އަބޫބަކުރު ސްކޫލް، ގދ. ތިނަދޫ
ދިވެހިރާއްޖެ
އެސިސްޓެންޓް ލައިބްރޭރިއަން

ވަޒީީފާގެ ފުރުޞަތު

މަޤާމު:

އެސިސްޓެންޓް ލައިބްރޭރިއަން 

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސރ ގްރޭޑް 2

ރޭންކް:

ޖީ.އެސް 4

މަޤާމުގެ އަސާސީ މުސާރަ:

-/5,020 ރުފިޔާ

ސަރވިސް އެލަވަންސް:

-/1,500 ރުފިޔާ

ވަޒީފާ އޮތް އޮފީސް:

އަބޫބަކުރު ސްކޫލް

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:

އެކަޑަމިކް ސެކްޝަން، އަބޫބަކުރު ސްކޫލް / ގދ.ތިނަދޫ

ގިންތި:                     

ދާއިމީ

މަޤާމުގެ ޝަރުޠު:

ވަޒީފާގެ ހުނަރު / ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެމަތީން ތިރީގައިމިވާ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން.

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

 ނުވަތަ؛

  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ނުވަތަ؛

  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމާ ގުޅޭ ދާއިރާތައް:

 -  ލައިބްރޭރިއާގުޅޭ ދާއިރާ

 -  ކިޔަވައިދިނުމުގެ ދާއިރާ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 - ލައިބްރަރީގެ އިންވެންޓްރީ ބެލެހެއްޓުން (ފޮތްތަކާއި ފަރުނީޗަރު ހިމެނޭގޮތަށް)

- ލައިބްރަރީއަށް ހޯދަންޖެހޭ ފޮތްތަކުގެ އިތުރުން މަޢުލޫމާތު ސީޑީ ފަދަ ދަރިވަރުންގެ ޢިލްމީ ހުނަރާއި މަޢުލޫމާތު މުއްސަނދިކުރާނޭ ތަފާތު ތަކެތި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހޯދައި، އެތަކެތީގެ އިންވެންޓްރީ ބެލެހެއްޓުން.

- ލައިބްރަރީއަށް ބޭނުންވާ ފަރުނީޗަރު ފަދަ ތަކެތި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހޯދުން.

- ލައިބްރަރީގެ ޢާންމު ގަވާއިދެއް އެހެނިހެން ލައިބްރަރީތަކުން މަޢުލޫމާތު ހޯއްދަވައިގެން އެކުލަވާލައި އެއާ އެއްގޮތަށް ޢަމަލުކުރުން.

- ލައިބްރަރީގެ ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއްދީ، އެކަން ދެމެހެއްޓުމަށް ކަމާބެހޭ ފިޔަވަޅު އެޅުން.

- ސްކޫލުން ހަވާލުކޮށްފައިވާ މަސައްކަތްތައް ސްކޫލަށް ދަތިނުވާނޭ ގޮތަކަށް އަދި ސްކޫލަށް އެންމެ ފައިދާހުރި ގޮތަކަށް މަސައްކަތްތައް ރާއްވަވައިގެން ކުރެއްވުން.

- ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނާއި ސްކޫލުގެ އަގު ހިފެހެއްޓުމަށް މަސައްކަތް ކުރުން.

- ސްކޫލުގައި ކިޔަވައިދިނުމުގެ އިތުރުން ހިންގޭ އިތުރު ޙަރަކާތްތަކުގައި ފުރިހަމައަށް ބައިވެރިވެވަޑައިގަތުމާއި، އަދި އެފަދަ ޙަރަކާތްތަކުގައިވެސް ގަޑިއަށް ސަމާލުކަންދެއްވުން. 

- ދިވެހި ސަރުކާރުގެ ގަވާއިދުތަކާއި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުތަކާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ސްކޫލުގެ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިއްތެވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ފުރިހަމަކުރަންޖެހޭ އެޕްލިކޭޝަން ފޯމު އަބޫބަކުރު ސްކޫލުގެ ކައުންޓަރުން ބަންދު ނޫން ކޮންމެ ދުވަހަކު ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ދެފުށުގެ ލިޔުންތައް ފެންނާނެ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް. (މުއްދަތު ހަމަނުވާ)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް:

- އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އިންޓަރވިއު ކުރުން

- މިމަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށް ފަހުގައެވެ. އިޢުލާންގެ މުއްދަތު ހަމަވާތާ 07 ދުވަހުގެ ތެރޭގައި އިންޓަރވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަރވިއު އޮންނާނީ އަބޫބަކުރު ސްކޫލުގައެވެ.

- އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ޝަރުޠު ފުރިހަމަވާ ފަރާތްތަކަށް އެކަންޏެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ އަބޫބަކުރު ސްކޫލުގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 31 ޖުލައި 2016 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިންނެވެ.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން އަބޫބަކުރު ސްކޫލުގެ ނަންބަރު 6842546 / 6842550 ފޯނަށް ގުޅުއްވުން އެދެމެވެ. 

14 ޖުލައި 2016
ހޯދާ