މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޙިމާޔަތްކޮށްފައިވާ ދޫނީގެ ބާވަތްތައް ކަނޑައެޅުން

ދިވެހިރާއްޖޭގެ މާޙައުލުން ފެންނަކަމަށް ފާހަގަކުރެވިފައިވާ ދޫނީގެ ބާވަތްތަކުގެތެރެއިން ގިނަ ބާވަތްތަކަކީ، އެ ތަކެތީގެ އާބާދީ މަދުވެ، އެ ތަކެތީގެ ނަސްލު ނެތިދިއުމުގެ ބިރު ހީވެފައިވާ ތަކެއްޗެވެ. ވީމާ، އެފަދަ ބާވަތްތަކުގެ ދޫނިތައް ޙިމާޔަތްކޮށް، އެތަކެތީގެ ނަސްލުތައް ދެމެހެއްޓުމަށް މަސައްކަތްކުރުމުގެ ގޮތުން، މިއަދުން ފެށިގެން ތިރީގައިވާ ދޫނިތަކާއި އެދޫނިތަކުގެ ބާވަތްތަކަކީ ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން ޙިމާޔަތްކޮށްފައިވާ ތަކެތި ކަމުގައި ކަނޑައަޅައި ޢާންމުކޮށް އަންގައި ޢިއުލާނު ކުރަމެވެ.

ޢާއިލާ

ސައިންޓިފިކް ނަން

އާއްމު ނަން

ދިވެހިނަން

#

Laridae

Larusleucophthalmus

White-eyed Gull

ލޯހުދު ގޮހޮރުކޭ

1

Scolopacidae

Numenius arquata

Eurasian Curlew

ބޮޑު ބުޅިތުނބި

2

Charadriidae

Vanellus gregarius

Sociable Lapwing

 އަނދުން އިލޮޅި

3

Accipitridae

Circus macrourus

Pallid Harrier

 ހުދު އެހަނޑަ

4

Laridae

Larus brunnicephalus

Brown-Headed Gull

 އަޅި ގޮހޮރުކޭ

5

Laridae

Larus heuglini

Heuglin's Gull

 ކުޑަގޮހޮރުކޭ

6

Laridae

Larus cachinnans

Yellow-leged Gull/Caspian Gull

 ބޮޑު ގޮހޮރުކޭ

7

Procellariidae

Calonectris leucomelas

Streaked Shearwater

 ހޯގުޅާ

8

Ardeidae

Ardea cinerea

Grey Heron

 އަޅި މާކަނާ

9

Ardeidae

Egretta garzetta

Little Egret

 ކުޑަ ލަގަނަ

10

Ardeidae

Botaurus stellaris

Great Bittern

 ރަން ރާބޮނދި

11

Ardeidae

Ixobrychus cinnamomeus

Cinnamon Bittern

 ކުޑަ ރާބޮނދި

12

Anatidae

Dendrocygna bicolor

Fulvous Whistling Duck

 ރަންމަން ރޭރު

13

Anatidae

Aythya fuligula

Tufted Duck

 އޮޑި ރޭރު

14

Anatidae

Anas crecca

Common Teal

 ކުރެހި ރޭރު

15

Anatidae

Anas acuta

Northern Pintail

 އިލިފަތި ރޭރު

16

Hirundinidae

Hirundo rustica

Barn Swallow

 ގަސްމަތީ ފޮރިކެ

17

Hirundinidae

Riparia riparia

Sand Martin

 ފޮރިކެ

18

Apodidae

Apus pallidus

Pallid Swift

 ކުޑަ ފޮރިކެ

19

Apodidae

Apus apus

Common Swift

 ބޮޑު ފޮރިކެ

20

Apodidae

Apus affinis

House Swift

 ކަފި ފޮރިކެ

21

Motacillidae

Motacilla cinerea

Grey Wegtail

 އަޅި ފެންފޯއް ދޫނި

22

Accipitridae

Buteo buteo

Common Buzzard

 ކުޑަ ބާޒު

23

Accipitridae

Pernis ptilorhyncus

Oriental Honey-Buzzard

 ބޮޑު ބާޒު

24

Accipitridae

Elanus caeruleus

Black-winged Kite

 ފިޔަކަޅު ބާޒު

25

Falconidae

Falco amurensis

Amur Falcon

 ދޮން ސުރުމަތި

26

Falconidae

Falco naumanni

Lesser Kestrel

 ރަތް ސުރުމަތި

27

Falconidae

Falco subbuteo

Eurasian Hobby

 ކުޑަ ސުރުމަތި

28

Falconidae

Falco tinnunculus

Common Kestrel

 ސުރުމަތި

29

Pandionidae

Pandion haliaetus

Osprey

 ކުޑަ އެހަނޑަ

30

Accipitridae

Circus aeruginosus

Marsh Harrier

 އެހަނޑަ

31

Accipitridae

Circus pygargus

Montagu's Harrier

ވަލު އެހަނޑަ

32

Meropidae

Merops apiaster

Bee-eater

ޅޮސްފަނި ދޫނި

33

ވީމާ، މަތީގައި ބަޔާންކޮށްފައިވާ ދޫނީގެ ބާވަތްތައް ހިފުމާއި، ގެންގުޅުމާއި، އޭގެ ވިޔަފާރި ކުރުމާއި އެތަކެތީގެ ބިސް ނެގުމާއި އަދި އެތަކެއްޗަށް ނުވަތަ އެތަކެތީގެ ހާއްޔަތް އެއްވެސް ގޯނާއެއް ކުރުމަކީ މަނާކަމެއްކަމުގައި އަންގައި އިޢުލާނު ކުރަމެވެ. މިއާ ޚިލާފުވާ ފަރާތްތަކާމެދު، ޤާނޫނު ނަންބަރު 93/4 ގެ ދަށުން ހަދާފައިވާ، ތިމާވެށްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ޤާނޫނީ ފިޔަވަޅު އެޅޭނެއެވެ.

       13 ޝައްވާލް 1434ހ.

20 އޮގަސްޓް 2013
ހޯދާ