ދިވެހިރާއްޖެ
އިޢުލާން ވަޒީފާގެ ފުރުޞަތު: ކޯޓު އޮފިސަރެއްގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި 21 މާރިޗު 2016 ގައި މި ކޯޓުން ކޮށްފައިވާ E9C/2016/04 (އައިޔޫއެލް) ނަންބަރުގެ އިޢުލާނާ ގުޅިގެން އެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެ މަޤާމަށް ޝަރުޠު ފުރިހަމަވާ 5 ފަރާތް ނެތުމުން، އެ މަޤާމަށް މީހަކު ހޯދުމަށް އަލުން އިޢުލާނުކުރުމަށް ޑިޕާޓުމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އަންގަވާފައިވާތީ، އެ އިޢުލާނު ބާޠިލުކުރުމަށްފަހު، އެ މަޤާމަށް މީހަކު ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ. |
|||||
މަޤާމް: |
ކޯޓު އޮފިސަރ |
މަޤާމުގެ ރޭންކް: |
ޖީ. އެސް. 3 |
||
ބޭނުންވާ އަދަދު: |
1 (އެކެއް) |
ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 |
||
އަސާސީ މުސާރަ: |
މަހަކު -/4،465 ރުފިޔާ |
||||
އެލަވަންސް: |
- ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ - ޖުޑީޝަލް އެލަވަންސް: މުސާރައިގެ %20 (މަހަކު) - ލިވިންގ އެލަވަންސް: މަހަކު -/2،550 ރުފިޔާ - ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. |
||||
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު މެޖިސްޓްރޭޓް ކޯޓް |
||||
އަސާސީ ޝަރުޠު: |
1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުން. 2- މަސައްކަތު ފެންވަރުބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިޔުމާއެކު، GS 2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. |
||||
މަޤާމުގެ މައިގަޑު މަސްއޫލިއްޔަތު: |
1- ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ކޯޓަށް ހާޒިރުކުރެވޭ މީހުންނާ، ކޯޓުން ކުރަންޖެހޭ މުޢާމަލާތް ކުރުން. 2- ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ކޯޓަށް ހާޒިރުކުރެވޭ މީހުންނަށް ޝަރީޢަތުގެ މަޖިލީހުގެ ގަވާއިދުތަކާއި ސުލޫކު ބަހައްޓަންވީގޮތް، ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވާ ފަރާތްތަކަށް ބުނެދިނުން. 3- ޝަރީޢަތުގެ މަޖިލީހުގެ އިދާރީ އިންތިޒާމު ފުރިހަމަކުރުން. 4- ޝަރީޢަތުގެ މަޖިލީހުގައި ނުވަތަ ކޯޓުތެރޭގައި މެޖިސްޓްރޭޓަކަށް ނުވަތަ ކޯޓަށް ހާޒިރުކޮށްފައިވާ ފަރާތަކަށް ނުރައްކަލެއް ކުރިމަތިވާ ހާލަތުގައި އެކަމުގެ ދިފާޢުގައި އިސްވެ ހަރަކާތްތެރިވުން. 5- ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ ޝަރުޢީ/އިދާރީ މަސައްކަތްތައް ކުރުން. 6- ކޯޓުން ތައްޔާރުކުރަންޖެހޭ ޝަރުޢީ/ އިދާރީ ރިޕޯޓުތައް ތައްޔާރުކުރުން. 7- ކޯޓުން ބަލަހައްޓަންޖެހޭ ޝަރުޢީ / އިދާރީ ރިކޯޑުތައް ފުރިހަމަކޮށް ބެލެހެއްޓުން. 8- ކޯޓުން ތައްޔާރުކުރަންޖެހޭ ޝަރުޢީ އަމުރުތައް ތައްޔާރުކުރުން. 9- މި ކޯޓަށާއި އެހެން ކޯޓުތަކަށް ހާޒިރުވާންޖެހޭ ފަރާތްތަކާ، ކޯޓަށް ހާޒިރުވުމުގެ އަމުރު ހަވާލުކުރުން. 10- އެކިއެކި އިމާރާތްތަކާއި ކަނޑު ދަތުރުކުރާ އުޅަނދުތަކުގައި ތަތްކުރަންޖެހޭ އަމުރު ތަތްކުރުން. 11- ކޯޓުން ޒިންމާކުރެވޭ މަސައްކަތްތަކާ ގުޅޭ އެންމެހައި ލިޔެކިޔުންތައް، ކޯޓުގައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ފުރިހަމަކޮށް ބެލެހެއްޓުން. |
||||
އެޕްލިކޭޝަން ފޮނުވަންވީ އެންމެ ފަހު ތާރީޚް: |
25 ޖުލައި 2016 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު، ބޭނުންވާ އެހެނިހެން ލިޔުންތަކާއެކު މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމަށް. |
||||
ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:
|
- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު (މި ކޯޓުން ލިބެން ހުންނާނެ) - ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑު ކޮޕީ - ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު) - މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު) - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ) |
||||
އިންޓަވިއު: |
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ. - އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތައް ޗެކްކޮށް، އަސްލާ އެއްގޮތްކަން ކަށަވަރު ކުރެވޭނެއެވެ. |
||||
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލުމާތު ސާފުކުރުމަށް ގުޅާނީ 6580281 ނަންބަރު ފޯނަށެވެ. |
||||
5 ޝައްވާލް 1437 |