ދިވެހިރާއްޖެ
އިޢުލާން
މި އިދާރާގެ ނަންބަރު: (IUL)305-CA305/305/2016/51 (16 ޖޫން 2016) އިޢުލާނާ ގުޅިގެން ސިޓީ ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، ބަށިކޯޓު އެޅުމަށް ހަމަޖެހިފައިވާ ސަރަޙަދުގައިވާ ރުއްގަހުގެ ވެރިން ހޯދުމަށް އަލުން އިޢުލާންކުރީމެވެ.
ރުއްގަހުގެ ވެރިން ހޯދުމާ ގުޅޭ:
ބަށިކޯޓު އެޅުމަށް ހަމަޖެހިފައިވާ ބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތްތަކުގެ މަޢުލޫމާތު ސާފުކުރުމަށް ބޭނުންވެއެވެ.
ބަށިކޯޓު އެޅުމަށް ހަމަޖެހިފައިވަނީ ރ. މާކުރަތު ރަސްމީ ފުޓުބޯޅަދަނޑުގެ އިރު އުތުރު ކަނުގައެވެ. މި ސަރަޙައްދުގައިހުރި، ވެރި ފަރާތްތައް ހޯދުމަށް ބޭނުންވާ ރުއްގަހުގައި ހުދު ދަވާދުން ބަންދު އަޅައި ނަންބަރު ޖަހާފައިވާނެއެވެ. އަދި މި ރުއްގަހުގެ ލިސްޓް މި އިޢުލާނާއެކު އާންމުކުރެވިފައިވާނެއެވެ.
ވީމާ ، މިސަރަޙައްދުގައި ހުރި ރުއްގަހުގެ ވެރި ފަރާތްތަކުން 2016 ޖުލައި 18 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ލިޔުމަކުން ހުށަހެޅުއްވުން އެދެމެވެ. މި މުއްދަތުގެތެރޭގައި ވެރިޔަކު ސާބިތުކޮށްދެވިފައިނުވާ ރުއްގަސް ހުރިނަމަ، ޤާނޫނު ނަންބަރު 21/98 (މީހުން އުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫނު) ގައިވާ ގޮތުގެ މަތިން ޢަމަލުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
30 ރަމަޟާން 1437