ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.
މަޤާމް: |
އެޓެންޑެންޓް |
||
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2 |
މަޤާމުގެ ރޭންކް: SS2 |
މުސާރަ: |
މަހަކު -/3470 ރުފިޔާ |
||
ސަރވިސް އެލަވަންސް: |
މަހަކު -/1000 ރުފިޔާ |
||
ޢިނާޔަތްތައް: |
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް، ބަންދު ދުވަހާއި، އިތުރުގަޑީގެ ފައިސާ ދިނުމަށް ހަމަޖެހިފައިވާ އުސޫލުން، ބަންދު ދުވަހާއި އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުން ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާއާއި، ރިސްކް އެލަވަންސް ލިބޭނެއެވެ. |
||
ޑިވިޜަން/ ސެކްޝަން: |
އެޑްމިނިސްޓްރޭޓިވް |
||
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ށ. މާއުނގޫދޫ ޞިއްޙީ މަރުކަޒު /ށ. މާއުނގޫދޫ |
||
އާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭ ތަން: |
ށ. މާއުނގޫދޫ ޞިއްޙީ މަރުކަޒު |
||
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
1. ޞިއްޙީ މަރުކަޒުގެ ވޯޑާއި، ފާޚާނާތަކާއި، ޑްރެސިންގ ރޫމާއި، ލޭބަރ ރޫމާއި، އެހެނިހެން ކްލިނިކަލް އޭރިއާތައް ސާފުކޮށް ބެލެހެއްޓުން. 2. ބަލިމީހުންނަށް ބޭނުންކުރެވޭ އެކިއެކި އާލާތްތައް ކޮންމެދުވަހަކު ދޮވެ ސާފުކުރުން. 3. އިންޖެކްޝަން ޖަހާ ކައްޓާއި، ބޭނުންކުރެވޭ ތިލަފަދަ ތަކެތި ރައްކާތެރިކަމާއެކު އެތަކެއްޗައް ޙާއްޞަކުރެވިފައިވާ އެއްޗަކަށް އެޅުން. 4. ޞިއްޙީ މަރުކަޒުގައި ބޭނުންކުރެވޭ މައުދަނުގެ ތަކެތި (ކިޑްނީ ޓްރޭ، ކަތުރު، ފޯސެޕްސް ފަދަ ތަކެތި) ދޮވެ ސްޓްރަލައިޒްކުރުން. 5. ލެބޯޓްރީގައި ޓެސްޓް ހެދުމަށް ބޭނުންކުރެވޭ ޓިއުބް ފަދަ ތަކެތި ދޮވެ ސާފުކުރުން. 6. ނަރުހުން އަންގާ އުސޫލެއްގެމަތިން ޑްރެސިންގ ރޫމުގައި ބޭސްއެޅުމަށް ބޭނުންކުރާ ކަފައާއި، ގޯޒް ފަދަ ތަކެތި އޮޓޮކްލޭވް ކުރުން. 7. ލޯންޑަރީ އެސިސްޓެންޓް ނެތިއްޖެ ހާލަތެއްގައި އެ މަސައްކަތްކުރުން. 8. ޞިއްޙީ މަރުކަޒުގެ އެތެރޭގައި ބެހެއްޓިފައިވާ ގަސްތައް ބެލެހެއްޓުން. 9. ބަންދު ގަޑީގައި ދިމާވާ އިމަޖެންސީ ކަންކަމުގައި ހިންގަވަން ހުންނަވާ ފަރާތަށް އެހީތެރިވެދިނުން. |
||
ތަޢުލީމާއި ތަޖުރިބާ: |
1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 3. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސަައްކަތްކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން. |
||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން: |
1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން. 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. 3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން. |
||
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ރަސްމީ ގަޑިތަކުގައި، މި މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.) 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. 5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީއެއް) 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ) |
||
ސުންގަޑި: |
މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން، 2016 ޖުލައި 25 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއި، އެ ފޯމާ ގުޅޭ ލިޔުންތައް، ށ. މާއުނގޫދޫ ޞިއްޙީ މަރުކަޒުގެ އިދާރީ އޮފީހަށް ހުށަހަޅަންވާނެއެވެ. |
||
އިންޓަވިއު އޮންނާނެ ތާރީޚާއި ތަން: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، މި އިޢުލާނުގެ މުއްދަތު ހަމަވާތާ، މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
||
އިތުރު މަޢުލޫމާތު: |
މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ، 6540592 އެވެ. |
9 ޝައްވާލް 1437