ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ވެށިފަހި މާލެ ޕުރޮގުރާމުގެ ދަށުން ވިއްކާފައިވާ 1000 ފުލެޓާގުޅޭ

ހުޅުމާލޭގައި ދިރިއުޅުމަށްޓަކައި 2013 ވަނަ އަހަރު ވިއްކާފައިވާ 1000 ފުލެޓުގެ އެއްބަސްވުމާ ޚިލާފަށް ފުލެޓުގެ އަގު އެއްކޮށް އަދާކޮށް ނިމުމުގެ ކުރިން ފުލެޓު އެހެން ފަރާތަކަށް ކުއްޔަށް ދޭކަން މި ކޯޕަރޭޝަނަށް ފާހަގަކުރެވިފައިވާތީ ދަންނަވަމެވެ.  

ހުޅުމާލެއިން ފުލެޓު ވިއްކުމުގެ އެއްބަސްވުމުގެ 12 ވަނަ މާއްދާގެ (ޅ) ގައި ގަންނަ ފަރާތުން ނުކުރުމަށް އެއްބަސްވެފައިވާ ކަންކަމުގެ ތެރޭގައި "ފުލެޓުގެ އަގު އަދާކޮށް ނިމުމުގެ ކުރިން ފުލެޓު އެހެން ފަރާތަކަށް ކުއްޔަށް ދިނުން ނުވަތަ ފުލެޓު އެހެން ފަރާތަކަށް ވިއްކުން ނުވަތަ މިފަދަ ކަމެއް ކުރުމަށްޓަކައި އެހެން ފަރާތަކާއެކު އެއެއްބަސްވުން" ބަޔާންކޮށްފައިވުމާއެކު، ފުލެޓު ވިއްކުމުގެ އެއްބަސްވުމުގެ 10 ވަނަ މާއްދާގެ (ނ) ގައި "ގަންނަ ފަރާތަށް ފުލެޓު ބޭނުންކުރުމުގެ ޙައްޤު ދެވުނު ކަމުގައި ވިޔަސް، މި އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ފުލެޓުގެ އަގު އެއްކޮށް އަދާކުރުމުގެ ކުރިން، އެއްވެސް ސިފައެއްގައި ފުލެޓުން މަންފާ ލިބިގަތުމުގެ ޙައްޤާއި ފުލެޓަށް ތަޞައްރުފު ކުރުމުގެ ޙައްޤު ގަންނަ ފަރާތަށް ލިބިގެން ނުވެއެވެ" މި ގޮތަށް ބަޔާންކޮށްފައިވާނެއެވެ.   

ވީމާ، ބަޔާންވެދިޔަ އުސޫލާ ޚިލާފަށް ފުލެޓު ކުއްޔަށް ދެމުން ގެންދާ ފަރާތްތަކާމެދު، އެއްބަސްވުމުގައި ވާގޮތުގެ މަތިން، މި ކޯޕަރޭޝަނުން ފިޔަވަޅު އަޅާނަމެވެ.    

އަދި މި ކޯޕަރޭޝަނުން އަޅާ ފިޔަވަޅެއްގެ ސަބަބުން ކުއްޔަށްދޭ ފަރާތަށް ނުވަތަ ކުއްޔަށް ހިފާ ފަރާތަށް ލިބޭ   ގެއްލުމެއްގައި މި ކޯޕަރޭޝަނުން ޒިންމާ ނުވާނެއެވެ.   

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

13 ޝައްވާލް 1434 ހ.

20 އޮގަސްޓް 2013
ހޯދާ