ވަޒީފާގެ ފުރުޞަތު
މަޤާމު: ސްކޫލް ހެލްތު އޮފިސަރ
މަޤާމުގެ ގިންތި: ދާއިމީ
ބޭނުންވާ ޢަދަދު: 1
ރޭންކް: އެމް. އެސް 1
ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1
ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: ދަރުމަވަންތަ ސްކޫލް، މާލެ
ޝަރުޠު: ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ތިރީގައިމިވާ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން
ޤާމުގެ ޝަރުޠު:
|
އަސާސީ މުސާރަ
|
ސަރވިސް އެލަވަންސް
|
ވަޒީފާގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެމަތީން ތިރީގައިމިވާ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން
1- ހެލްތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
2- ހެލްތާގުޅޭ ދާއިރާއިކުން ދިވަހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
3- ހެލްތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވަލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން
|
މަހަކު
5610/-
ރުފިޔާ
|
މަހަކު -/2500
ރުފިޔާ
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
- ސެޝަނުގެ ތެރޭގައި ކުދިންނަށް ދިމާވާ ޞިއްޙީ މައްސަލަތަކުގައި އަވަސް ފަރުވާ ދިނުމާއި، ކަނޑައެޅޭ އުސޫލެއްގެމަތިން ސްކޫލުގެ ހުރިހާ ކުދިންގެ އާންމު ޞިއްޙަތު ޗެކުކޮށް، އެކަމުގެ ރިކޯޑު ބެލެހެއްޓުން.
- ހެލްތު ރޫމުގައި ބޭނުން ކުރެވޭ ބޭސްފަދަ ތަކެތި މުއްދަތު ހަމަވޭތޯ ބަލައި ޗެކު ކުރުން.
- ގްރޭޑް 1 އަށް ވަންނަ ކުދިންގެ ހެލްތު ޗެކަޕް ހެދުން.
- ބަލިވެގެން ގެންނަ ކުދިނަށް ސްކޫލުން ދެވެނެތް ފަރުވާއެއް ދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންދިއުން.
- ސްކޫލުގައި ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެގޮތުން ހިންގޭ ޕްރޮގުރާމްތައް ރާވައިގެން ކުރިއަށްގެންދިޔުން.
- ފަސްޓް އެއިޑް ފޮށީގައި އަބަދުވެސް ތަކެތި ހަމައަށް ބެހެއްޓުން.
- ފާޚާނާތަކުގެ ސާފުތާހިރުކަން ބަލައި، ފާޚާނާގެ ނިޒާމު ހުރީ ރަނގަޅަށްތޯ ބަލައި ޗެކުކޮށް، ކަމާބެހޭ ފަރާތަށް މަޢުލޫމާތު ދިނުން.
- ސްކޫލުގެ ހެލްތު ސްކުރީން ޕްރޮގުރާމް ހިންގައި ރިޕޯޓު ތައްޔާރުކޮށް ފޮނުވުން.
- ސްކޫލުގެ ބޯފެން ޓެސްޓް ކުރުމާއި، ސާފުތާހިރު ބޯފެން ދަރިވަރުންނަށް ލިބެންހުރިތޯ ޗެކުކޮށް ކަށަވަރުކޮށް ސްކޫލުގެ އިސްވެރިންނަށް އެންގުން.
- މުދައްރިސުންނާއި، ބެލެނިވެރިންނާއި، ދަރިވަރުންގެ ޞިއްޙީ މައްސަލަތަކަށާއި ބޭނުންތަކަށް ހޭލުންތެރިކުރުވުމަށް ޕްރޮގްރާމްތައް ހިންގުން.
- ރަނގަޅު ކާނާއާބެހޭ މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދިނުން.
- މީގެ އިތުރުން، ސްކޫލުގެ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްކުރުން.
އިތުރުގަޑީގެ ފައިސާއާއި، އެހެނިހެން ޢިނާޔަތްތައް
އިތުރުގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
- ހަވާލުކުރެވޭ މަސައްކަތް ނިންމާގޮތާއި، ޕާރފޯމަންސަށް ބަލައިގެން.
އިންޓަވިއު ކުރުން:
ހ. މި މަޤާމަށް މީހަކު ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށް ފަހުގައެވެ. އެހެންކަމުން، އިޢުލާނުގެ މުއްދަތު ހަމަވާތާ 1 ހަފުތާގެ ތެރޭގައި އިންޓަވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަވިއު އޮންނާނީ ދަރުމަވަންތަ ސްކޫލުގައެވެ.
ށ. ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލެމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ.
ނ. އިންޓަވިއުކުރެވޭނީ، ޝޯޓްލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ.)
ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ދަރުމަވަންތަ ސްކޫލުގެ އޮފީހަށެވެ.
މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 ޖުލައި 21 ވާ ބުދަދުވަހުގެ 14:00 ގެ ކުރިން، ދަރުމަވަންތަ ސްކޫލަށް، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި އިޢުލާނުގައި ބަޔާންވެފައިވާ ލިޔުންތަކާއެކު ހުށަހެޅުން އެދެމެވެ.
|