ދިވެހިރާއްޖެ
ޕްރޮޖެކްޓް ނަންބަރު: TES/2016/G-007
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ހދ. އަތޮޅުގައި ރިނިއުއަބަލް އެނަރޖީ ހައިބްރިޑް ޕަވަރ ޕްލާންޓްތަކެއް ޑިޒައިންކޮށް، ސަޕްލައިކޮށް އަދި އިންސްޓޯލްކޮށްދީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
- ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކްގެ ލޯނު އެހީގައި ހިންގަމުންދާ ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނެބަލް އެނަރޖީ ޑިވެލޮޕްމަންޓް (ޕޮއިސްޑް) ޕްރޮޖެކްޓްގެ ދަށުން ހދ. އަތޮޅުގައި ރިނިއުއަބަލް އެނަރޖީ ހައިބްރިޑް ޕަވަރ ޕްލާންޓްތަކެއް ޑިޒައިންކޮށް، ސަޕްލައިކޮށް އަދި އިންސްޓޯލްކޮށްދީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
- މި މަސައްކަތުގެ މަޤުޞަދަކީ ހދ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށެއްގެ ޑިސަލް ޕަވަރ ޕްލާންޓްތައް އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ހައިބްރިޑް ސިސްޓަމްތަކަކަށް ބަދަލު ކުރުމެވެ. އަދި މިރަށްތަކުގައި ބޭނުންކުރެވޭ ޑިސަލް ޕަވަރ ޕްލާންޓްތައް އޮޓޮމޭޓްކުރުމާއި ޕަވަރ ޑިސްޓްރިބިއުޝަން ގްރިޑްތަކުގެ ފެންވަރު ރަނގަޅުކުރުމަކީވެސް މި މަސައްކަތުގެ މަޤުޞަދެކެވެ. މި 13 ރަށުގައި ޤާއިމުކުރުމަށް ހުށަހެޅިފައިވާ ހައިބްރިޑް ސިސްޓަމްތަކުގެ ޖުމްލަ ކެޕޭސިޓީއަކީ:
- ޕީ.ވީ ޕަވަރ ޕްލާންތައް: 2270kWp
- ބެޓެރީ ލިދިއަމް-އަޔޮން ސިސްޓަން: 149kW/kWh (1C)
- އައު ޑީސެލް ޖެނެރޭޓަރތައް: 2470kW (PRP@25oC)
3. މި މަސައްކަތްކުރުމަށް ކަނޑައެޅިފައިވާ މުއްދަތަކީ ޑިސެންބަރު 2016 އިން ސެޕްޓެންބަރު 2017 އަށެވެ.
4. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓް ކުރެވޭ ކްރައިޓީރިއާ ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
5. ބީލަމުގައި ބައިވެރިވުމަށް 100.00 (ސަތޭކަ) ޔޫ.އެސް.ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 11 ޖުލައި 2016 އިން 04 ސެޕްޓެންބަރު 2016 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:00 އަށް މި މިނިސްޓްރީންނެވެ. ބީލަންފޮތް ސޮފްޓްކޮޕީ ފޯމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕަބލިކް ޕްރޮކިއުމަންޓް ސެކްޝަން ސެކްޝަން،
ޕަބްލިކް ޕްރޮކިޔުމަންޓް ޑިވިޝަން،
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،
އަމީނީމަގު، މާލެ، ދިވެހިރާއްޖެ،
ފޯން: 3349266 3349106
ފެކްސް: 3320706 3324432
އީމެއިލް: [email protected]
ކޮޕީ: [email protected]
7. ބީލަންފޮތުގައި ބަޔާންކުރެވިފައިވާ ޝަރުޠުތައް ހަމަވާގޮތަށް މި ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 240,000.00 (ދެލައްކަ ސާޅީސް ހާސް) ޔޫ.އެސް.ޑޮލަރު ހުށަހަޅުއްވަންވާނެއެވެ.
8. ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2016 އޮގަސްޓު 1 ވާ ހޯމަ ދުވަހުގެ 13:00ގައި، މި މިނިސްޓްރީގެ ޕަބްލިކް ޕްރޮކިޔުމަންޓް ޑިވިޝަންގެ ޖަލްސާކުރާ މާލަމުގައެވެ.
9. މި ޕްރޮޖެކްޓާ ގުޅޭގޮތުން އުފެދޭ ސުވާލުތައް ލިޔުމަކުން ތިރީގައި ދެންނެވިފައިވާ އީމެއިލް އެޑްރެހަށް 2016 އޮގަސްޓު 15 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން ފޮނުއްވުން އެދެމެވެ.
10. ބީލަން ހުޅުވުން އޮންނާނީ 2016 ސެޕްޓެންބަރު 05 ވާ ހޯމަ ދުވަހުގެ 13:00 ގައި މި މިނިސްޓްރީގެ ޕަބްލިކް ޕްރޮކިޔުމަންޓް ޑިވިޝަންގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތަކަށް ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 180 ދުވަސް އޮންނަންވާނެއެވެ.
