މަޤާމު
|
އެސިސްޓެންޓް އިންވެސްޓިގޭޝަން އޮފިސަރ
|
ބޭނުންވާ އަދަދު
|
03 (ތިނެއް) (އެއް މަޤާމު 01 އަހަރުދުވަހަށް ކޮންޓްރެކްޓް އުސޫލުން)
|
މަސައްކަތް ކުރަންޖެހޭ ތަން
|
އެންޓި-ކޮރަޕްޝަން ކޮމިޝަން (ހުރަވީ ބިލްޑިންގ)
|
މުސާރައާއި ޢިނާޔަތްތައް
|
- މުސާރަ: މަހަކު -/11,000 ރުފިޔާ
- ޑެއިލީ އެލަވަންސް: -/368 ރުފިޔާ
|
ޝަރުޠު
|
- ޤާނޫނީ ދާއިރާ، ނުވަތަ އެކައުންޓިންގގެ ދާއިރާ ނުވަތަ އޮޑިޓިންގގެ ދާއިރާ ނުވަތަ ކްރިމިނަލޮޖީގެ ދާއިރާ ނުވަތަ ފޮރެންސިކް ސައިންސްގެ ދާއިރާނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ހުރިކަން އިންޓަވިއުގައި ސާބިތުކޮށްދިނުން
- ދިވެހިބަހުންނާއި އިނގިރޭސިބަހުން ރަނގަޅަށް އިބާރާތްކުރަން އެނގުމާއެކު، ފަރިތަކަމާއެކު މުއާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.
- އުމުރުން 55 އަހަރުވެފައި ނުވުން.
- ޤާނޫނީ ދާއިރާއިން ތަޢުލީމް ހާސިލުކޮށް، ތަޙުޤީޤު ކުރުމުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
މަޤާމުގެ މަސްއޫލިއްޔަތު
|
ދައުލަތުގެ މުވައްޒަފުން ދައުލަތުގެ ފައިސާއަށާއި މުދަލަށް ޚިޔާނާތްތެރިވުމާއި، ރިޝްވަތު ހިފުމާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި، މިނޫނަސް ގަވާއިދު ހުއްދަނުކުރާ ގޮތްގޮތުން އަމިއްލަ ފައިދާ ހޯދުމާއި، ވަކި މީހަކަށް ނުވަތަ ވަކިބަޔަކަށް ނުޙައްޤު ފައިދާއެއް ހޯދައިދިނުމަށް ކުރާ ކަންތައްތަކާ ބެހޭގޮތުން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާއި، މި ބާވަތުގެ ކަންތައްތަކުގެ ތެރެއިން ކޮމިޝަނުން ބަލަން ހަމަޖައްސާ މައްސަލަތައް ތަޙުޤީޤުކުރުން.
|
ހުށަހަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ، މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާ ފަދަ ދާއިރާއެއްގެ ޑިގްރީ ސެޓުފިކެޓު އަދި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
- ސެޓުފިކެޓު އެކްރެޑިޓް ނުކުރެވި ނުވަތަ އެކްރެޑިޓް ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިޔު.އޭ އިން އެޓެސްޓް ކޮށްފައިވާ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީއާއި ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
- އޯލެވެލް އަދި އޭލެވެލް ސެޓުފިކެޓުގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެވަނަވަރު.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުމެއް.
- އައިޑީ ކާޑުގެ ފޮޓޯކޮޕީ.
- ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާއަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.
|
ސުންގަޑި
|
31 ޖުލައި 2016 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން
|
އިތުރު މަޢުލޫމާތު
|
- އެޕްލިކޭޝަން ފޯމު ހުށަހަޅަން ޖެހޭނީ މި ކޮމިޝަނުގެ ކައުންޓަރަށެވެ.
- އެޕްލިކޭޝަން ފޯމު އޮންލައިން ކޮށް ނުވަތަ އީ-މެއިލް މެދުވެރިކޮށް ހުށަނޭޅޭނެއެވެ.
- އިންޓަރވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވިފައިވާ ކެންޑިޑޭޓުންނަށެވެ.
- ވަޒީފާއަށް އެދޭ ފޯމު މި ކޮމިޝަނުގެ ކައުންޓަރުންނާއި، މި ކޮމިޝަންގެ ވެބްސައިޓް www.acc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
- މަޢުލޫމާތު ފުރިހަމަނުވެ ހުންނަ ފޯމާއި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ފޯމުތައް ބަލައިނުގަނެވޭނެއެވެ.
- ފޯމު ބަލައިގަތުމަށްފަހުގައިވެސް ޞައްޙަނޫން މަޢުލޫމާތެއް ހިމަނާފައިވާކަން ނުވަތަ ޝަރުޠު ހަމަނުވާކަމަށް ފާހަގަވެއްޖެނަމަ އެ ފޯމެއް ބާޠިލުކުރެވޭނެއެވެ.
- ވަޒީފާއަށް މީހުން ހޮވުމުގައި ވަޒީފާގެ ދަފުތަރުގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ފޯނު ނަންބަރު: 3015214 / 3015200
ފެކްސް ނަންބަރު: 3317182
އީމެއިލް: [email protected]
|