ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި މަދަރުސާއަށް، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.
މަޤާމް: ރިލީފް ޓީޗަރ
ބޭނުންވާ އަދަދު: 1 (އެކެއް)
ފެންވަރު ނުވަތަ ޝަރުޠު: އެސް.އެސް.އީ އިމްތިޙާނުގެ ދެ މާއްދާއިން ސީ ގްރޭޑް ނުވަތަ އެއަށްވުރެ މަތިން ފާސްވެފައިވުމާއެކު، އޯލެވެލް އިމްތިޙާނުގެ ދެ މާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: ގްރޭޑް 7 އާއި، ގްރޭޑް 8 އާއި، ގްރޭޑް 9 ގެ ދަރިވަރުންނަށް ދިވެހި ކިޔަވައިދިނުން.
މުސާރައާއި، ސަރވިސް އެލަވަންސް:
* ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވާނަމަ، މުސާރަ މަހަކު -/4،500 ރުފިޔާ، ސަރވިސް އެލަވަންސް މަހަކު -/1،500 ރުފިޔާ
* މަތީ ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވާނަމަ، މުސާރަ މަހަކު -/5،500 ރުފިޔާ، ސަރވިސް އެލަވަންސް މަހަކު -/1،500 ރުފިޔާ
* ކިޔަވައިދިނުމުގެ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ، މުސާރަ މަހަކު -/6،090 ރުފިޔާ، ސަރވިސް އެލަވަންސް މަހަކު -/2،500 ރުފިޔާ
އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހޭ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ސުންގަޑި: މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 ޖުލައި 17 ވާ އާދީއްތަ ދުވަހުގެ 12.00 ގެ ކުރިން، ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، މި މަދަރުސާއަށް ހުށަހެޅުން އެދެމެވެ. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ސަރުކާރު ބަންދުނޫން ދުވަސްދުވަހުގެ ރަސްމީގަޑީގައި މި މަދަރުސާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.
އިންޓަވިއު: މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ކުރެވޭ އިންޓަވިއު، މި އިޢުލާނުގެ މުއްދަތު ހަމަވާތާ 3 ދުވަހުގެ ތެެރޭގައި އޮންނާނެއެވެ.
29 ރަމަޟާން 1437