ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ބޭނުމަށް ދ. ކުޑަހުވަދޫން އޮފީސް އިމާރާތެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ
މި މިނިސްޓްރީގެ ނަންބަރު (IUL)101-EP/1/2016/57 (9 މޭ 2016) ގެ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ދ.ކުޑަހުވަދޫގައި ޖާގައިގެގޮތުން 800 އަކަފޫޓަށްވުރެ ކުޑަނޫން އޮފީސް އިމާރާތެއް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ. މިތަނަކީ ޢިމާރާތެއްގެ ތިރީބުރި ކަމަށްވިޔަސް އަދި ވަކިން ހުރި ޢިމާރާތަކަށްވިޔަސް ނުވަތަ އެއްބުރިއަށްވުރެ ގިނަބުރި ހުރި ޢިމާރާތަކަށް ވިޔަސް ގްރައުންޑް ފްލޯރއިން 800 ފޫޓަށްވުރެ ކުޑަނޫން ޖާގައެއް ލިބޭކަމަށްވާނަމަ ޤަބޫލުކުރެވޭނެއެވެ.
އަގު ހުށަހެޅޭނެ ފަރާތްތައް
- 800 ފޫޓަށްވުރެ ކުޑަނޫން، ވަކިން ހުރި ޢިމާރާތަކަށްވުން. ނުވަތަ
- އެހެން ޢިމާރާތަކާ ގުޅިފައިހުރި ޢިމާރާތަކަށް ވީނަމަވެސް ޢިމާރާތުގެ އެންމެ ތިރީ ބައިން ބިމުގެ ޖާގައިގެ ގޮތުން 800 އަކަފޫޓަށްވުރެ ކުޑަނޫން ތަނަކަށްވުން. ނުވަތަ
- އެއްބުރިއަށްވުރެ ގިނަބުރިއަށް ޢިމާރާތްކޮށްފައިވާ ޢިމާރާތަކަށްވެފައި އެންމެ ތިރީބައިން ޖާގައެއް ލިބެން ނެތްނަމަ، އެ ޢިމާރާތަކީ ލިފްޓްހުރި ޢިމާރާތެއްނަމަ، އެ ޢިމާރާތުން 800 އަކަފޫޓަށްވުރެ ކުޑަނޫން ޖާގައެއް ކޮންމެވެސް އެއް ބުރިއަކުން ލިބުން.
ޢިމާރާތާބެހޭ މަޢުލޫމާތު
- ޢިމާރާތަކީ އާންމުނަށް ފަސޭހައިން ވަދެނިކުމެވޭގޮތަށްހުރި އަދި ރަށުގެ މައި ސަރަހައްދެއްގައި (ރެޒިޑެންޝަލް އޭރިއާއެއް) ހުރި ޢިމާރާތަކަށް ވުން
- ޢިމާރާތުގެ އެތެރޭގައި އޮފީސްބައިގެ އިތުރުން، ކައުންޓަރއޭރިއާއަކާއި ފާޚާނާ އަދި ގިނަވެގެން 4 ނުވަތަ 5 މީހުންގެ ބައްދަލުވުމެއް ބޭއްވޭނެ ކޮޓަރިއެއް ހުރުން.
- ޢިމާރާތުގެ ބޮޑުމިން ގާތްގަނޑަކަށް 800 އަކަފޫޓު. (މަދުވެގެން 6 މުވައްޒަފުން މަސައްކަތްކުރުމަށް މޭޒު، ފައިލިންގ ކެބިނެޓް، ސްޓޯރޭޖް ފެސިލިޓީއެއް ޤާއިމުކުރެވޭވަރުގެ ޖާގަ)
- ޢިމާރާތް މަދުވެގެން 5 އަހަރުގެ މުއްދަތަށް ކުއްޔަށް ދެވެންވާނެއެވެ.
- އޮފީސް އިމާރާތުގައި ދިދަ ނަގާނެ ދަނޑިއެއް ހުންނަންވާނެއެވެ.
ތިރީގައިވާ ކަންތައްތަކަކީ މިނިސްޓްރީން އިވެލުއޭޝަންގައި ބަލާނެ ކަންތައްތަކެވެ.
- ޢިމާރާތަށް މަރާމާތެއް ގެންނަން ޖެހިއްޖެ ހާލަތެއްގައި މިކަމުގެ ޒިންމާ އިމާރާތުގެ ވެރިފަރާތުން ނެގުން
- މިހާރުގެ އޮފީސް އިމާރާތުގައިހުރި މިސެންޓަރުގެ ފަރުނީޗަރު އައު އިމާރާތަށް ބަދަލުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސައިދިނުން
ހުށަހަޅަންޖެހޭ ތަކެތި
- މަތީގައި ބަޔާންކޮށްފައިވާ 3 ގޮތުގެ ތެރެއިން، ބިޑް ހުށަހަޅާ ފަރާތުން ހުށަހަޅާގޮތް
- ޢިމާރާތުގެ ކުލި (މަހަކަށް).
- ކުއްޔަށްދޭން ގަސްދުކުރާ މުއްދަތު (އަހަރުން)
- ކުއްޔަށްދޭން ގަސްދުކުރާ ޖާގައިގެ ކުރެހުން (ދޮރުތަކާއި ކުޑަދޮރުތަކާއި ވެންޓިލޭޝަން އެނގޭނޭގޮތަށް)
- ކުއްޔަށްދޭން ގަސްދުކުރަނީ ޢިމާރާތުގެ ވެރިފަރާތުން ކަމުގައިވާނަމަ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ކުއްޔަށްދޭން ގަސްދުކުރަނީ ޢިމާރާތުގެ ވެރިފަރާތުން ނޫން ފަރާތަކުންނަމަ ކުއްޔަށް ދިނުމުގެ ބާރު އެފަރާތަށް ލިބިދޭ ލިޔުމާއި އެފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ކުއްޔަށް ދިނުމަށް ގަސްތުކުރާ އިމާރާތް ހުރި ގޭގެ ރަޖިސްޓަރީ
- ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ އިމާރާތުގެ ކުރެހުން
އަގު ހުށަހެޅުން
- އަގު ހުށަހެޅުމަށްޓަކައި މަޢުލޫމާތުޝީޓާ އެކުގައިވާ "ބިޑް ހުށަހަޅާ ފޯމު" ބޭނުންކުރައްވާށެވެ. ބިޑް ހުށަހަޅުއްވާއިރު މި ފޯމުގައި ހިމެނޭ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރަންޖެހޭނެއެވެ. މި ފޯމު މިނިސްޓްރީގެ ވެބްސައިޓް އަދި ދ.ކުޑަހުވަދޫ ބިޒްނަސް ސެންޓަރުން ލިބެން ހުންނާނެއެވެ.
- ހުށަހަޅާ އަގަށް ބިޑް ހުށަހަޅާ ދުވަހުން ފެށިގެން 03 މަސްދުވަހުގެ ތެރޭގައި އެއްވެސް ބަދަލެއް ގެނެސްގެން ނުވާނެއެވެ.
ޑެލިވަރީ
- މަސައްކަތް ހަވާލުކުރާތާ ގިނަވެގެން 60 ދުވަހުގެ ތެރޭގައި (ބަންދު ދުވަސް ހިމަނައިގެން) ނިންމަންވާނެއެވެ.
- ޑެލިވަރީ މުއްދަތު އޮންނަންވާނީ ބަންދު ދުވަސް ހިމަނައިގެން ދުވަހުންނެވެ.
- މާކްސް ދިނުމުގައި ކަނޑައެޅިފައިވާ ކްރައިޓީރިޔާ
މާކްސް ދެވޭ ކްރައިޓީރިޔާ |
މާކްސް ދެވޭ % |
ތަފުސީލު |
ފޯމިއުލާ |
އަގު |
50 |
|
(Benchmark price / Submitted price) X Allocate percentage |
ތަނުގެ ބޮޑިމިން |
10 |
|
(Benchmark size / Submitted size) X Allocate percentage |
ޑެލިވަރީ ޕީރިއަޑް |
10 |
|
(Benchmark Delivery / Submitted Delivery) X Allocate percentage |
މަރާމާތަށް ވެރިފަރާތުން ޒިންމާ ނެގުން |
20 |
|
|
ފަރުނީޗަރު އައު އޮފީހަށް ބަދަލުކުރުން |
10 |
|
އަންދާސީހިސާބު ހުށަހެޅުން
1. އަންދާސީހިސާބު ހުށަހަޅާނީ "ބިޑް ހުށަހަޅާ ފޯމު" ންނެވެ. މި ފޯމު ހިމަނާފައިނުވާ ބިޑް ޕްރޮޕޯޒަލް މި މިނިސްޓްރީން ބަލައެއްނުގަނެވޭނެއެވެ.
2. އަންދާސީހިސާބު ހުށަހަޅަންވާނީ ތިރީގައިވާ އޮފީހަށެވެ. އަދި ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރަ އޮންނަންވާނީ ތިރީގައިވާ ގޮތަށް އެޑްރެސްކޮށް ބޭރުގައި އިޢުލާނު ނަންބަރު ޖަހާފައެވެ.
ދ.ކުޑަހުވަދޫ ބިޒްނަސް ސެންޓަރ،
މަލްޓިޕާރޕަސް ބިލްޑިންގ 1 ފްލޯރ،
ދ.ކުޑަހުވަދު، ދިވެހިރާއްޖެ.
ފޯން ނަންބަރު: 6760538، 6760533
ކުއްޔަށް ހިފާނެ ތަނެއް ނިންމުމުގައި ބަލާނީ ހުށަހަޅާފައިވާ ޢިމާރާތްތަކަށް ބެލުމަށްފަހު މިމިނިސްޓްރީން ބޭނުންވާ ކަންތައްތައް ފުރިހަމަވުމާއެކު އެންމެ ކުޑަ އަގެއް ހުށަހަޅާފައިވާ ފަރާތެކެވެ.
މިކަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ 6760533 ނުވަތަ 6760538 އާ ގުޅުއްވުން އެދެމެވެ. ނުވަތަ ދ.ކުޑަހުވަދޫ ބިޒްނަސް ސެންޓަރަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 ޖުލައި 2016 ވަނަ ދުވަހުގެ 11:00 އަށް ދ.ކުޑަހުވަދޫ ބިޒްނަސް ސެންޓަރަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
05 ޝައްވާލް 1437