ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ރިލީފް ޓީޗަރ

 

ވަޒީފާގެ ފުރުޞަތު:

މަޤާމު:      ރިލީފް ޓީޗަރ  

ބޭނުންވާ އަދަދު:   * ޕްރައިމަރީ (02) ދޭއް

* ޕީ.އޭ (1) އެކެއް

* ޕީ.އީ (1) އެކެއް             

މަސައްކަތް ހަމަޖެހިފައިވާ ތަން:  ފ. އަތޮޅުތަޢުލީމީ މަރުކަޒު

ސެކްޝަން:    އެކަޑަމިކް

މުއްދަތު:    03 މަސްދުވަސް

ފެންވަރު ނުވަތަ ޝަރުޠު

އަސާސީ މުސާރަ

(މަހަކު)

ސަރވިސް އެލަވަންސް

(މަހަކު)

- ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން

 4500/-

ރުފިޔާ

1500/-

ރުފިޔާ

- މަތީސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން

-/5500

ރުފިޔާ

1500/-

ރުފިޔާ

- ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސް ސެޓުފިކެޓެއް ހާސިލުކޮށްފައިވުން.

-/6090

ރުފިޔާ

-/2500

ރުފިޔާ

އެހެނިހެން ޢިނާޔަތްތައް

- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

- މީގެ އިތުރުން، މަލްޓިމީޑިއާއަށް އަހުލުވެރިވެފައިވާ މިންވަރު ބެލޭނެއެވެ.

ވަޒީފާގެ މަސްއޫލިއްޔަތު:

- ޕްރައިމަރީ ކްލާސްތަކުގެ އިނގިރޭސި މީޑިއަމްގެ ހުރިހާ މާއްދާތަކެއް ކިޔަވައިދިނުމާއި، ކިޔަވައިދިނުމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.

- ކިޔަވައިދޭ މާއްދާތަކާ ގުޅޭ އިމްތިޙާނުތައް ހިންގުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންތައްތައް، ލީޑިންގ ޓީޗަރުންގެ މަޝްވަރާގެމަތިން ކުރުން.

- ސްކޫލުގައި ހިންގާ އިތުރު ހަރަކާތްތަކުގެ ތެރެއިން ހަވާލުކުރެވޭ ހަރަކާތްތައް ހިންގުން.

- ސްކޫލުގެ ވަސީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކޮށް، ދަރިވަރުންގެ ނަތީޖާގެ ފެންވަރުމަތިކުރުމަށް މަސައްކަތްކުރުން.

- މުޖުތަމަޢާއި ސްކޫލާ ދެމެދު އޮންނަ ގުޅުމަކީ ބަދަހި ގުޅުމެއްކަމަށް ހެދުމަށް މަސައްކަތްކުރުން.

ހުށަހަޅަންޖެހޭ ތަކެތި:

- ވަޒީފާއަށް އެދޭ ފޯމު.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

- ލިބިފައިވާ ތަޢުލީމީ ސަނަދު / ފާސްތަކުގެ ކޮޕީ (އެކްރެޑިޓް ކުރަންޖެހޭ ފެންވަރުގެ ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައި)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ ކާޑުގެ) ސާފު ފޮޓޯކޮޕީ.

ސުންގަޑި:

މި މަޤާމަށް އެދޭ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2016 ޖުލައި 18 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، ފ.އަތޮޅުތަޢުލީމީ މަރުކަޒަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

- ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު ޝޯޓްލިސްޓުކުރެވޭނެއެވެ. އަދި އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

- މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށްފަހުގައެވެ. އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި ފ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 7952909 ނަންބަރު ފޯނަށެވެ.

10 ޖުލައި 2016
ހޯދާ