ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
އޭ.ސީ ހަރުކުރުން

އިޢުލާން

އަންދާސީހިސާބު ހުށަހެޅުމުގެ ދައުވަތު

މި މަރުކަޒުން ކަނޑައަޅާ ތަނެއްގައި އޭސީ ބަހައްޓައި ދިނުމާއެކު، މި މަރުކަޒަށް ތިރީގައިމިވާ އަދަދަށް އެއަރކޮނޑިޝަން ހޯދަން ބޭނުންވެގެން ކުރި ނަންބަރު: GS37/2016/37 (26.05.2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އެކަމަށް އެދި ކުރިމަތިލާފައި ނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އެކަމަށް އިޢުލާނު ކުރަމެވެ.

02 އެއަރކޯން 18000 BTU ގެ

ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް އެދޭފަރާތްތަކުން ތިރީގައިވާ ތާރީޚަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީހިސާބުހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

މަޢުލޫމާތު ސާފުކުރުމާއި، އަންދާސީހިސާބު ހުށަހެޅުން.

އާ އޮފީސް ޢިމާރާތުގެ މީޓިންގ ރޫމުގައި

މައުލޫމާތު ސާފުކުރެއްވުން.

25 ޖުލައި 2016 ވާ ހޯމަ ދުވަހުގެ 10.30 ގައި

އަންދާސީހިސާބު ހުށަހެޅުމާއި، އަންދާސީހިސާބު ކެނޑުން.

01 އޮގަސްޓު 2016 ވާ ހޯމަ ދުވަހުގެ 11.30 ގައި

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބާއި، އަދި  ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

13 ޖުލައި 2016
ހޯދާ