ދިވެހިރާއްޖެ
އިޢުލާން
މިއިދާރާގެ ނަންބަރު: 374-C/2016/47 (13 ޖޫން 2016) އިޢުލާނުގައިވާ މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިކަން ފާޅުކޮށް މަޢުލޫމާތު ސާފުކުރިނަމަވެސް އަންދާސީހިސާބު ހުށަހެޅުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނު ކުރަމެވެ.
ސަރުކާރުގެ ސްޕޯޓްސް އެރީނާ މެނިފެސްޓޯ ތަންފީޒުކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ހިންގާ ސްޕޯޓްސް އެރީނާގެ މަޝްރޫޢުގެ ދަށުން ނިލަންދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ފުޓްސަލްދަނޑުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ފުޓްސެލްދަނޑުގެ މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
01- ލައިޓިންގ ސިސްޓަމް
02- ކާނު ހެދުން
03- ބެންޗް ހެދުން
04- ލެވެލިންގގެ މަސައްކަތް
ވީމާ، މިކަމަށް އެދި ޝައުޤުވެރިވެލައްވާ ބޭފުޅުން 18 ޖުލައި 2016 ވާ ހޯމަ ދުވަހުގެ 11:00 އަށް މިކައުންސިލަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 21 ޖުލައި 2016 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިކައުންސިލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށްފަހު ހުށަހެޅޭ އަންދާސީހިސާބާއި، މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަންނާނޭ ކަމުގައި ދަންނަވަމެވެ. އެހެންމީހެއްގެ ހަވާލުގައި އަންދާސީހިސާބު ހުށަހަޅާނަމަ ގަޑިޖެހުމުގެ 1 ގަޑިއިރުކުރިން އެކަން ބަޔާންކޮށް މިއިދާރާއަށް އެފަރާތުގެ ލިޔުމެއް ސޮޔާއެކު ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅާނީ މިއިދާރާއިން ދޫކުރާ އަންދާސީހިސާބު ހުށަހަޅާ ފޯމުގައި ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ފ. ނިލަންދޫ ކުޅިވަރު އެރީނާގެ ފުޓްސަލްދަނޑުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ކޮށްދިނުން އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.
މިމަސައްކަތަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް ބަޔާންކުރެވިފައި މިވަނީއެވެ.
01- ހުށަހަޅާ އަގު %60
02- މުއްދަތަށް %20
03- މާލީތަނަވަސްކަން % 10
04- ތަޖުރިބާ % 10
29 ރަމަޟާން 1437