މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުމާގުޅޭ

އިޢުލާން

މިއިދާރާގެ ނަންބަރު: (IUL)305/305/2016/48 (07 ޖޫން 2016) އިޢުލާނާ ގުޅިގެން ރުއްގަހުގެ ވެރިންގެ ގޮތުގައި ހުށަހަޅުއްވާފައިވަނީ ވަރަށް މަދު ފަރާތްތަކަކުން ކަމަށްވާތީ، އެބިމުގައިހުރި ރުއްގަހުގެ ވެރިން ހޯދުމަށް އަލުން އިޢުލާން ކުރީމެވެ.

ޕަބްލިކް ވާރކްސް އަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގައި ހުރި ރުއްގަހުގެ ވެރިން ހޯދުމާގުޅޭ

ޕަބްލިކް ވާރކްސް ސަރވިސަސް އަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ރ.މާކުރަތު ނޫތަރި އަދި ތިންތަރި އެވެ ކިޔާ ގޯތީގެ އިރުމަތިން އޮތް ބްލޮކް އެވެ. ވެރި ފަރާތްތައް ހޯދުމަށް ބޭނުންވާ ރުއްގަހުގައި ހުދު ދަވާދުން ބަންދު އަޅައި ނަންބަރު ޖަހާފައިވާނެއެވެ. އަދި މިރުއްގަހުގެ ލިސްޓު މި އިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.

ވީމާ، މިސަރަހައްދުގައި ހުރި ރުއްގަހުގެ ވެރި ފަރާތްތަކުން 2016 ޖުލައި 21 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ލިޔުމަކުން ހުށަހެޅުއްވުން އެދެމެވެ. މިމުއްދަތުގެ ތެރޭގައި ވެރިޔަކު ސާބިތުކޮށްދެވިފައި ނުވާ ރުއްގަސް ހުރިނަމަ ޤާނޫނު ނަންބަރު 21/98 (މީހުން އުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫނު) ގައިވާ ގޮތުގެ މަތިން ޢަމަލުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 ޝައްވާލް 1437 

11 ޖުލައި 2016
ހޯދާ