ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ރިސޯސް މުދައްރިސުން ބޭނުން

އިޢުލާން

ކީރިތި ޤުރްއާނާބެހޭ މަރްކަޒުގައި ހިންގާ ކޯސްތަކުގައި ތިރީގައި ދެންނެވިފައިވާ މާއްދާތައް ކިޔަވައިދެއްވާނެ ރިސޯސް މުދައްރިސުން ބޭނުންވެއެވެ.

  • ޤުރްއާން
  • ތަފްސީރު
  • ތަރުބިއްޔާ އިސްލާމިއްޔާ
  • ޢަރަބި ބަސް

މުސާރަ: އެމް. ކިޔު. އޭ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއްނަމަ 50 މިނިޓްގެ ޕީރިއަޑަކަށް -/250 ރުފިޔާ

ޝަރުޠު: ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން

މުއްދަތު:

ކޮންޓްރެކްޓް އުސޫލުން 2 އަހަރުދުވަހުގެ މުއްދަތަށް، ފުރަތަމަ އެގްރިމެންޓް ކުރެވޭނީ 2 މަސްދުވަހުގެ މުއްދަތަށެވެ.

2 މަސްދުވަސް ހަމަވުމުން ހާޒިރީއާއި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އިތުރު 22 މަސްދުވަހަށް އިތުރުކުރެވިދާނެއެވެ.

ވީމާ، ޝަރުޠު ހަމަވާ ފަރާތްތަކުން 2016 ޖުލައި 21 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ސިޓީއަކާއެކު ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީއާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު މި މަރުކަޒަށް ސިޓީފޮނުއްވުން އެދެމެވެ.

09 ޝައްވާލް 1437

14 ޖުލައި 2016
ހޯދާ