ދިވެހިރާއްޖެ
އިޢުލާން
"ތަޢުލީމީ ދާއިރާގެ ޚިދުމަތުގައި ތިބި މުވައްޒަފުން މުސާރައާ އެއްވަރުގެ އެލަވަންސް ދީގެން އިތުރަށް ތަމްރީނުކުރުމުގެ އުސޫލު 2016" 5 ޖުލައި 2016 ގައި ވަނީ އާންމުކޮށްފައެވެ. އަދި އެ އުސޫލާ އެއްގޮތަށް ތަމްރީނުވުމަށް އެދޭ، ތަޢުލީމީ ދާއިރާގެ ޚިދުމަތުގައި ތިބި މުވައްޒަފުން އެޕްލިކޭޝަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މިގޮތުން 2016 ވަނަ އަހަރަށް ތަމްރީނުކުރުމަށް ކަނޑައަޅާ ދާއިރާތަކާއި، ކޮންމެ ދާއިރާއަކުން ތަމްރީނުކުރުމަށް ކަނޑައަޅާ އަދަދާއި، އަދި މި ފުރުޞަތަށް މީހުން ހޮވުމުގައި ޕޮއިންޓް ދޭނެގޮތް މި އިޢުލާނުގައި މިވަނީއެވެ. އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓުންނާއި، މި މިނިސްޓްރީގެ ހިޔުމަން ރިސޯސް ޑިވޮލޮޕްމަންޓް ޑިވިޜަންގެ ފޯނު ނަންބަރު 3341439 އިން ލިބިވަޑައިގަންނަވާނެއެވެ.
އެޕްލިކޭޝަން ހުށަހެޅުން
"ތަޢުލީމީ ދާއިރާގެ ޚިދުމަތުގައި ތިބި މުވައްޒަފުން މުސާރައާ އެއްވަރުގެ އެލަވަންސް ދީގެން އިތުރަށް ތަމްރީނުކުރުމުގެ އުސޫލު 2016"އާ އެއްގޮތަށް، ފުރުޞަތު ހޯދުމަށް ހުށަހަޅާނީ މިކަމަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަން ފޯމު ފުރިހަމަކޮށް، އެ ފޯމުގައި ބަޔާންކުރާ ލިޔުންތަކާއެކު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކައުންޓަރަށް ނުވަތަ [email protected] މި އީމެއިލް އެޑްރެހަށް، އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑީގެ ކުރިންނެވެ. އެޕްލިކޭޝަން ފޯމު މި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 2016 އޮގަސްޓު 1 ވާ ހޯމަ ދުވަހުގެ 12:00 އެވެ.
މުސާރައާ އެއްވަރުގެ އެލަވަންސް ދީގެން ތަމްރީނުކުރުމަށް (IUL)461-AS/1/2016/10 (24 އޭޕްރީލް 2016) ގައި އިޢުލާނުކޮށްފައިވާ "މާސްޓަރ އޮފް އެޑިޔުކޭޝަން އިން އެޑިޔުކޭޝަނަލް އެސެސްމަންޓް" ކޯހަށް ހޮވޭ 22 މުވައްޒަފުން، މި ފުރުޞަތަށް އެދި، މި އިޢުލާނާގުޅިގެން އިތުރަށް ހުށަހަޅާކަށް ނުޖެހޭނެއެވެ.
ތަމްރީނުކުރެވޭ މަޤާމުތައް
މި ހުޅުވާލެވޭ ފުރުޞަތުގައި މީހުން ތަމްރީނު ކުރެވޭނީ ތިރީގައި މިވާ މަޤާމުތަކަށެވެ.
1- ޓީޗަރުން
2- ޕްރިންސިޕަލުން
3- ސްކޫލް ހެލްތު އެސިސްޓެންޓުން
4- ސްކޫލް ކައުންސެލަރުން
5- ލައިބްރޭރިއަނުން
6- ލެބޯރެޓަރީ ޓެކްނީޝަނުން
7- ވޮކޭޝަނަލް މާއްދާތައް ކިޔަވައިދެއްވާ ޓީޗަރުންނާއި އިންސްޓްރަކްޓަރުން
ފުރުޞަތަށް އެދި ހުށަހެޅޭނެ ފަރާތްތައް
ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި މެދުނުކެނޑި ސަރުކާރުގެ ސްކޫލެއްގައި ޚިދުމަތްކުރަމުންދާ ކޮންމެ މުވައްޒަފަކަށް މި ފުރުޞަތުގެތެރެއިން ތަމްރީނުވުމަށް އެދި ހުށަހެޅޭނެއެވެ. އަދި މިހާރު ކޯހެއް ފުރިހަމަކުރަމުންދާ، ކޯހުގައި ބައިވެރިވުމާ ހަމައަށް، ތަޢުލީމީ ދާއިރާގައި 2 އަހަރު މެދުނުކެނޑި އުޅެފައިވާ، ކޯހުގައި ބައިވެރިވީއިރު ސްކޫލެއްގައި މަސައްކަތްކުރަމުންދިޔަ މުވައްޒަފުންނަށްވެސް މި ފުރުޞަތުގެ ތެރެއިން ތަމްރީނުވުމަށް އެދި ހުށަހެޅޭނެއެވެ.
ފުރުޞަތުދޭ ގިންތިތައް
ގިންތިތައް |
ދޭ ފުރުޞަތުގެ އަދަދު |
1. ތަޢުލީމީ ދާއިރާއަށް މުވައްޒަފުން ލިބުން ދަތި ރަށްރަށަށާއި، މުވައްޒަފުން ލިބުން ދަތި މަޤާމުތަކަށް ދާން އެއްބަސްވާ މުވައްޒަފުން |
69 |
2. ސްކޫލްތަކުގެ ޚިދުމަތުގައި ތިބި، ނަމަވެސް މަޤާމުގެ ޝަރުޠު ހަމަނުވާ މުވައްޒަފުން |
10 |
3. މުސާރައާ އެއްވަރުގެ އެލަވަންސް ދީގެން ތަމްރީނުކުރުމަށް (IUL)461-AS/1/2016/10 (24 އޭޕްރީލް 2016) ގައި އިޢުލާނުކޮށްފައިވާ "މާސްޓަރ އޮފް އެޑިޔުކޭޝަން އިން އެޑިޔުކޭޝަނަލް އެސެސްމަންޓް" ކޯހަށް ހޮވޭ 22 މުވައްޒަފުން |
22 |
ގިންތިތަކަށް މުވައްޒަފުން ހޮވާނޭ ގޮތް
މުސާރައާ އެއްވަރުގެ އެލަވަންސް ދީގެން ތަމްރީނުކުރުމަށް (IUL)461-AS/1/2016/10 (24 އޭޕްރީލް 2016) ގައި އިޢުލާނުކޮށްފައިވާ "މާސްޓަރ އޮފް އެޑިޔުކޭޝަން އިން އެޑިޔުކޭޝަނަލް އެސެސްމަންޓް" ކޯހަށް ހޮވޭ 22 މުވައްޒަފުންނަށް، އެ އިޢުލާނުގައިވާ ފަދައިން މުސާރައާ އެއްވަރުގެ އެލަވަންސް ހަމަޖައްސައިދެވޭނެއެވެ.
އެނޫން ގިންތިތަކަށް މުވައްޒަފުން ހޮވާނީ ތިރީގައި ބަޔާންކުރާ ފިޔަވަޅުތަކުގެ ތެރެއިންނެވެ.
- "ތަޢުލީމީ ދާއިރާގެ ޚިދުމަތުގައި ތިބި މުވައްޒަފުން މުސާރައާ އެއްވަރުގެ އެލަވަންސް ދީގެން އިތުރަށް ތަމްރީނުކުރުމުގެ އުސޫލު 2016" ގައި ބަޔާންކުރާ ކަންކަން ފުރިހަމަވާ މުވައްޒަފުންގެ ލިސްޓު ތައްޔާރުކުރުން.
- ތިރީގައި ބަޔާންކޮށްފައިވާގޮތަށް މުވައްޒަފުންނަށް މާކްސް ދިނުން.
- ލިބުނު މާކްސްއަށް ބަލައި، ކޮންމެ ގިންތިއަކަށް އެދިފައިވާ މުވައްޒަފުން ތަރުތީބުކުރުމާއެކު އެންމެ މަތިން މާކްސް ލިބުނު ފަރާތްތަކަށް ޖާގަދިނުން.
- ޖާގަދިނުމުގައި މާކްސް އެއްވަރުވުމުގެ ސަބަބުން ވަކި ފަރާތެއް ކަނޑައަޅަން ޖެހިއްޖެނަމަ، އެންމެފަހުން ފުރިހަމަކޮށްފައިވާ ޚިދުމަތުގެ ފެންވަރުބެލުމުގެ ނަތީޖާއިން މަތީ މާކްސް ލިބިފައިވާ ފަރާތަށް އިސްކަންދިނުން.
- ގިންތި 1 އަދި 2 ގެ ތެރެއިން ގިންތިއަކަށް ކަނޑައެޅިފައިވާ ޢަދަދަށް ޝަރުޠު ހަމަވާ މީހުން ކުރިމަތި ނުލައިފިނަމަ، ޝަރުޠު ހަމަވީ މީހުން ނުހޮވި އޮތް ބާކީވީ މިންވަރު، އިތުރަށް އިޢުލާނުކުރުމަކާ ނުލައި، ދެން އޮތް ގިންތިއަށް އިތުރުކޮށް މުވައްޒަފުން ހަމަޖެއްސުން.
- ފުރުޞަތުދެވޭ ފަރާތްތައް ޚިދުމަތްކުރުމަށް އިޤްރާރު ކުރުވުން. އަދި އެއްވެސް ސަބަބަކާ ހެދި މި އިޤްރާރުގައި މުވައްޒަފަކު ސޮއިނުކޮށްފިނަމަ، އެ މުވައްޒަފުގެ ބަދަލުގައި ޝަރުޠު ހަމަވާ އެހެން މުވައްޒަފަކަށް އެ ފުރުޞަތު ދެވޭނެއެވެ.
- ހޮވުނު ފަރާތްތަކަށް ޕްލޭސްމަންޓް ހޯދުމުގެ ފުރުޞަތު ދިނުން. އަދި އެއްވެސް ސަބަބަކާ ހެދި 2016 ޑިސެންބަރު 31 ގެ ނިޔަލަށް މުވައްޒަފަށް ޕްލޭސްމަންޓް ނުހޯދިއްޖެނަމަ، ދެވުނު ފުރުޞަތު ބާޠިލުކުރެވޭނެއެވެ.
މުވައްޒަފުންނަށް މާކްސް ދިނުން
މުވައްޒަފުންނަށް މާކްސް ދޭނީ ރަށުގައި މުވައްޒަފުން ލިބުމުގެ ދަތިކަމަށާއި، މަޤާމަށް މުވައްޒަފުން ލިބުން ދަތިވާ މިންވަރަށާއި މުވައްޒަފުގެ ޢިލްމީ ޤާބިލުކަމަށާއި، މުވައްޒަފުގެ ތަޖުރިބާއަށް، ތިރީގައި މިވާގޮތަށް މާކްސް ދީގެންނެވެ. ތިރީގައި މާކްސް ދެވޭ އެއްވެސް ބަޔަކުން ސުމެއް ލިބޭ ފަރާތަކަށް، މި އިޢުލާނުގެ ދަށުން ފުރުޞަތު ނުދެވޭނެއެވެ.
މާކްސްދެވޭ ބައިތައް |
ގިނަވެގެން ލިބޭ މާކްސް |
މާކްސް ހިސާބުކުރާނޭ ގޮތް |
||
ރަށުގައި މުވައްޒަފުން ލިބުމުގެ ދަތިކަން |
30 |
އެ ރަށެއްގެ ސްކޫލުތަކުގައި ތިބި ދިވެހި ނަސްލުގެ ދާއިމީ މުވައްޒަފުންގެ އަދަދު |
30 X |
- 30 = މާކްސް |
އެ ރަށެއްގެ ސްކޫލުތަކަށް 2016 އަށް ކަނޑައަޅާފައިވާ މުވައްޒަފުންގެ އަދަދު |
||||
މަޤާމަށް މުވައްޒަފުން ލިބުން ދަތިވާ މިންވަރު |
30 |
އެ ސްކޫލުގައި ތިބި އެ މަޤާމަށް ޚާއްޞަ ދިވެހި ނަސްލުގެ ދާއިމީ މުވައްޒަފުންގެ އަދަދު |
30 X |
- 30 = މާކްސް |
އެ ސްކޫލުގައި ތިބި އެ މަޤާމަށް ޚާއްޞަ ހުރިހާ މުވައްޒަފުންގެ އަދަދު |
||||
މުވައްޒަފުގެ ޢިލްމީ ޤާބިލުކަން |
30 |
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ޝާއިޢުކޮށްފައިވާ މެރިޓް ސްކޮލަޝިޕް ދިނުމުގައި މާކުސްދޭ އުޞޫލުން މާކްސް ދިނުމަށްފަހު، ލިބޭ މާކްސް 30 މާކްސްގެ ކަސްރަކަށް ބަދަލުކުރުން. (މި އުސޫލު www.dhe.gov.mv ގެ downloads ގައި Point System for Merit Scholarships މި ނަމުގައި އެވަނީއެވެ.) |
||
މުވައްޒަފުގެ ތަޖުރިބާ |
10 |
ތަޢުލީމީ ދާއިރާގައި ހޭދަވި ކޮންމެ އަހަރަކަށް 1 މާކްސް (ގިނަވެގެން 10 މާކްސް) |
9 ޝައްވާލް 1437