ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ގިންތި: ކޮންޓްރެކްޓް (1 އަހަރުދުވަސް)
މަޤާމުގެ ރޭންކް: ޖީ. އެސް. 3
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2
މުސާރަ: މަހަކު -/4465 ރުފިޔާ
ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ
އެހެނިހެން ޢިނާޔަތް: ރަމަޟާންމަހުގެ ޚާއްޞް ޢިނާޔަތުގެ ފައިސާއާއި، އިތުރުގަޑީގެ ފައިސާ، ހަމަޖެހިފައިވާ އުސޫލުގެމަތީން ދެވޭނެއެވެ.
ވަޒީފާ އޮތް އޮފީސް: ސ. އަތޮޅު މަދަރުސާ / ހުޅުދޫ މީދޫ
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އިދާރީބައި / ސ. އަތޮޅު މަދަރުސާ
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ހަރުމުދަލުގެ ރެޖިސްޓްރީ ބެލެހެއްޓުން.
- ސިޓީ / މެސެޖް ލިޔުން.
- އެންޓްރީ ބެލެހެއްޓުން.
- ދުވަހުން ދުވަހަށް ސްކޫލުގެ ޔައުމިއްޔާ ލިޔުން.
- ފައިލިންގ ސިސްޓަމް ބެލެހެއްޓުން.
- މުވައްޒަފުންގެ ރެކޯޑާއި (މުވައްޒަފު ވަޒީފާ ހަމަޖެހުނު ތާރީޚު/ވަކިވި ތާރީޚު/ވަޒީފާ ބަދަލުވި ތާރީޚު/ޕްރޮމޯޝަން ލިބުނު ތާރީޚުފަދަ ރެކޯޑްތައް) ހާޒިރީ ބެލެހެއްޓުމާއި، ހާޒިރީ ރިޕޯޓް ތައްޔާރުކުރުން (ކޮންމެ މީލާދީ މަހެއް ނިމުމުން، މުވައްޒަފުންގެ ހާޒިރީ ރިޕޯޓް، ސްކޫލުގެ އިސްވެރިޔާއަށް ހުށަހެޅުން)
- އިތުރުގަޑީގެ ހާޒިރީ ޝީޓާއި ރިޕޯޓް ތައްޔާރުކުރުން.
- ދަރިވަރުންގެ ޑާޓާ ބޭސް އަޕްޑޭޓްކުރުން.
- ފައިސާ ލިބޭ ކަންތައްތަކުގެ ރަޖިސްޓްރީ ބެލެހެއްޓުން.
- އާމްދަނީފޮތް ބެލެހެއްޓުން.
މަޤާމުގެ ޝަރުޠު:
1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
1. ސިވިލްސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި، ޢައްޔަންކުރުމުގެ މިންގަޑުތަކާއި އުސޫލުތައް 2013 ގައިވާ ކަންކަމަށް ބެލޭނެއެވެ.
2. މަޤާމުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
3. މަސައްކަތް އެނގޭ މިންވަރު ބެލުމުގެގޮތުން ޕްރެކްޓިކަލް ޓެސްޓެއް ދިނުން.
4. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
އިންޓަވިއު ކުރުން:
ހ. މި މަޤާމަށް މީހަކުހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، 2016 އޮގަސްޓު 1 ވާ ހޯމަ ދުވަހުގެ 10:00 ގައި ސ. އަތޮޅު މަދަރަސާގައެވެ. މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ ޕްރެކްޓިކަލް ޓެސްޓް އޮންނާނީ، 2016 އޮގަސްޓު 1 ވާ ހޯމަދުވަހުގެ 13:00 ގައި ސ. އަތޮޅު މަދަރުސާގައެވެ.
ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދި ހުށަހަޅާނީ، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމުންނެވެ. މި ފޯމު ސ. އަތޮޅުމަދްރަސާގެ އޮފީހުން ލިބެން ހުންނާނެއެވެ.)
ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް)
ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ސ. އަތޮޅު މަދަރުސާގެ އޮފީހަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޖުލައި 25 ވާ ހޯމަދުވަހުގެ 12:00 އެވެ.
ނޯޓު: މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
އިތުރު މަޢުލޫމާތު: މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ސ. އަތޮޅު މަދަރުސާގެ 6895679 ނަންބަރުގެ ފޯނަށް ގުޅުން އެދެމެވެ.
9 ޝައްވާލް 1437