މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
ޤާނޫނީ ލަފާދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މިކައުންސިލުގެ ނަންބަރު: (IUL)219-CA/1/2016/12 (11 އެޕްރީލް 2016) އިޢުލާނުގައި ބަޔާންކޮށްފައިވާ މަސައްކަތްތަކުގެ އިތުރުން އެހެނިހެން ކަންކަން ހިމެނުމަށްޓަކައި އެ ޢިއުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

މި ކައުންސިލުގެ ބޭނުމަށް އެކި މައްސަލަތަކާ ގުޅޭގޮތުން ޤާނޫނީ ލަފާ ދިނުމާއި، އަދި ޤާނޫނީ ގޮތުން ކުރަންޖެހޭ ބައެއް އެހެނިހެން ކަންތައްތައް ކޮންޓްރެކްޓް އުސޫލުން 6 މަސްދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

ކުރަންޖެހޭ މައިގަނޑު ކަންތައްތައް

  1. މީޑިއާ ކައުންސިލަށް ބޭނުންވާ ކަންކަމުގައި ޤާނޫނީ ލަފާ ދިނުން.
  2. އެކުލަވައިލާ ގަވާއިދުތަކަށް ޤާނޫނީ ލަފާދިނުން.
  3. އެކުލަވައިލެވޭ އައު ޤާނޫނު/ބިލުތަކުގެ ތެރެއިން މީޑިއާ ކައުންސިލާ ގުޅުންހުރި ޤާނޫނު/ ބިލްތަކުގެ އެނެލައިސިސްއާއެކު ޤާނޫނީ ލަފާދިނުން.
  4. މީޑިއާ ކައުންސިލުގެ ފަރާތުން ކޯޓުގައި ވަކާލާތުކުރަންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ، ކައުންސިލުގެ ފަރާތުން ވަކާލާތުކުރުން.
  5. ޓްރާންސްލޭޓްކުރަން ޖެހިއްޖެ ހާލަތެއްގައި، ޑޮކިއުމަންޓް (ދިވެހި/އިނގިރޭސި) ޓްރާންސްލޭޓް ކުރުން.

ވީމާ، މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 1 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މި ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮގަސްޓު 4 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 11:00 އަށް މި ކައުންސިލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

09 ޝައްވާލް 1437

14 ޖުލައި 2016
ހޯދާ