ދިވެހިރާއްޖެ
އިޢުލާން ވަޒީފާގެ ފުރުޞަތު: |
||
އެސިސްޓެންޓް ލީގަލް އޮފިސަރ |
މަޤާމް: |
|
LS 2 |
މަޤާމުގެ ރޭންކް: |
|
2 (ދޭއް) |
ބޭނުންވާ އަދަދު: |
|
ސުޕްރީމް ކޯޓް |
މަސައްކަތްކުރަންޖެހޭ ތަން: |
|
މަހަކު -/9412 ރުފިޔާ |
އަސާސީ މުސާރަ: |
|
މުސާރައިގެ އިތުރުން، ސަރވިސް އެލަވަންސްގެގޮތުގައި މަހަކު -/3000 ރުފިޔާ (ތިންހާސް ރުފިޔާ) އާއި، ޖުޑީޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ %65 އާއި، ލިވިންގ އެލަވަންސްގެގޮތުގައި މަހަކު -/3000 ރުފިޔާ (ތިންހާސް ރުފިޔާ) އާއި، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، އެހެނިހެން އެލަވަންސްތައް. |
މި މަޤާމަށް ލިބޭ އެލަވަންސް: |
|
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. |
އަސާސީ ޝަރުޠު: |
|
1- ކޯޓުން ނެރޭ ސަރކިއުލަރއާއި، އާންމު ސިޓީފަދަ ލިޔުންތައް ޑްރާފްޓްކޮށް، ކަމާބެހޭ ފަރާތްތަކަށް އެ މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ފޮނުވުން. 2- ކޯޓުން ޓްރާންސްލޭޓްކުރަންޖެހޭ ލިޔުންތައް ޓްރާންސްލޭޓްކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. 3- ދުވަހުން ދުވަހަށް ބޭއްވުމަށް ހަމަޖެހިފައިވާ މައްސަލަ ފަނޑިޔާރަށް ޚުލާޞާކޮށްދިނުން. 4- ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުހިންމު ޝަރުޢީ ނިންމުންތައް ދިރާސާކޮށްގެން ހޯދާފައި ފަނޑިޔާރަށް ބްރީފްކޮށްދިނުން. 5- މައްސަލައާ ގުޅިގެން ފަނޑިޔާރު ހޯއްދަވަން އެދިވަޑައިގަންނަވާ ޤާނޫނުތަކާއި ޤާނޫތަކުގެ މަސްދަރުތައް ހޯދައި، ބްރީފެއް ތައްޔާރުކޮށްދިނުން. 6- ފަނޑިޔާރު އެދިވަޑައިގަންނަވާ އެކިއެކި ކަންތަކާބެހޭ ދިރާސާތައްކޮށް ބްރީފެއް ތައްޔާރުކޮށްދިނުން. 7- މައްސަލައިގެ ޙުކުމްކޮށްނިމުމުން، އެ މައްސަލައާ ގުޅޭ ހުރިހާ ލިޔުންތަކާއެކު ކޯޓް ސަރވިސަސް ޑިވިޜަނާ ހަވާލުކުރުން. 8- ފަނޑިޔާރާއި ހަވާލުކުރެވިފައިވާ މައްސަލަތަކުގެ ތެރެއިން ޝެޑިއުލް ނުކުރެވި ލަސްވާ މައްސަލަތައް ލަސްވާ ސަބަބުތައް ބަލައި އެކަމާބެހޭ މަޢުލޫމާތު ފަނޑިޔާރަށް އެރުވުން. 9- ފަނޑިޔާރާއި ހަވާލުކުރެވިފައިވާ މައްސަލަތަކުގެ ތެރެއިން ތާވަލުކުރުމަށް ފަނޑިޔާރު ވިދާޅުވާ މައްސަލަތައް ތާވަލްކުރުމަށް ކޯޓް ސަރވިސަސް ޑިވިޜަނަށް އެންގުން. 10- ގެޒެޓް ކުރެވެމުންދާ ޤާނޫނުތަކާއި ގަވާއިދުތައް ހޯދައި ފަނޑިޔާރަށް އެރުވުން. 11- ކޮންމެ މަހެއް ނިމުމުން، އެމަހަކު ނިމުނު މައްސަލަތަކާއި، ނުނިމިހުރި މައްސަލަތަކުގެ ރިޕޯޓް ހޯދައި ފަނޑިޔާރަށް އެރުވުން. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: |
|
1- ކުރިމަތިލާ ފަރާތުގެ ވަނަވަރު. 2- އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީގެ އަސްލު. 3- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީގެ އަސްލު. 4- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީގެ އަސްލު (އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ) |
ހުށަހަޅަންޖެހޭ ތަކެތި: |
|
މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، މި ކޯޓުގެ ވަޒީފާއަށްއެދޭ ފޯމު ފުރިހަމަކުރުމަށްފަހު، 2016 ޖުލައި 20 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން، މި ކޯޓަށް ފޮނުވުން އެދެމެވެ. |
ސުންގަޑި: |
|
1- މި މަޤާމަށް ހުށަހެޅޭ ލިޔުންތަކާއި އިންޓަވިއުއަށް ބަލައި، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެކަމަށް ފެންނަ ފަރާތެއްކަމަށް ފާހަގަކުރެވޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. 2- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. 3- އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތައް ޗެކްކޮށް، އަސްލާ އެއްގޮތްކަން ކަށަވަރުކުރެވޭނެއެވެ. 4- މި ކޯޓުގެ ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި ކޯޓުގެ ވެބްސައިޓުގެ އެޑްރެހަކީ، www.supremecourt.gov.mv އެވެ. އަދި ބޭނުންވާ ފަރާތްތަކަށް މި ކޯޓުގެ ކައުންޓަރުންވެސް މި ފޯމު ލިބެން ހުންނާނެއެވެ. |
އިތުރު މަޢުލޫމާތު: |
|
4 ޝައްވާލް 1437 |