ޑްރަގް ކޯޓު
ދިވެހިރާއްޖެ
ބައެއް ތަކެތި ގަންނަން ބޭނުންވެއްޖެ

އިޢުލާން

ޑްރަގް ކޯޓަށް މިދަންނަވާ ތަކެތި ގަންނަން ބޭނުންވެއެވެ.

މި ކޯޓުގެ ނަންބަރު: (IUL)435-A1/1/2016/09 (5 ޖޫން 2016) ކުރެވުނު އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބައެއް ބިޑުތައް ދެވިފައިވާ މަޢުލޫމާތާ އެއްގޮތްނުވުމުގެ ސަބަބުން ބިޑުތައް ބާޠިލުކުރަންޖެހިފައިވާތީ އަލުން އިޢުލާންކުރަމެވެ.

ތިރީގައި މިދަންނަވާ ތަކެތި މި ކޯޓަށް ގަންނަން ބޭނުންވެއެވެ. ވީމާ، މި ތަކެތި ވިއްކުމަށް އެދޭ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޖުލައި 20 ވާ ބުދަ ދުވަހުގެ 10:30 އަށް މި ކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

Quantity

Name

Specification

5

 Monitor

24” LCD TFT

 

 

Tilt Angle: -5°to35°

 

 

Swivel Angle: 60°

 

 

Maximum Adjustable Height: 150 mm

 

 

Maximum Resolution : 1920 x 1080

 

 

Aspect Ratio :16:9

 

Recommended Brand’s

Dell, Acer, Samsung, HP

 

Warranty (Service and Parts)

Minimum 1 Year Parts, Minimum 1 year service

6

Ram

Desktop RAM (DDR3 4GB 1333Mhz)

1

Laptop Ram

Laptop RAM (DDR3 4GB 1333Mhz)

1

CAT-5e Network cable roll

100 Meter

3

Phone

 

  • މަތީގައި ބަޔާންކުރެވިފައިވާ ހުރިހާ އައިޓަމެއް ނުހިމެނޭ ބިޑުތައް ބަލައެއް ނުގަނެވޭނެއެވެ. އަދި ސްޕެސިފިކޭޝަނާ އެއްގޮތްނޫން ތަކެތި ހުށަހަޅައިފިނަމަ ބިޑް ބާޠިލުކުރެވޭނެއެވެ.

މާކްސް ދޭނެ ގޮތް:

- އަގަށް : %70 (އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)

- ޑެލިވަރީ މުއްދަތު : (އެންމެ ކުރު މުއްދަތު ހުށަހަޅާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް)

- ތަޖުރިބާ : (2011 ވަނަ އަހަރުގެ މޭ މަހުން ފެށިގެން 2016 ވަނަ އަހަރުގެ މޭ މަހުގެ ނިޔަލަށް ދައުލަތުގެ މުއައްސަސާތަކަށް މިފަދަ ތަކެތި އެންމެ ގިނައިން ސަޕްލައިކޮށްދީފައިވާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)

އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:

- އަންދާސީހިސާބު ހުށަހަޅޭނީ ލިސްޓު ކުރެވިފައިވާ ހުރިހާ އައިޓަމްތަކަށް އެއް އަންދާސީހިސާބެވެ.

- ޖީ.އެސް.ޓީ. އަށްވާ އަދަދު ވަކިން އެނގޭނެހެން ޖުމުލަ އަގު ހުށަހެޅުން

- އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ބޭފުޅުންގެ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.    

- އަންދާސީހިސާބު ހުށަހަޅަން ހާޒިރުވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ އަންދާސީ ހިސާބެކެވެ. 

- ދަޢުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.01 ގެ (ކ) ގައި ބަޔާން ކޮށްފައިވާ ޙާލަތެއް ދިމާވާނަމަ، އެމާއްދާގައި ބުނާފަދަ ލިޔުމެއް ބީލަމާއެކު ހުށަހަޅަން ވާނެއެވެ. 

ހުށަހަޅަންޖެހޭ ތަކެތި

- ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް އަދި ސެޓުފިކެޓު އޮފް ރެޖިސްޓްރޭޝަންގެ ކޮޕީ ހުށަހެޅުން. 

- އަމިއްލަ ފަރާތެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.    

- ޖީ.އެސް.ޓީ. އަށް ރަޖިސްޓްރީ ކޮށްފައިވާ ސެޓުފިކެޓް އޮފް ރެޖިސްޓްރޭޝަންގެ ކޮޕީ.

- ހުށަހެޅިފައިވާ އަންދާސީހިސާބު ބާޠިލްވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.

- އިތުރު ސަޕޯޓިންގ ލިޔުމެއް ވާނަމަ ހުށަހެޅުން.

- ތަޖުރިބާއަށް މާކްސް ދިނުމުގައި ބެލެވޭނީ މިފަދަ މަސައްކަތްތައް އެހެން އޮފީސްތަކުގައި ކޮށްފައިވާ ގޮތާއި ގުޅޭގޮތުން އެ އޮފީސްތަކުން ދީފައިވާ ރެކޮމެންޑޭޝަން ލެޓާރ ފަދަ ލިޔުންތަކަށެވެ.

- ކުންފުންޏެއް ނަމަ އެ ކުންފުނީގެ އެންމެ ފަހުގެ އޮޑިޓް ފައިނޭންޝަލް ރިޕޯޓު ހުށަހަޅަންވާނެއެވެ.

އަންދާސީހިސާބު ހުށަހެޅުން

އަންދާސީހިސާބު 2016 ޖުލައި 20 ވަނަ ދުވަހުގެ 10:30 އަށް މި ކޯޓަށް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި "އައި.ޓީ ތަކެތި ވިއްކުމަށް އެދި"  މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި  ތިރީގައިވާގޮތަށް  އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

ޑްރަގް ކޯޓް

ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް ހިއުމަން ރިސޯސަސް ޔުނިޓް

މާލެ، ދިވެހިރާއްޖެ

އަންދާސީހިސާބު ހުޅުވުން

އަންދާސީހިސާބު ހުޅުވާނީ 2016 ޖުލައި 20 ވަނަ ދުވަހުގެ 11:30 ގައި ޑްރަގް ކޯޓުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ މީޓިންގ ރޫމްގައި، ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތުން ކަނޑައެޅިފައިވާ ފަރާތްތުގެ ހާޒިރުގައެވެ.

މިކަމާ  ބެހޭގޮތުން  އިތުރު  މަޢުލޫމާތު ހޯއްދެވުމަށް [email protected] އަށް  މެއިލް  ކުރެއްވުން  އެދެމެވެ. ނުވަތަ 3018556 އަށް ގުޅުއްވުން އެދެމެވެ.

5 ޝައްވާލް 1437

10 ޖުލައި 2016
ހޯދާ