ދިވެހިރާއްޖެ
އޮފީސްބައި ކުއްޔަށް ދިނުން
ފިލާބިލްޑިންގގެ 1 ގެ 3 ވަނަ ފަންގިފިލާ (އުތުރުބައި) - 435 އަކަފޫޓު އޮފީސްބައި ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)22-TF/1/2016/154) އިޢުލާނަށް އެންމެ ފަރާތަކުން ކުރިމަތިލައްވާފައިވާތީ، މި ތަން ކުއްޔަށް ދިނުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
ތިރީގައި މިވާ ތަން 5 (ފަހެއް) އަހަރަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއްޖެއެވެ.
ފިލާބިލްޑިންގގެ 1 ގެ 3 ވަނަ ފަންގިފިލާ (އުތުރުބައި) - 435 އަކަފޫޓު
މި ތަން ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން " ތަޢުލީމީ ފަންޑުގެ ޢިމާރާތް ކުއްޔަށް ހިފުމަށް އެދޭ ފޯމު" ފުރިހަމަ ކުރެއްވުމަށްފަހު، 2016 ޖުލައި 19 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ތަޢުލީމީ ފަންޑުގެ އިދާރާ (އެދުރުހިޔާ 9 ވަނަ ފަންގިފިލާ) އަށް ވަޑައިގެން ފޯމު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް ބޭނުންވާ ފޯމު އެދުރުހިޔާ 9 ވަނަ ފަންގިފިލާގައިވާ މިއިދާރާގެ ކައުންޓަރުން 2016 ޖުލައި 13 ވާ ބުދަ ދުވަހުގެ 09:00 އިން ފެށިގެން ލިބެން ހުންނާނެއެވެ.