ދިވެހިރާއްޖެ
ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ފަޅުވެރިންގެ ސެޓުފިކެޓު ކޯސް
2015 ޑިސެންބަރު 28 ވަނަ ދުވަހު ގެޒެޓުކޮށް ޢަމަލުކުރަން ފަށާފައިވާ ނަންބަރު 2015/R-229 "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު" ގެ 24 ވަނަ މާއްދާގެ "ހ" ގެ 4 ވަނަ ނަންބަރު އަދި 5 ނަންބަރުގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ހުރިހާ ލޯކަލް އުޅަނދުފަހަރެއްގައި މަސައްކަތްކުރާ ފަޅުވެރިންގެ އަތުގައި އޮންނަންޖެހޭ ފަޅުވެރިންގެ ސެޓުފިކެޓު ކޯހުގެ މަޢުލޫމާތު މި އަދުން ފެށިގެން މި އޮތޯރިޓީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
އަދި މި ކޯސް ހިންގުމަށް އެދޭ މި އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިވާ މެރިޓައިމް އިސްޓިޓިއުޝަންތަކުން މި ކޯސް އެޕްރޫވްކުރައްވައިގެން ކަނޑުގައި ދުއްވާ ލޯކަލް އުޅަނދުފަހަރުގައި މަސައްކަތްކުރާ ފަޅުވެރިން ތަމްރީނުކުރުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް ދެންނެވީމެވެ.
5 ޝައްވާލް 1437