އަބޫބަކުރު ސްކޫލް، ގދ. ތިނަދޫ
ދިވެހިރާއްޖެ
ޕްރިންޓަރ

ވަޒީީފާގެ ފުރުޞަތު

މަޤާމު:

ޕްރިންޓަރ 

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 3

ރޭންކް:

އެސް.އެސް 3

މަޤާމުގެ އަސާސީ މުސާރަ:

މަހަކު -/3,875 ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު -/1,000 ރުފިޔާ

ވަޒީފާއޮތް އޮފީސް:

އަބޫބަކުރު ސްކޫލް

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން:

އެޑްމިން ސެކްޝަން، އަބޫބަކުރު ސްކޫލް / ގދ.ތިނަދޫ

ގިންތި:                     

ދާއިމީ

މަޤާމުގެ ޝަރުޠު:

ވަޒީފާގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެމަތީން ތިރީގައިމިވާ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން.

  1. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައައެއް / ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

   2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމާ ގުޅޭ ދާއިރާތައް:

 -  އިންފޮމޭޝަން ޓެކްނޮލޮޖީ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 - ލައިބްރަރީގެ އިންވެންޓްރީ ބެލެހެއްޓުން (ފޮތްތަކާއި ފަރުނީޗަރ ހިމެނޭ ގޮތަށް)

- ލައިބްރަރީއަށް ހޯދަންޖެހޭ ފޮތްތަކުގެ އިތުރުން މަޢުލޫމާތު ސީޑީ ފަދަ ދަރިވަރުންގެ ޢިލްމީ ހުނަރާއި މަޢުލޫމާތު މުއްސަނދިކުރާނޭ ތަފާތު ތަކެތި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހޯދައި، އެ ތަކެތީގެ އިންވެންޓްރީ ބެލެހެއްޓުން.

- ލައިބްރަރީއަށް ބޭނުންވާ ފަރުނީޗަރ ފަދަ ތަކެތި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހޯދުން.

- ލައިބްރަރީގެ އާންމު ގަވާއިދެއް އެހެނިހެން ލައިބްރަރީތަކުން މަޢުލޫމާތު ހޯއްދަވައިގެން އެކުލަވާލައި އެއާ އެއްގޮތަށް ޢަމަލުކުރުން.

- ލައިބްރަރީގެ ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއްދީ، އެކަން ދެމެހެއްޓުމަށް ކަމާބެހޭ ފިޔަވަޅު އެޅުން.

- ސުކޫލުން ހަވާލުކޮށްފައިވާ މަސައްކަތްތައް ސުކޫލަށް ދަތިނުވާނޭ ގޮތަކަށް އަދި ސުކޫލަށް އެންމެ ފައިދާހުރި ގޮތަކަށް މަސައްކަތްތައް ރާއްވަވައިގެން ކުރެއްވުން.

- ސުކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނާއި ސުކޫލުގެ އަގު ހިފެހެއްޓުމަށް މަސައްކަތް ކުރުން.

- ސުކޫލުގައި ކިޔަވައިދިނުމުގެ އިތުރުން ހިންގޭ އިތުރު ޙަރަކާތްތަކުގައި ފުރިހަމައަށް ބައިވެރިވެވަޑައިގަތުމާއި އަދި އެފަދަ ޙަރަކާތްތަކުގައިވެސް ގަޑިއަށް ސަމާލުކަން ދެއްވުން. 

- ދިވެހި ސަރުކާރުގެ ގަވާއިދުތަކާއި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުތަކާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ސުކޫލުގެ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިއްތެވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ފުރިހަމަކުރަންޖެހޭ އެޕްލިކޭޝަން ފޯމު އަބޫބަކުރު ސްކޫލުގެ ކައުންޓަރުން ބަންދު ނޫން ކޮންމެ ދުވަހަކު ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ފޯމު ޑައުންލޯޑްކުރެވެން ހުންނާނެއެވެ.)

- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ މުއްދަތު ހަމަނުވާ ދެފުށުގެ ލިޔުންތައް ފެންނާނެ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް. (މުއްދަތު ހަމަނުވާ)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

އިތުރުގަޑީގެ ފައިސާއާއި އެހެނިހެން ޢިނާޔަތްތައް:

- އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އިންޓަރވިއު ކުރުން

- މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށް ފަހުގައެވެ. އިޢުލާންގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އިންޓަވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަވިއު އޮންނާނީ އަބޫބަކުރު ސްކޫލުގައެވެ.

- އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ޝަރުޠު ފުރިހަމަވާ ފަރާތްތަކަށް އެކަންޏެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ އަބޫބަކުރު ސްކޫލުގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 ޖުލައި 31 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިންނެވެ.

ނޯޓު:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން އަބޫބަކުރު ސްކޫލުގެ ނަންބަރު 6842546 / 6842550 ފޯނަށް ގުޅުއްވުން އެދެމެވެ. 

14 ޖުލައި 2016

 

 

14 ޖުލައި 2016
ހޯދާ