ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މަޤާމު |
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ) |
މުއްދަތު |
03 މަސްދުވަސް |
އަދަދު |
01 (އެޑްމިން ސެކްޝަން) |
މުސާރަ |
މަސައްކަތްކުރާ ކޮންމެ ދުވަހަކަށް /-270 ރުފިޔާ (ދުވާލަކު 6 ގަޑިއިރު) އަދި އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ތަޢުލީމާ ތަޖްރިބާ |
- އެޑްމިން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިން/ މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. - ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
ކުރަންޖެހޭ މަސައްކަތް |
1- އޮފީހުގެ ޚިދުމަތްތަކަށް ހޯދޭ ތަކެތި ގެނައުމުގެ މަސައްކަތްކުރުން. 2- އޮފީހުގެ އިންވެންޓޮރީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ބެލެހެއްޓުން 3- ޕްރޮކިއުމަންޓުން އޮފީހުގެ ޚިދުމަތްތަކަށް ހޯދޭ މުދަލާއި ތަކެތި ހަމަތޯ ބަލައި ޗެކްކުރުމާއި ސްޓޮކްގެ ރިކޯޑުތަކަށް އެ ތަކެތީގެ މަޢުލޫމާތު ވެއްދުން. 4- އޮފީހުގެ ސްޓޮކްގައި ހުންނަ ތަކެތި އިންތިޒާމުކޮށް ބެލެހެއްޓުމާއި، މަހަކު އެއްފަހަރު ސްޓޮކް ގުނައި ޗެކުކޮށް، ކަމާބެހޭ ރިޕޯޓު ސެކްޝަންގެ ވެރިޔާއަށް ދައްކައި ރިޕޯޓުތައް ބެލެހެއްޓުން. 5- ކޮންމެ ދުވަހެއްގެ ޔައުމިއްޔާއަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް ޔައުމިއްޔާ ތައްޔާރުކުރުން. 6- ފޮޓޯކޮޕީ / ނެގުމާއި ފެކްސް ކުރުން، އަދި ސްކޭން ކުރުން. 7- އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ ޖަލްސާ، ސެމިނާރު އަދި ވޯކްޝޮޕް ފަދަ ކަންކަމުގައި އެހީތެރިވުން. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް |
- ހާސިލު ކޮށްފައިވާ ތަޢުލީމާއި ތަމްރީން. - ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލުމަށް ޓެސްޓެއް ދިނުން. - މަސައްކަތުގެ ދާއިރާގައި ލިބިފައިވާ ތަޖްރިބާއަށް ބަލައިގެން. - ޤާބިލުކަން ކަށަވަރުކުރުމާއި، މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވާ މިންވަރު ވަޒަންކުރުމަށްޓަކައި، އިންޓަވިއުކުރުން. |
ހުށަހަޅަން ޖެހޭ ތަކެތި |
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) ކޯހެއްގެ ސެޓުފިކެޓު ލިބިފައިނުވާނަމަ ކޯސް ހެދި ތަނަކުން ކޯސް ނިންމިކަމުގެ ލިޔުމާއި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކޯހެއް އެކްރެޑިޓްކުރެވޭ ލެވެލް ބަޔާންކޮށްދޭ ލިޔުން. ރ- މަސައްކަތުގެ ތަޖުރިބާއަށް މާރކްސް ދިނުމަށް ހަމަޖެހިފައިވާތީ، މަސައްކަތް ކުރައްވާފައިވާ ނުވަތަ ކުރައްވަމުންގެންދަވާ އިދާރާތަކުން ހޯއްދަވާފައިވާ ލިޔުން. މިފަދަ ލިޔުންތަކުގައި ކުރެއްވި މަސައްކަތް އަދި މުއްދަތު އެނގެން އޮންނަންވާނެއެވެ. އަދި މި ލިޔުންތަކުގައި ވަޒީފާ އަދާކުރައްވަން ފެއްޓެވި އަދި ވަކިވިނަމަ ވަކިވިދުވަސް/ މަސް/ އަހަރުވެސް އެނގެން އޮންނަންވާނެއެވެ. ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭހެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު) |
ސުންގަޑި |
މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން / ހ. ވެލާނާގެ (2 ވަނަ ފަންގިފިލާ) ކައުންޓަރަށް. - ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 24 ޖުލައި 2016 ވަނަ ދުވަހުގެ 13:30 ގެ ކުރިން. |
އިންޓަވިއު |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކާއި ކުރެވޭ އިންޓަވިއު އޮންނާނީ 25-31 ޖުލައި 2016 އާ ދެމެދުގެ ތާރީޚެއްގައެވެ. |
އިތުރު މަޢުލޫމާތު |
މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނެ ނަންބަރަކީ 3341307، 3341303 އެވެ. |