވާން އެދޭ މާއްދާތައް ކިޔަވައިދިނުމުގެ ތަޖްރިބާ ލިބިފައިވުން.

17 ޖުލައި 2016
ހޯދާ