މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: ޕްރޮޖެކްޓްސް  އޮފިސަރ  

މުސާރަ:  5610.00 ރުފިޔާ

ސާރވިސް އެލަވަންސް: 2000.00ރުފިޔާ

ރޭންކް: އެމް.އެސް1

ކްލެސިފިކޭޝަން:  ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 2

މަސައްކަތް ކުރަންޖެހޭ ތަން: ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން       

ޝަރުޠު:

1- ޕްރޮޖެކްޓް މެނޭޖްމަންޓް/ ކޮންސްޓްރަކްޝަން މެނޭޖްމަންޓް/ ސިވިލް އިންޖިނިއަރިންގ/ އާކިޓެކްޗަރ/ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ

2-ޕްރޮޖެކްޓް މެނޭޖްމަންޓް/ ކޮންސްޓްރަކްޝަން މެނޭޖްމަންޓް/ ސިވިލް އިންޖިނިއަރިންގ/ އާކިޓެކްޗަރ/ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ޙާސިލްކޮށްފައިވުން. ނުވަތަ

3-ޕްރޮޖެކްޓް މެނޭޖްމަންޓް/ ކޮންސްޓްރަކްޝަން މެނޭޖްމަންޓް/ ސިވިލް އިންޖިނިއަރިންގ/ އާކިޓެކްޗަރ/ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ކޮމްޕިއުޓިންގ/ އެޗް.އާރު ދާއިރާއިން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާސިލްކޮށްފައިވުން.

މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  1. މިނިސްޓްރީ ހިންގަމުން ގެންދާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ ދަށުން އަޅާ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްތައް ދުވަހުން ދުވަހަށް މޮނިޓަރކޮށް ޕްރޮޖެކްޓާއި ގުޅުންހުރި ހުރިހާ މަސައްކަތެއް ދުވަހުން ދުވަހަށް ކުރުން.
  1. ބަލަހައްޓަމުންގެންދާ މަޝްރޫޢުތައް ހިންގުމަށް ސައިޓް އިންސްޕެކްޝަން ހެދުމަށްފަހު ދަތުރު ރިޕޯޓާއި އިންސިޑެންޝަލް ރިޕޯޓް ތައްޔާރުކޮށް ބަޖެޓް ސެކްޝަން އަދި ވެރިންނާއި ޙިއްސާކުރުން.
  1. ދަތުރު ނިމުމަށްފަހު ދަތުރާއި ގުޅިގެން ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތައް ނިންމުން (ދަތުރާއި ގުޅިގެން ފޮނުވަންޖެހޭ ސިޓީތަކާއި އެހެނިހެން ލިޔެކިއުންތައް ފޮނުވުން)
  1. ބަލަހައްޓަމުންގެންދާ މަޝްރޫޢުތައް ސްޓޭޓަސް ރިޕޯޓް ކޮންމެ ހަފްތާއަކު ހަދައި ވެރިންނާއި ޙިއްސާކުރުން.
  1. މިނިސްޓްރީއިން ހިންގާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކާއި މިނިސްޓްރީއިން ތަރައްޤީކުރާ ކުޅިވަރު ބިންތަކާއި ޒުވާނުންގެ މަރުކަޒުތަކުގެ މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ މަޢުލޫމާތު ކަރުދާސް ތައްޔަރުކޮށް ބިޑިންގ މަރުޙަލާ (މަޢުލޫމާތު ކަރުދާސް ތައްޔާރުކޮށް، މަޢުލޫމާތު ދިނުން އޮންނަ ދުވަހު މަޢުލޫމާތު ދީ، ބިޑް ހުށަހަޅާ ދުވަހު ބިޑްތައް ބަލައިގަތުން) ކުރިއަށް ގެންދިއުން.
  1. މިނިސްޓްރީ ރޭވިފައިވާ އަދި ހިންގަމުން ގެންދާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކާއި މިނިސްޓްރީއިން ތަރައްޤީކުރާ ކުޅިވަރު ބިންތަކާއި ޒުވާނުންގެ މަރުކަޒުތަކުގެ މަޝްރޫޢުތަކުގެ އިންސްޕެކްޝަން ދަތުރުތައް ކުރުމަށް ދަތުރު ހަމަޖެއްސުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް (ދަތުރު ޚަރަދު ހޯދުން، އެޗް.އާރު ސެކްޝަނަށް މަޢުލޫމާތު ދިނުން، އެކަމަޑޭޝަން ހަމަޖެއްސުން، އަދި ދަތުރާއި ގުޅިގެން ފޮނުވަންޖެހޭ ސިޓީތައް ފޮނުވުން) ކުރުމަށް އެހީތެރިވެދިނުން.
  1. މިނިސްޓްރީ ހިންގަމުން ގެންދާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކާއި މިނިސްޓްރީއިން ތަރައްޤީކުރާ ކުޅިވަރު ބިންތަކާއި ޒުވާނުންގެ މަރުކަޒުތަކުގެ މަޝްރޫޢުތައް މޮނިޓަރ ކުރުމަށް އެހީތެރިވެދިނުން.
  1. މިނިސްޓްރީ ރޭވިފައިވާ އަދި ހިންގަމުން ގެންދާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކާއި މިނިސްޓްރީއިން ތަރައްޤީކުރާ ކުޅިވަރު ބިންތަކާއި ޒުވާނުންގެ މަރުކަޒުތަކުގެ މަޝްރޫޢުތަކުގެ އެހެނިހެން އިދާރީ މަސައްކަތްތައް ކުރުމަށް އެހީތެރިވެދިނުން.

ނޯޓް:- މި މަގާމަށް ޝަރުތު ހަމަވާ މީހެއް ހޮވުމުގައި މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަން ދެވޭނެއެވެ.  

-  މި މަޤާމުގެ އިންޓަވިއު އެއް މަސް ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަވިއު އޮންނާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގ ރޫމްގައެވެ.

-  މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.

-  ވަޒީފާގެ އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށްއެދި ހުށަހަޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަވަން ވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް.
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓް ކޮށްފައިވާކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް 
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސުންގަޑި: 2016 ޖުލައި 20 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން
  • އެޕްލިކޭޝަން ހުށަހަޅަންވީ ތަން: ވެލާނާގެ 3 ވަނަ ފަންގިފިލާ ގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ވެބް ސައިޓް އެޑްރެސް www.youth.gov.mv

  • އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347316 އަށް

07 ޝައްވާލް 1437

12 ޖުލައި 2016
ހޯދާ