ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސާވަރ ސިސްޓަމެއް ގަތުމަށް ބޭނުންވެއްޖެ

ސާވަރ ސިސްޓަމެއް ގަތުން

  1. ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އަށް ސާވަރ ސިސްޓަމެއް ގަތުމަށް ބޭނުންވެއެވެ. ސާވަރ ސިސްޓަމްގެ މަޢުލޫމާތު މިކޯޕަރޭޝަނުން ވިއްކާ ބިޑް ޑޮކިއުމަންޓުން ލިބިވަޑައިގަންނަވާނެއެވެ.
  2. މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2016 ޖުލައި 17 އިން 2016 ޖުލައި 21 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 14:00 އާ ދެމެދު 32.00 ޔޫ.އެސް ޑޮލަރު ނުވަތަ -/500 (ފަސްސަތޭކަ) ރުފިޔާއަށް ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު، 2016 ޖުލައި 31 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮގަސްޓު 07 ވާ އާދީއްތަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
  3. މި މަސައްކަތަށް ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި، ހުށަހަޅާ އަގުގެ % 5 ، ބިޑު ކާމިޔާބު ކުރައްވާ ފަރާތުން އަދާކުރަންޖެހޭނެއެވެ. ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންވާނީ ބޭންކް ގެރެންޓީ ލެޓަރ، ބޭންކް ޑްރާފްޓް ނުވަތަ ބޭންކް ގެރެންޓީ ދީފައިވާ ޗެކެކެވެ. މި މަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތުގެ ގޮތުގައި މަދުވެގެން 30 (ތިރީސް) ދުވަސް ދެވެންވާނެއެވެ.

ވީމާ، ދެންނެވިފައިވާ ތަކެތި މި ކޯޕަރޭޝަނަށް ފޯރުކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2016 އޮގަސްޓު 07 ވާ އާދީއްތަ ދުވަހުގެ 10:00  އަށް ބީލަން ހުށަހެޅުއްވުން ޢެދެމެވެ.

ބިޑާގުޅޭ މުހިންމު ދުވަސްތަކާއި ގަޑިތައް :-

 

ދުވަސް

ވަގުތު

ފައިސާ ބަލައިގަތުމާއި ޑޮކިޔުމަންޓް ދޫކުރުން

2016 ޖުލައި 17 އިން 2016 ޖުލައި 21 އަށް

09:00 އިން 14:00 އަށް

މަޢުލޫމާތު ދިނުން

2016 ޖުލައި 31 (އާދީއްތަ)

10:00 ގައި

އަގު ހުށަހެޅުން

2016 އޮގަސްޓު 07 (އާދީއްތަ)

10:00 ގައި

ބިޑްސިޓީއުރަތައް ކެނޑުން

2016 އޮގަސްޓު 07 (އާދީއްތަ)

10:00 ގައި

ނޯޓް:

  • ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.01 ގެ (ކ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް ދިމާވާނަމަ، އެމާއްދާގައި ބުނާފަދަ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ވެމްކޯއަށް ލިބިގެންވެއެވެ. އަދި ކޮންމެ ވަގުތެއްގައިވެސް މި އިޢުލާން ބާޠިލުކުރުމުގެ އިޚުތިޔާރު ވެމްކޯއަށް ލިބިގެންވެއެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް

މއ. ޖަންބުގަސްދޮށުގެ، ތިންވަނަ ފަންގިފިލާ

މަޖީދީމަގު

ޕޯސްޓަލްކޯޑް: 20161

މާލެ، ދިވެހިރާއްޖެ

ފޯން ނަންބަރު:  3000581   

ފެކްސް ނަންބަރު: 3000584 

ވެބް ސައިޓް:  www.wamco.com.mv

އީމެއިލް: [email protected]  ނުވަތަ

     [email protected] 

6 ޝައްވާލް 1437
11 ޖުލައި 2016
ހޯދާ