މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
މީޑީއަމް ޓަރމް އިކޮނޮމިކް އެންޑް ފިސްކަލް ފްރޭމްވާރކް ބަޖެޓް ކޮންސަލްޓެންޓް (އިންޓަރނޭޝަނަލް) ހޯދުމާބެހޭ

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

މީޑީއަމް ޓަރމް އިކޮނޮމިކް އެންޑް ފިސްކަލް ފްރޭމްވާރކް ބަޖެޓް ކޮންސަލްޓެންޓް (އިންޓަރނޭޝަނަލް) ހޯދުމާބެހޭ

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ކުރިއަށްގެންދާ ދައުލަތުގެ މާލީނިޒާމު ބެލެހެއްޓުން ހަރުދަނާ ކުރުމުގެ މަޝްރޫޢަށް އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައި.ޑީ.އޭ) އިން ވަނީ ހިލޭ އެހީއެއް ލިބިފައެވެ. އަދި މިމަޝްރޫޢުގެ ދަށުން، މީޑީއަމް ޓަރމް އިކޮނޮމިކް އެންޑް ފިސްކަލް ފްރޭމްވާރކް ކޮންސަލްޓެންޓެއް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޮންސަލްޓެންސީގެ މައިގަނޑު މަޤުޞަދަކީ ރާއްޖޭގައި ހަރުދަނާ މީޑިއަމް ޓަރމް އިކޮނޮމިކް އެންޑް ފިސްކަލް ފްރޭމްވާރކެއް ޤާއިމުކުރުމާއި ދައުލަތުގެ ދަރަނި ހަރުދަނާ ގޮތެއްގައި ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުމުވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރްޜަރީން ހުޅުވާލަމެވެ. މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަސައްކަތްކޮށްދިނުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު އަންގައިދިނުމުގެ ގޮތުން ދާއިރާއިން ކޮށްފައިވާ މަސައްކަތުގެ ތަފުސީލު، މިފަދަ މާޙައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު، އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރެއް އަދި ދުވާލަކަށް ހުށަހަޅާ އުޖޫރަ އެނގޭގޮތަށް ހުށަހަޅަން ވާނެއެވެ.

މި މަސައްކަތަށް ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، ވާރލްޑްބޭންކް ލޯނާއި އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓެންޓުން ހޯދުމަށް އެފަރާތުން ޖަނަވަރީ 2011ގައި ތައްޔާރުކޮށް ޖުލައި 2014ގައި އިޞްލާޙުކުރެވިފައިވާ ގައިޑްލައިނާ އެއްގޮތަށެވެ.

މި ޕްރޮޖެކްޓުގައި މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ 6 ހަފުތާ ރާއްޖޭގައި އަދި 3 ހަފުތާ އަމިއްލަ ޤައުމުގައި ކުރެވޭގޮތަށެވެ. މިމަސައްކަތަށް ހޮވޭ ފަރާތް ސެޕްޓެންބަރު/ އޮކްޓޫބަރު 2016ގައި މަސައްކަތް ފަށަންވާނެއެވެ.

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރ) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 1 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

ޙައްވާ ރިޝްދާ މުޙައްމަދު

ޕްރޮޖެކްޓް ކޯޑިނޭޓަރ

ޕަބްލިކް ފައިނޭންޝިއަލް މެނޭޖްމަންޓް ސިސްޓަމްސް ސްޓްރެންތަނިންގ ޕްރޮޖެކްޓް.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު،

މާލެ، ދިވެހިރާއްޖެ،

ޓެލެފޯން: 3349322 ، 3349266،

ފެކްސް:، 3324432 ،

އީމެއިލް:[email protected]

[email protected]

14 ޖުލައި 2016
ހޯދާ