ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
މި ސްކޫލަށް ލެޕްޓޮޕް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަންބަރުGS43-B/2016/18 (23.06.2016) އިޢުލާނަށް އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އިތުރަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، ތިރީގައި މިދަންނަވާ ސްޕެސިފިކޭޝަންސްގެ 03 ލެޕްޓޮޕް ހޯއްދަވައިދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ޖުލައި 2016 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 11:00އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
Screen: |
15" (minimum) Full HD |
Processor: |
Core i5 6th generation or better |
RAM: |
8GB RAM or better |
Hard Disk: |
500 HDD/128GB SSD or better |
Wi-Fi: |
802.11a/b/g/n/ac |
Ethernet: |
Gigabit |
Ports: |
USB3 Min 1 |
OS: |
Windows 10 |
Optical Drive: |
DVD Super Multi Double – Layer Drive |
- އަންދާސީހިސާބު ހުށަހަޅަންވާނީ ޖީ.އެސް.ޓީ. ހިމަނައިގެން ޖުމްލަ އަގެވެ. އަދި ޖީ.އެސް.ޓީ ހިމަނައިގެން އަގު ހުށަހަޅާނަމަ ޖީ.އެސް.ޓީ. އަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތެއް ކަމުގައި ވާންވާނެއެވެ.
- އަންދާސީހިސާބުގައި ސްކޫލަށް ތަކެތި ހަވާލުކޮށްދެވޭނެ މުއްދަތު ހިމަނަންވާނެއެވެ.
- އަންދާސީހިސާބު ހުށަހަޅުއްވާއިރު މަދުވެގެން އެއް އަހަރުދުވަހުގެ ވޮރެންޓީއެއް ދޭންވާނެއެވެ.
- އަންދާސީހިސާބާއެކު ތިރީގައި މިދަންނަވާ ލިޔެކިޔުން ހުށަހަޅުއްވަންވާނެއެވެ.
- ބީލަން ހުށަހަޅާ ފޯމު
- ކުންފުނީގެ ޕްރޮފައިލް
- ކޮށްފައިވާ މިބާވަތުގެ މަސައްކަތްތަކުގެ ތަފުސީލު
- ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ
- ޖީ.އެސ.ްޓީ ރަޖިސްޓަރީގެ ކޮޕީ
- މާލީ ޤާބިލުކަން ހުރިކަން އަންގައިދޭ ލިޔުން
- ދެވިފައިވާ މަޢުލޫމާތާ ބެހޭގޮތުން އިތުރަށް ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމާތު "ބީލަން ތައްޔާރުކުރުމާއި ހުށަހެޅުމުގައި ޢަމަލުކުރަންޖެހޭނެގޮތާއި ބީލަން ވަޒަންކުރާނެ ގޮތުގެ މަޢުލޫމާތު ފޯމު" 18 ޖުލައި 2016 ވާ ހޯމަ ދުވަހުގެ ހެނދުނު 08:30 އިން 13:30 އަށް ޝަރަފުއްދީން ސްކޫލުން ލިބެން ހުންނާނެއެވެ.
- ބިޑް އިވެލުއޭޝަން ކްރައިޓީރިއާ
ތަފުސީލު |
ޕޮއިންޓް ދެވޭގޮތް |
ހުށަހަޅާފައިވާ އަގަށް |
75% |
މުއްދަތަށް |
% 10 |
މާލީ ޤާބިލުކަން |
% 10 |
ތަޖުރިބާ |
5% |
07 ޝައްވާލްް 1437