މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ގަލްފްކްރާފްޓް ޓްއަރިން-32 ގެ ލޯންޗެއްގެ (ދިޔަވަރު ލޯންޗް) ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބޭނުމަށް ގަލްފްކްރާފްޓް ޓްއަރިން-32 ގެ ލޯންޗެއްގެ ("ދިޔަވަރު" ލޯންޗް) ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖުލައި 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އެޑްރެހަށް ލިޔުމަކުން ބީލަން ހުށަހެޅުމުގެ ޝައުޤުވެރިކަން ފާޅުކުރެއްވުމުން ސޮފްޓް ކޮޕީ ފޯމެޓުގައި ބީލަން ފޮތް ލިބިވަޑައިގަންނަވާނެއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ

ގްރީން ބިލްޑިންގ

ހަނދުވަރީ ހިނގުން، މާފަންނު،

މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3018419 ، ފެކްސް: 3018301

އީމެއިލް: [email protected]

ބީލަން ހުޅުވުން އޮންނާނީ 2016 ޖުލައި 21 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

13 ޖުލައި 2016
ހޯދާ