ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީއަށް ސްޓޯރޭޖް އޭރިއާ ނެޓްވޯކް (SAN) ސިސްޓަމެއް ސަޕްލައިކޮށް، އިންސްޓޯލްކޮށް، ކޮންފިގަރކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތާ ގުޅޭ "ޓާރމްސް އޮފް ރިފަރެންސް" އަށް ގެނެވުނު ބަދަލަކާ ގުޅިގެން މި މިނިސްޓްރީން 16 ޖޫން 2016 ގައި ކޮށްފައިވާ ނަންބަރު (IUL)438-ICTU/438/2016/151 އިޢުލާނު ބާޠިލުކޮށް އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި މަސައްކަތާ ގުޅޭ "ޓާރމްސް އޮފް ރިފަރެންސް" މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެނަރޖީގެ ވެބްސައިޓް، www.environment.gov.mv އިން ޑައުންލޯޑް ކުރައްވަން ލިބިވަޑައިގަންނަވާނެއެވެ.
ހުށަހަޅަންވީ ތަކެތި
- މި މިނިސްޓްރީއަށް ސްޓޯރޭޖް އޭރިއާ ނެޓްވޯކް (SAN) ސިސްޓަމެއް ސަޕްލައިކޮށް، އިންސްޓޯލްކޮށް، ކޮންފިގަރކޮށްދެވޭނެ އަގު (ޖީ.އެސް.ޓީ ހިމަނައިގެން)
- ސްޓޯރޭޖް އޭރިއާ ނެޓްވޯކް (SAN) ސިސްޓަމް ސަޕްލައިކޮށް، އިންސްޓޯލްކޮށް، ކޮންފިގަރކޮށްދިނުމަށް ނަގާނެ މުއްދަތު
- ޓެކްނިކަލް ސްޕެސިފިކޭޝަން (ޓާރމްސް އޮފް ރިފަރެންސްގައި ބަޔާންކޮށްފައިވާ ކަންތައްތައް ހިމަނައިގެން)
- ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
- ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ، މި މަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު) އަދި އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
- މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
މި ޕުރޮޖެކްޓަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރެވޭގޮތުގެ ތަފުސީލު
އަގަށް: 60 ޕޮއިންޓު
މުއްދަތު: 20 ޕޮއިންޓު
ތަޖުރިބާ: 20 ޕޮއިންޓް
- މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.
އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
އިންފޮމޭޝަން ކޮނިޔުނިކޭޝަން ޓެކްނޮލޮޖީ ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ
ސްޓޯރޭޖް އޭރިއާ ނެޓްވޯކް (SAN) ސިސްޓަމެއް ސަޕްލައިކޮށް، އިންސްޓޯލްކޮށް ކޮންފިގަރ ކުރުމާބެހޭ
އިޢުލާނު ނަންބަރު: (IUL)438-ICTU/438/2016/178
ބިޑު ހުޅުވުން
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ޖުލައި 21 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގެ އެއްވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން މި ޖަލްސާގައި ބައިވެރިވެވަޑައިންނަވާ ބޭފުޅުންގެ ހާޒިރުގައެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖުލައި 21 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް ބީލަން ފުރިހަމަކުރުމަށްފަހު ބަންދުކޮށްފައިވާ ސިޓީއުރައެއްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ނޯޓު:
- މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ
ހަނދުވަރީ ހިނގުން، މާފަންނު
މާލެ، 20392
ދިވެހިރާއްޖެ.
އީމެއިލް: [email protected]
