ދިވެހިރާއްޖެ
އިޢުލާން
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
ސްކޫލް މަދަރުސާތަކުގެ ސެކިއުރިޓީ އައުޓްސޯސްކުރުމަށް ހަމަޖައްސާފައިވާ އުސޫލާ އެއްގޮތަށް އިޢުލާންކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންގެ ނަންބަރު (MSG) 22-SA/22/2015/204 19 ނޮވެންބަރު 2015 މެސެޖުން އެންގުމާ ގުޅިގެން 1 އޮގަސްޓު 2016 ން 31 ޑިސެންބަރު 2016 ގެ ނިޔަލަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިތަކުގައި ސ. އަތޮޅު މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ތަފުސީލު |
މަޢުލޫމާތުދިނުން |
އަންދާސީހިސާބު ހުށަހެޅުއްވުން |
ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން |
2016 ޖުލައި 18 ވަނަ ދުވަހުގެ 10:15 ގައި |
2016 ޖުލައި 21 ވަނަ ދުވަހުގެ 11:00 ގައި |
- މަޢުލޫމާތު ސާފުކުރައްވުމަށް ހާޒިރުވެވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ތަމްސީލުކުރެއްވޭނީ އެންމެ ފަރާތެކެވެ.
- މަޢުލޫމާތު ސާފުކުރައްވަން ފޮނުވާ، އެކި ފަރާތްތައް ތަމްސީލުކުރައްވާ ފަރާތްތަކުން އެކަން އެނގޭނެ ރަސްމީ ލިޔުމެއް ގެންނަންވާނެއެވެ.
- ހާޒިވެވަޑައިގަންނަވާ ފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ.
- މަޢުލޫމާތު ސާފުކުރައްވަން ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ބިޑް ޤަބޫލެއްނުކުރެވޭނެއެވެ.
- އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6895679 ނަންބަރު ފޯނަށެވެ.
28 ރަމަޟާން 1437