މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން

އިޢުލާން

ސެކިޔުރިޓީ ބެލެހެއްޓުމާބެހޭ

އަތޮޅުކައުންސިލް އިދާރާގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ސެކިޔުރިޓީ ބެލެހެއްޓުމަށް ޑިއުޓީ ކުރަންޖެހޭނީ ކޮންމެ ދުވަހެއްގެ ހަވީރު 6:00 ން ހެނދުނު 6:00 އަށެވެ. ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތުގައި ބޭނުންކުރެވޭނީ ޢުމުރުން 18 އަހަރުފުރި 55 އަހަރު ނުފެރޭ މީހުންނެވެ. މިމަސައްކަތުގެ މުއްދަތަކީ 2 އަހަރުދުވަހެވެ.

ޕްރޮޕޯޒަލްގައި ހިމަނަންޖެހޭ ކަންތައްތައް:

                  ކުރިމަތިލާ ފަރާތުގެ ޕްރޮފައިލް

                  މަސައްކަތް ކުރުމަށް ޚިޔާލު ކުރާގޮތް

                  މަސައްކަތުގެ އަގު

                  މަސައްކަތުގެ ތަޖުރިބާ (ތަޖުރިބާ ބެލޭނީ އެކަމެއް ކޮށްދިން ފަރާތުން ދޫކޮށްފައިވާ ލިޔުން ހުށަހެޅުމުން)

ޚިދުމަތް ދޭނެ ފަރާތެއް ހޮވުމުގައި ބެލޭނެ މިންގަނޑުތައް:

                  އަގު ( އެންމެ ކުޑަކޮށް ހުށަހަޅާ އަގަށް )  %65

                  ޕްރޮފައިލަށް   % 10                  

                  މަސައްކަތުގެ ތަޖުރިބާ   % 10            

                  މުވައްޒަފުން ގެންގުޅޭނެ އަދަދާއި، މުވައްޒަފުންނަށް ދޭ މުސާރައާއި، ޢިނާޔަތްތައް ދިނުމަށް ހުށަހަޅާގޮތް % 15

ސެކިޔުރިޓީގެ ޚިދުމަތް ދިނުމަށް ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށް އިސްކަންދެވޭނެ

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޖުލައި 17 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖުލައި 20 ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު ދެވެން ނެތްވާހަކަ ދެންނެވީމެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ ސިޓީއާއެކު ފޮނުއްވުމުން ނޫނީ، ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އެސިޓީގައި އެމީހާގެ ފުރިހަމަ މަޢުލޫމާތާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު އެނގެން އޮންނަންވާނެއެވެ.

30 ރަމަޟާން 1437

05 ޖުލައި 2016
ހޯދާ