އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ

އިޢުލާން

މުވައްޒަފަކު ބޭނުންވެއްޖެ:

މަޤާމް: ޕްރޮޖެކްޓް އޮފިސަރ

މަގާމުގެ ރޭންކް: އެމް. އެސް. 1

މަސައްކަތް ހަމަޖެހިފައިވާ ތަން: އއ. ހިމަންދޫ ކައުންސިލް އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން: އއ. ހިމަންދޫ ކައުންސިލް އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ސެކްސަން: A ސެކްސަން

ބޭނުންވާ އަދަދު: 1 (އެކެއް)

އަތޮޅާއި ރަށް: އއ. ހިމަންދޫ

މުސާރަ: މަހަކު -/5،610 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ

އަސާސީ ޝަރުޠު:

1. ޕްރޮޖެކްޓް މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ޕްރޮޖެކްޓް މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް އެއަށްވުރެ މަތީގެ ސަނަދެއް ހާސިލުކޮށް، ސަނަދު ހާސިލުކުރި ކޯހުން ޕްރޮޖެކްޓް މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/އިންފޮމޭޝަން ޓެކްނޮލޮޖީ/ބިޒުނަސްއާ ގުޅުންހުރި މޮޑިއުލެއް ކިޔަވާފައިވުމާއެކު، ގުޅުންހުރި ދާއިރާއަކުން 2 އަހަރުދުވަހުގެ ތަޖުރިބާ ހާސިލުކޮށްފައިވުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

1. ރަށުގެ ތަރައްޤީއަށް ކައުންސިލުން ރާވައި ހިންގާ ޕްރޮޖެކްޓްތަކާބެހޭ އެންމެހައި ކަންކަން ކުރުމާއި ބެލެހެއްޓުން.

-  ސަރުކާރާއި، ރައްޔިތުންނާއި، އެހެން ފަރާތްތަކުން ކައުންސިލާ ގުޅިގެން ހިންގާ މަޝްރޫޢުތައް ހިނގާ ނުހިނގާގޮތް ބެލުމާއި، އެކަމާބެހޭ އެންމެހައި ލިޔެކިޔުންތައް ތަރުތީބުން ބަލަހައްޓައި، އެކަންކަމާބެހޭ އެއްބަސްވުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

2. އިމާރާތްކުރުމާއި، މަރާމާތުކުރުމާބެހޭ މަސައްކަތްތައް ބެލެހެއްޓުން.

- ސަރުކާއި ރައްޔިތުންގެ ތަންތަނުގައި މަސައްކަތްކުރަމުންދާ ވަގުތުތަކުގައި އެކަންކަމާބެހޭގޮތުން ވެރިން އަންގާ ގޮތެއްގެ މަތިން ކަންކަން ބަލަހައްޓަމުން ގެންދިއުން.

- އެކަމެއް ކުރުމަށް ގެނެސްފައިވާ ތަކެތި ގަވާއިދުން ބެލެހެއްޓުމާއި، ތަކެތި ދޫކޮށްހެދުން.

3. ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް ހިންގުމާއި ބެލެހެއްޓުން.

- ކުނި ނައްތައިލުމާބެހޭގޮތުން ކުރާ ހުރިހާ މަސައްކަތެއް ހިނގާ ނުހިނގާގޮތް ބެލުން.

- ރަށުގެ އެކިއެކި ސަރަހައްދަށް ކުނިއަޅާތޯ ބަލައި، އެކަން ހިންގާ ފަރާތްތަކަށް، ގަވާއިދުގައިވާ ގޮތުގެ މަތިން، ވެރިންގެ ލަފާޔާއެކު ފިޔަވަޅު އެޅުން.

- ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ބަލައި، އ.ތ.މ ކޮމިޓީއާއި ވެރިންގެ މަޝްވަރާ ހޯދުން.

4. މަގުތައް ބެލެހެއްޓުން.

- މަގަށް ވާގޮތަށް ބަހައްޓާފައި ހުންނަ ތަކެއްޗާއި، މަގު ކޮށުމުގައި ޢަމަލުކުރަންޖެހޭ ގޮތަށް ނުކޮށާ ހުންނަ ރުއްގަހުގެ ވެރިފަރާތަށް އަންގައިގެން ނުކޮށައިފިނަމަ، ކައުންސިލްގެ މަޝްވަރާގެމަތިން ފިޔަވަޅުއެޅުން.

- މަގުމަތީގައި ވަގުތީގޮތުން ތަކެތި ބެހެއްޓުމާއި، މަގު ކޮނުންފަދަ ކަންތައްތަކުގެ ހުއްދަ ދިނުމާބެހޭ މަސައްކަތް ކުރުމާއި، ހުއްދަ ނުނަގާ އެފަދަ ކަންތައްތައް ކުރާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް، ވެރިންގެ މަޝްވަރާ ހޯދައިގެން އަޅަމުން ގެންދިއުން.

- ކައުންސިލް އިދާރާގެ ފަރާތުން ފާހަގަކުރާ މުނާސަބަތުތަކުގައި ދަޢުވަތުދިނުމުގެ ކަންތައްތައް ކުރުން.

- ކައުންސިލް އިދާރާއާއި ކައުންސިލުން ބަލަހައްޓަންޖެހޭ ތަންތަނުގެ އިންވެންޓްރީ ބެލެހެއްޓުން.

- ހަވާލުކުރެވިފައިވާ މަސައްކަތާ ގުޅޭގޮތުން ސިޓީއާއި މެސެޖް ލިޔުމާއި މެއިލްކުރުން.

- ރަސްމީ މަސައްކަތާ ގުޅިގެން އިދާރާއިން ކުރިއަށްގެންދާ ޚައްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާއިން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

ވަޒީފާއަށް މީހުން ހޮވުމުގައި ބެލޭނެ ކަންކަން:

- ވަޒީފާގެ ދާއިރާގެ ޓެކްނިކަލް މަސައްކަތުގެ މަޢުލުމާތާއި، ޕްރޮފެޝަނަލް މަސައްކަތުގެ މަޢުލުމާތު ލިބިފައިވާ މިންވަރު.

- ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.

- ކޮމްޕިއުޓަރ ބޭނުންކޮށްގެން މަސައްކަތްކުރަން ދަންނަ މީހެއްކަމުގައިވުން.

- އިނގިރޭސިބަހުގެ ފެންވަރު ރަނގަޅު މީހެއްކަމުގައިވުން.

- ޤާނޫނުތަކާއި ގަވައިދުތަކަށް އަހުލުވެރި މީހެއްކަމުގައިވުން.

- ޖިސްމާނީ ޤާބިލްކަމާއި، ނަފްސާނީ ޤާބިލްކަމާއި، ފަންނީ ޤާބިލުކަން.

- މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުން.

ސުންގަޑި:      

ޝަރުޠު ހަމަވާ މީހުން 2016 ޖުލައި 25 ވާ ހޯމަދުވަހުގެ 13:00 ގެ ކުރިން، ތިރީގައި ބަޔާންކުރެވިފައިވާ ތަކެތި އއ. ހިމަންދޫ ކައުންސިލް އިދާރާއަށް ހުށަހެޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާކާޑުގެ ކޮޕީ.

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) އެޓެސްޓެޑް ފޮޓޯކޮޕީ.

- ދާއިރާއާ ގުޅޭގޮތުން ލިބިފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ.

- ވަޒީފާއަށް އެދޭ ފަރާތުގެ ކަރިކިއުލަމް ވިޓާ (ސީވީ)

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.

- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުއައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުއައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- މުއައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ކުރާ އިޢުލާނަކަށް ކުރިމަތިލާނަމަ، މި ލިޔުން ހުށަހަޅާކަށެއް ނުޖެހޭނެއެވެ.

ނޯޓު: ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު، ހިމަންދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އޮންނަ ތަނާއި ތާރީޚާއި ގަޑި:

ތަން: ހިމަންދޫ ކައުންސިލް އިދާރާ

ތާރީޚު: އިންޓަވިއު އޮންނަ ތާރީޚާއި ގަޑި، ފަހުން އަންގާނަމެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް:            

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 6660061 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ، 6660061 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.  

8 ޝައްވާލް 1437

13 ޖުލައި 2016
ހޯދާ