ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ކ. ގުރައިދޫ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:


ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.

މަޤާމް:

ސުޕަވައިޒަރ (ފިރިހެން)

ސެކްޝަން:

އެޑްމިނިސްޓްރޭޝަން

 ބޭނުންވާ އަދަދު:

1 (އެކެއް)

 މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

 މަޤާމުގެ ރޭންކް: GS3

 މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

 މަސައްކަތް ކުރަންޖެހޭ ތަން:

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު/ ކ. ގުރައިދޫ

 

ތަޢުލީމާއި ތަޖުރިބާ:

- ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް ރިލޭޝަން، ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް ރިލޭޝަން، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ސާނަވީ  އިމްތިޙާނަކުން  2  މާއްދާއިން  ދަށްވެގެން  'ޑީ'  ގްރޭޑް  ލިބިފައިވުމުގެ  އިތުރުން،  ސެކެންޑެރީ  ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެކިއެކި ޓްރެއިނިންގ ކޯސްތަކާ ގުޅޭ އެންމެހައި ކަންކަން އިންތިޒާމުކޮށް ހިންގުން.
  • އޮރިއެންޓޭޝަން ޕްރޮގްރާމްތަކާއި ވާރކް ޝޮޕްތައް ރާވައި އިންތިޒާމްކޮށް ހިންގުން.
  • މަރުކަޒުން ބަލަހައްޓަމުންދާ މީހުންނާއި އެމީހުން ތިބޭ ވާރޑްތަކުގެ ކަންތައްތައް ހިނގާނުހިނގާގޮތް ސްޕަވައިޒްކުރުމާއެކު ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުމަށް ބަލިމީހުންނާބެހޭ އެންމެ އިސްމީހަކަށް ހުށަހެޅުން.
  • އެކިއެކި ޓްރެއިނިންގއަށް އަންނަ ގްރޫޕްތަކާ ގުޅޭ އެންމެހައި ކަންކަމުގައި ކޯޑިނޭޓްކޮށް ބެލެހެއްޓުން.
  • މަރުކަޒުން ބަލަހައްޓަމުންދާ މީހުންގެ ތެރެއިން މާލެ ފޮނުވަންޖެހޭ ބަލިމީހުންގެ އެޕޮއިންޓް މަންޓްތައް ހަދައި، އެމީހުން މާލެ ފޮނުވުމާ ގުޅޭ މުވައްޒަފު ޗުއްޓީގައި ނުވަތަ ސަލާމުގައި ހުންނަވާއިރު އެފަދަ އެންމެހައި ކަންކަން އިންތިޒާމުކޮށް ބެލެހެއްޓުން.
  • މަރުކަޒުގައި އެޑްމިޓްކޮށްފައިވާ މީހުންގެ ތެރެއިން މީހަކު ސުޕަވައިޒަރުގެ ޑިއުޓީގަޑީގައި ވައިލެންޓުވެ ބެލެހެއްޓުމަށް ދަތިވާނަމަ، ޑޮކްޓަރުންގެ ލަފަޔާއެކު، އެންމެ އިސްވެރިޔާގެ މަޝްވަރާގެމަތިން ގަވާއިދުން ބަންދުކުރުމާއި ދޫކުރުން.
  • މަރުކަޒުގެ ބެލުމުގެ ދަށުގައިވާ މީހަކު ނިޔާވެއްޖެނަމަ،  މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނަވާ ބޭފުޅަކަށް އެކަން ދަންނަވައިގެން ކުރިއަށް ގެންދިއުން.
  • ހަވާލުކުރާ ޑިއުޓީތައް ބަރާބަރަށް ފަރުވާތެރިކަމާއެކު އަދާކުރުމާއި، އެ ޑިއުޓީގައި މަސައްކަތްކުރާ އެހެން މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކުރުން.  
  • މަރުކަޒަށް ދިމާވާ ކަންތައްތަކުގެ ތެރެއިން އާންމުކޮށް ނުހިނގާ ޚާއްޞަގޮތެއްގައި ދިމާވާ ކަންތައްތަކުގައި ބައިވެރިވެ އެހީތެރިވުން.
  • މަރުކަޒުގެ ޚިދުމަތްތަކާ ގުޅުންހުރި އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.

މަޤާމް:

ބަލިމީހުން ބަލަހައްޓާ (ފިރިހެން)

ސެކްޝަން:

އެޑްމިނިސްޓްރޭޝަން

ބޭނުންވާ އަދަދު:

3 (ތިނެއް)

 މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

 މަޤާމުގެ ރޭންކް: SS2

މުސާރަ:

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު/ ކ. ގުރައިދޫ

 

ތަޢުލީމާއި ތަޖުރިބާ:

  • ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެ މަސައްކަތްކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން. ނުވަތަ؛
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އޯގާތެރިކަމާއި މަޑުމައިތިރިކަމާއެކު މަރުކަޒުން ބަލަހައްޓަމުންދާ މީހުންނާއި މުޚާޠަބުކުރުމާއި، ފަރުވާތެރިކަމާއެކު އެމީހުން ފެންވަރުވައި ބެލެހެއްޓުން.
  • މަރުކަޒުން ބަލަހައްޓަމުންދާ މީހުން ނިދާ އެނދުތަކުގައި ތަންމަތިއަޅައި ސާފުތާހިރުކޮށް ބެލެހެއްޓުން.
  • މަރުކަޒުން ބަލަހައްޓަމުންދާ މީހުން ތިބޭ ގޭގޭގެ ފަންކާތަކާއި ފަރުނީޗަރާއި ކެއުމަށް ބޭނުންކުރާ ތަށިފަދަ ތަކެތި ސާފުތާހިރުކޮށް ބެލެހެއްޓުން.
  • ހަވާލުކުރެވޭ ޑިޔުޓީތައް ފަރުވާތެރިކަމާއެކު އަދާކުރުން.
  • މަރުކަޒުން ބަލަހައްޓަމުންދާ މީހުންނަށް ބޭނުންވާ އަންނައުނާއި ދަތްއުނގުޅާބޭހާއި ރީތިވާސާމާނު ފަދަ ތަކެތި މަރުކަޒުގައި އެކަމާ ހަވާލުވެ ހުންނަވާ ބޭފުޅަކަށް ދަންނަވައިގެން ހޯދައިދިނުމާއި، އަމާނާތްތެރިކަމާއެކު އެ ތަކެތި ބެލެހެއްޓުން.
  • މަރުކަޒުން ބަލަހައްޓާ މީހުންނާ ގުޅޭ އެންމެހައި ކަންތައްތައް އެކަމާ ހަވާލުވެހުންނަވާ ބޭފުޅެއް އަންގަވާ ގޮތެއްގެ މަތިން ކުރަމުން ދިޔުން.
  • އެއްވެސް ހާލެއްގައި އެއްވެސް ބާވަތެއްގެ އަނިޔާއެއް މަރުކަޒުން ބަލަހައްޓާ މީހުންނަށް ނުކުރުމާއި އެމީހުން އެކަކު އަނެކަކަށްދޭ ނަފްސާނީ އަދި ޖިސްމާނީ ގެއްލުމާއި އެމީހުން އަމިއްލައަށް ލިބޭ ގެއްލުންތައް ލިބުނަނުދީ އެފަދަ ޢަމަލުތައް ހުއްޓުވުން.
  • މަރުކަޒުން ބަލަހައްޓާ މީހުންގެ ތެރެއިން ބަންދުކުރެވިފައިވާ މީހުންނާއި ވާރޑްތަކުގައި ތިބޭ މީހުންގެ ހާލު މަދުވެގެން ކޮންމެ 15 މިނެޓަކުން ބަލައި ޗެކްކުރުން.
  • މަރުކަޒުން ބަލަހައްޓާ މީހުންގެ ތެރެއިން މަސައްކަތްކޮށް އުޅެވޭ މީހުން ލައްވައި މަސައްކަތް ކުރުވުމާއި، ތަފާތު ކުޅިވަރުތައް ކުޅުވުމުގައި އެހީތެރިވުން.
  • މަރުކަޒުގެ ޚިދުމަތްތަކާ ގުޅުންހުރި މަރުކަޒުން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި:

2016 ޖުލައި 31 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ފޯމު ހުށަހެޅުން.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން: 

 މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ 10 ފަރާތާ އިންޓަވިއު ކުރުން އޮންނާނީ، 2016 އޮގަސްޓުމަހުގެ ތެރޭގައެވެ. އިންޓަވިއު އޮންނާނީ، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 6644232 ނަންބަރު ފޯނަށެވެ.

8 ޝައްވާލް 1437

13 ޖުލައި 2016
ހޯދާ