ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އިދާރާގެ، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކް: ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

މަޤާމުގެ ނަންބަރު:  223145

އޮފީސް/ އިދާރާ: ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

ސެކްޝަން: ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން: ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

މުސާރަ: މަހަކު -/4،465 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ

އުޖޫރައާއި ޢިނާޔަތްތައް: އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަސްތަކުގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާ، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ހަމަޖެހޭނެއެވެ.

ބޭނުންވާ އަދަދު: 1 (އެކެއް)

ތަޢުލީމާއި ތަޖުރިބާ:

1- އެޑްމިނިސްޓްރޭޝަން/މެނޭޖުމަންޓް/އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް:

1-  ކައުންސިލް އިދާރާގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

2- ޙުކުމް ތަންފީޒުކުރުމަށް ގޭގައި ބަންދުކުރެވޭ މީހުންނާއި، އަރުވާލުމަށް މާލެ ފޮނުވެންދެން ގޭގައި ބަންދުކުރެވޭ މިހުންނާބެހޭ ކަންތައްތައް ބެލެހެއްޓުން.

3- ކުށުގެ ރެކޯޑް ސާފުކުރުމަށް ހުށަހެޅޭ މައްސަލަތައް ލިޔެ ބެލެހެއްޓުން.

4- އަތޮޅު ކައުންސިލް އިދާރާއިން ފޮނުވަންޖެހޭ ތަހުނިޔާގެ މެސެޖުތަކާއި، ތަޢުޒިޔާގެ މެސެޖު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

5- ސްޓޮކް ބެލެހެއްޓުމާއި، އިމާރާތް މަރާމާތުކުރުމަށް ގެނެވޭ ތަކެތި ބަލައިގަތުން.

6- ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި، ސިކުނޑިހަމަނުޖެހޭ މީހުންގެ ކަންތައްތައް ބެލެހެއްޓުން.

7- 65 އަހަރުން މަތީގެ މީހުންގެ ތެރެއިން ނިޔާވާ މީހުންގެ ރިޕޯޓް މަހުން މަހަށް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

8- އެންޓްރީން މައްސަލަތައް ނެގުމާއި ގުޅުން.

9- ލޯކަލް ކައުންސިލް އިންތިޚާބުގެ ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތުގެ މައްސަލަތައް ބެލެހެއްޓުން.

10- ކުޅިވަރު މުބާރާތްތަކުގެ އެންމެހައި އިދާރީ ކަންތައްތައް ބެލެހެއްޓުން.

11- އަންހެނުން ކޮމިޓީތަކުގެ އިންތިޚާބާބެހޭ މަސައްކަތް ކުރުން.

12- އަތޮޅު ފުޓްބޯޅަ މުބާރާތުގެ ކަންތައްތައް ބެލެހެއްޓުން.

13- ރަމަޟާން މަހާއި، ޝައްވާލުމަހުގެ ހަނދުބެލުމާބެހޭ މަސައްކަތްތައް ކުރުން.

14- ވިއްސާރައިގައި ލިބޭ ގެއްލުމާބެހޭ އިދާރީ މަސައްކަތްތައް ކުރުން.

15- އަތޮޅަށް ވަޑައިގަންނަވާ ޓީމުތަކާބެހޭ މަސައްކަތް ކުރުން.

16- އަތޮޅު ޤުރްއާން މުބާރާތާބެހޭ މަސައްކަތުގައި އެހީތެރިވުން.

17- ކަދުރު ބެހުމާބެހޭ މަސައްކަތް ކުރުން.

18- ފާހަގަކުރެވޭ އެކިއެކި މުނާސަބަތާބެހޭ މަސައްކަތް ކުރުން.

19- ގޯއްޗަށް އެދިފައިވާ މީހުންގެ މަޢުލޫމާތު، އަތޮޅާއި މުޅިރާއްޖޭގެ ހުރިހާ އަތޮޅުތަކުން މަޢުލޫމާތު ހޯދުމަށްފަހު، އެ މަޢުލޫމާތު ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމުގައި އިސްކޮށް ހަރަކާތްތެރިވާ މުވައްޒަފަށް އެ މަސައްކަތުގައި އެހީތެރިވުން.

20- ކައުންޓަރ ބެލެހެއްޓުމާއި، އޮފީހަށް ފެކުހުން ލިބޭ މެސެޖާއި، ސިޓީއާއި، ރިޕޯޓް ފަދަ ލިޔުންތައް އެންޓްރީކޮށް ސެކްޝަނާ ހަވާލުކުރުން.

21- އެޕޮއިންޓްމަންޓްތައް ހަމަޖެއްސުން.

22- ފްރަންޓް އޮފީހުގެ މަސައްކަތްތަކުގެ ތެރެއިން އެއްގަމާއި ކަނޑުގެ ލައިސަންސް ދޫކުރުމުގެ ކަންތައްތަކުގައާއި އެއްގަމު އުޅަނދުގެ ރޯޑްވާދިނަސް ދޫކުރުމުގެގޮތުން ކުރަންޖެހޭ މަސައްކަތުގައި އެހީތެރިވުން.

23- ފައިލުކުރުން.

24- މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތާ ގުޅިގެން ވެރިން އަންގަވާ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ދިވެހި ސިވިލް ސަރވިސްގެ މަޤާމްތަކުގެ އަސާސީ ޝަރުޠު (ތިންވަނަ އިޞްލާޙު) 1 މޭ 2015 ގައި ޢަމަލުކުރަން ފައްޓަވާފައިވާ" ސިވިލް ސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަކުގެ ކްރައިޓީރިއާގައިވާ ގޮތުގެ މަތިން.

އިންޓަވިއު އޮންނާނެ ތަނާއި ތާރީޚު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި، ފަހުން ލިޔުމުން އަންގާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، ތިރީގައި ބަޔާންކުރެވިފައިވާ ލިޔުންތަކާއެކު، 2016 އޯގަސްޓު 1 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއަށް ހުށަހެޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު، (އެޕްލިކޭޝަން ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) 

2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯ ކޮޕީ (ސެޓުފިކެޓުތަކުގެ އަޞްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

4. ވަޒީފާގެ ދާއިރާއާ ގުޅޭ، ކުރު މުއްދަތުގެ ކޯހާއި ވޯކްޝޮޕް، ސެމިނާރު ފަދަ ތަމްރީން ޕްރޮގުރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވިކަމުގެ، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ލިޔުން (އިންޓަވިއުއަށް ހާޒިރުވާއިރު ސެޓުފިކެޓުތަކުގެ އަޞްލު ގެންނަންވާނެއެވެ.)

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ލިޔުމުގެ އަޞްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ހިމެނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަޞްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

7- ވަނަވަރު.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި އިދާރާގެ 6500002 ނަންބަރު ފޯނަށް، ނުވަތަ 6500068 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ، 6500063 އެވެ. އީމެއިލްކުރާނީ، [email protected] އަށެވެ.

9 ޝައްވާލް 1437

14 ޖުލައި 2016
ހޯދާ