އިންނަމާދޫ ސްކޫލް، ރ. އިންނަމާދޫ
ދިވެހިރާއްޖެ
ކަރަންޓް 3 ފޭހަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި ސްކޫލުގެ ކަރަންޓް 3 ފޭސް ކަރަންޓަށް ބަދަލުކުރުމާ ގުޅޭ

އަމިއްލަ ތަކެތީގައި މި ސްކޫލުގެ ކަރަންޓް 3 ފޭހަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މި ސްކޫލުން ކުރި ނަންބަރު GS123/IUL/2016/25 (23 ޖޫން 2016) އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.  

ވީމާ، މި ސްކޫލުގެ ކަރަންޓް ސްކޫލުން ދޭ މަޢުލޫމާތު ކަރުދާހާ އެއްގޮތަށް ކަރަންޓު 3 ފޭހަށް ބަދަލުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖުލައި 19 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 2:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮގަސްޓު 2 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 2:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ސްކޫލުން ދޭ އަންދާސީހިސާބު ހުށަހަޅާ ފޯމުންނެވެ. އަންދާސީހިސާބު ހުށަހަޅުއްވާއިރު، މުއްދަތު ހަމަނުވާ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ފަދަ ލިޔުމަކާއި، ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

8 ޝައްވާލް 1437

13 ޖުލައި 2016
ހޯދާ