މަކުނުދޫ މަަދަރުސާ، ހދ. މަކުނުދޫ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު: 188D/22/2016/9

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1    

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

ބޭނުންވާ އަދަދު:

2 (ދޭއް)

ވަޒީފާއަދާކުރަންޖެހޭ ސެކްޝަން/ އޮފީސް/ރަށް:

އެޑްމިނިސްޓްރޭޓިވް ސެކްޝަން / މަކުނުދޫ ސްކޫލް / ހދ. މަކުނުދޫ

 

މަޤާމުގެ ޝަރުޠު:

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ"ގްރޭޑް ލިބިފައިވުން.

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

- މަދަރުސާޔަށް ލިބޭ އެންމެހައި ލިޔެކިއުންތަކާއި ތަކެތި ބަލައިގަނެ ގަވާއިދުން ރިކޯރޑްކޮށް ހުށަޅަންޖެހޭ މުއައްޒަފުންނަށް ތަރުތީބުން ހުށަހަޅައި ހަވާލުކުރަންޖެހޭ މުވައްޒަފުންނަށް ހަވާލުކުރުމާއި، ރެކޯޑް ބެލެހެއްޓުން.

- މަދަރުސާއިން އެޑިއުކޭޝަން މިނިސްޓްރީއަށާއި އެހެނިހެން އިދާރާތަކަށާއި މުވައްޒަފުންނަށާއި އެހެނިހެން ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިއުންތަކާއި ތަކެތި ފޮނުވައި، އެފަރާތްތަކަށް ލިބުނުކަން ކަށަވަރުކޮށް ރިކޯޑް ބެލެހެއްޓުން.

- ދުވަހުގެ ޔައުމިއްޔާއަށް ބޭނުންވާ މަޢުލޫމާތު ޖަމާކުރުމާއި ޔައުމިއްޔާ ލިޔުން.

- މަދަރުސާގެ ހަރުމުދަލުގެ އިންވެންޓްރީއަށް ނަގަންޖެހޭ ތަކެތި އެންޓަރކޮށް، އުނިކުރަންޖެހޭ ތަކެތި ކަނޑައެޅިފައިވާ އުސޫލުތަކުގެމަތިން އުނިކުރުން.

- ހުރިހާ ސްޓާފުންގެ ހާޒިރީ ބެލެހެއްޓުމާއި، ހާޒިރީ ރިޕޯޓް ހެދުން.

- ވަޒީފާ ބަޔާން ތައްޔާރުކުރުން.

- ވަޒީފާތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި، ވަޒީފާތަކަށް މުވައްޒަފުން ހަމަޖެއްސުމުގެ އެންމެހައި މަސައްކަތްތައް ކުރުން.

- މުވައްޒަފުންނާ ގުޅުންހުރި އެންމެހައި މަސއްކަތްތައް ކުރުން.

- ބިލްތައް އެންޓަރކޮށް، އޯޑަރ ފޯމު އެޓޭޗްކުރުން.

- ބިލުތަކުގެ ވައުޗަރ ހެދުމާއި ފައިލުކުރުން.

- ބަޖެޓާ ގުޅުންހުރި ސަރކިއުލަރތައް އަޕްލޯޑްކުރުން.

- އެގްރިމެންޓް ތައްޔާރުކުރުމާއި، ބިޑުގެ މަސައްކަތްތައް ކުރުން.

- މުވައްޒަފުންގެ އޯވައިޓައިމްގެ ކަންތައްތައް ބެލެހެއްޓުމާއި، މުސާރަޝީޓް ތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް މުއްދަތުގައި ފޮނުވުން.

 

މުސާރަޔާއި އެލަވަންސް:

- މުސާރަ: މަހަކު -/4،465 ރުފިޔާ   

- ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ

- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސުންގަޑި:

2016 ޖުލައި 25 ވާ ހޯމަ ދުވަހުގެ 14:00

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މަދަރުސާގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް)

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓު: ވަޒީފާގެ އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން، އިންޓަވިއުއަށް ހާޒިރުވާއިރު މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ވަޒީފާގެ ޝަރުޠު ހަމަވުން.

- ތަޢުލީމާއި ތަމްރީން.

- މަސައްކަތުގެ ތަޖުރިބާ.

- ލިބިފައިވާ ހުނަރު.

- އިންޓަވިއުއިން އެންމެމަތީ މާކްސް ލިބޭ ފަރާތް.

އިންޓަވިއު:

މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ އިންޓަވިއު އޮންނާނީ، 2016 ޖުލައި 31 ވާ އާދީއްތަ ދުވަހުގެ  ދުވަހުއެވެ. އިންޓަވިއުއަށް ހާޒިރުވާންޖެހޭ ގަޑި އެފަރާތަކަށް ލިޔުމުން އެންގޭނެއެވެ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކުން އެކަންޏެވެ.

 

އިތުރު މަޢުލޫމާތު:

މި ވަޒީފާގައި މަސައްކަތްކުރާ މުވައްޒަފަކު މަސައްކަތް ކުރަންޖެހޭނީ، ރަސްމީ ކޮންމެ ދުވަހެއްގެ 6 ގަޑިއިރުއެވެ.

- ވަޒީފާއަށް އިތުރުގަޑިގެ ފައިސާ ލިބޭނީ ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިންނެވެ. އިތުރުގަޑީގެ ފައިސާ ލިބޭނީ، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ދިނުމަށް ހަމަޖެހިފައިވާ އުސޫލުންނެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ، މި އިދާރާގެ 6520529 ނަންބަރު ފޯނާ، ރަސްމީ ގަޑީގައި ގުޅުން އެދެމެވެ.

7 ޝައްވާލް 1437

12 ޖުލައި 2016
ހޯދާ