ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީގެ ދަށުން ހިންގާ ހދ. ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި މިހާރު ހުރި 8 ކަޅުހަމުގައި ވާރޭފެން ރައްކާކޮށް ގްރީންހައުސްތަކުގައި ބޭނުންކުރެވޭނެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި ފައުޑޭޝަން އަދި މިކަމާ ގުޅުންހުރި އިތުރު މަސައްކަތަށް މަޢުލޫމާތާ އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މިނިސްޓްރީއަށް (ހދ. ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިއޮފީހަށް (ހދ. ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަށް) ވަޑައިގެންދެއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހެޅުމަށް |
މަޢުލޫމާތު ސާފުކުރެއްވުމަށް |
2016 ޖުލައި 25 ހޯމަ ދުވަހުގެ 12:00 އަށް |
2016 ޖުލައި 20 ވާ ބުދަ ދުވަހުގެ 12:00 އަށް |
މައުލޫމާތު ސާފުކުރެއްވުމުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339211/3339239 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.