މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
ސްކޮލަރޝިޕްގެ ފުރުޞަތު

ސްޓާފް ޑިވަލޮޕްމަންޓް ޕްރޮގްރާމް

ޔުނިވަރސިޓީ / އިންސްޓިޓިއުޓް

ޤައުމު

ކޯސް ފެށޭނެ ކަމަށް ލަފާކުރާ ތާރީޚު

ކޯހުގެ މުއްދަތު

ކޯހުގެ ފެންވަރު

ކޯހުގެ އަދަދު

ކޯހުގެ ނަން

WMO Regional Training Center, IMD, Pune, India Australian Bureau of Meteorology Training Centre (BMTCO or Qatar Aeronautical College, Doha

University of Nairobi

އިންޑިޔާ / ޤަޠަރު / އޮސްޓްރޭލިޔާ / ކެންޔާ

2016

1 އަހަރު

އެޑްވާންސްޑް ޑިޕްލޮމާ

02

އެޑްވާންސްޑް މީޓިއޮރޮލޮޖިކަލް ޓްރެއިނިން ކޯސް

(ބޭސިކް އިންސްޓްރަކްޝަން ޕެކޭޖް ފޮރ މީޓިއޮރޮލޮޖިސްޓް) 

  • އެދޭ ކޯހާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން. (ގުޅޭ ދާއިރާތައް: މެތެމެޓިކްސް، ފިޒިކްސް، އެންވަޔަރަންމަންޓަލް ސައިންސް، އެޓްމޮސްފެރިކް ސައިންސް، ކުލައިމެޓޮލޮޖީ)

 (ކޯހަށް އެދި ހުށަހަޅާ ޑިގްރީ ސެޓުފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓް ކޮށްފައިވާ ސެޓުފިކެޓަކަށް ވާންޖެހޭނެއެވެ.)

ކޯހުގެ ޝަރުޠު

  • މިކޯހަށް ކެންޑިޑޭޓުން ނޮމިނޭޓްކުރެވޭނީ "ސްޓާފް ޑިވަލޮޕްމަންޓް" ގެ އުސޫލާ އެއްގޮތްވާގޮތުގެ މަތީންނެވެ.
  • މި ކޯހާބެހޭ އިތުރު މަޢުލޫމާތާއި އެޕްލިކޭޝަން ފޯމު މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ވެބްސައިޓް www.meteorology.gov.mv/uploads/Application-MMS.pdf އިން ލިބެން ހުންނާނެއެވެ.
  • ކޯހަށް ހުށަހަޅާ ޑިޕްލޮމާއިން ފެށިގެން މަތީ ސެޓުފިކެޓުތަކަކީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓަކަށް ވާންވާނެއެވެ. އަދި ބެޗްލަރސް ޑިގްރީ ސެޓުފިކެޓު ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާނަމަ، އެކެންޑިޑޭޓެއް ފުރިހަމަކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ފުރިހަމަކޮށްފައިވާ އަދި އެ އޮތޯރިޓީން ޤަބޫލުކުރާ ފެންވަރެއްގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި އެ ސެޓުފިކެޓުތަކާއެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.
  • މި ސްކީމުގެ ދަށުން ކޮންމެ ކެންޑިޑޭޓަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) އެޕްލިކޭޝަން ފޯމެވެ. އެއްކޯހަށްވުރެ ގިނަ ކޯހަށް އެޕްލިކޭޝަން ހުށަހަޅުއްވާފައިވާނަމަ، އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
  • އެކެންޑިޑޭޓަކު ބެޗްލަރސް ޑިގްރީ ހާސިލުކުރި ޔުނިވަރސިޓީއެއްގެ ގުރޭޑިންގ އާންމުކޮށް ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ބަލާ ގްރޭޑިންގ ސްކީމާ ތަފާތުނަމަ، ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅަންވާނެއެވެ. ގްރޭޑިން ކްރައިޓީރިއާ ހުށަހަޅާފައިނުވާނަމަ، ޓްރާސްކްރިޕްޓަށް ޕޮއިންޓު ދިނުމުގައި ބެލެވޭނީ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ބަލަމުންގެންދާ އުސޫލުގެމަތިންނެވެ. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ޕޮއިންޓު ދޭގޮތުގެ ތަފުސީލު ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ވެބްސައިޓުން (http://www.dhe.gov.mv) ލިބެން ހުންނާނެއެވެ.
  • މިކޯހަށް ހޮވޭ ފަރާތުން ކޯސް ފުރިހަމަކުރުމަށްފަހު، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައި ޚިދުމަތްކުރުމަށް ބޮންޑުކުރެވޭނެއެވެ. އަދި ކޯސް ނިންމާ ސެޓުފިކެޓު ހާސިލުކުރުމުން ވަޒީފާ އަދާކުރަންޖެހޭނީ ހުޅުލޭގައި ހުންނަ ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރުގައެވެ.
  • ޑިޕްލޮމާއިން ފެށިގެން މަތީގެ ކޯސްތައް ފުރިހަމަކޮށްފައިވަނީ އެހެން ކޯހަކުން ކްރެޑިޓް ލިބިގެން ކަމުގައި ވަނީނަމަ، އެޕްލިކޭޝަން ހުށަހަޅާއިރު، ކުރިން ހަދާފައިވާ ކޯސްތަކުގެ ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަނާޅާ ފަރާތްތަކުގެ ޓްރާންސްކްރިޕްޓަށް ޕޮއިންޓުދެވެން ނޯންނާނެތީ އެ ފަރާތްތަކުގެ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
  • ހުށަހަޅަންޖެހޭ ތަކެތި ހަމަޔަށް ހުށަހަޅުއްވާފައިނުވާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެއެވެ.
  • ކޯސް ފުރިހަމަކޮށް ސެޓުފިކެޓު ހާސިލުކުރުމަށްފަހު، އެކްރެޑިޓްކޮށް ހުށަހެޅުމުން މީޓިއޮރޮލޮޖިސްޓެއްގެ ވަޒީފާ  ހަމަޖައްސައިދެވޭނެއެވެ. މީޓިއޮރޮލޮޖިސްޓެއްގެ ވަޒީފާގައި މުސާރައާއި އިނާޔަތުގެ ގޮތުގައި ގާތްގަނޑަކަށް މަހަކު -/26،000 ރުފިޔާ ދެވޭނެއެވެ. ކޯހުގައި ހުންނަ ދުވަސްވަރު ހަމަޖެހިފައިވާ އުސޫލުން އެލަވަންސް ދެވޭނެއެވެ.

އިތުރު މަޢުލޫމާތު

  • ކޯހަށް އެދި ފުރިހަމަކޮށްފައިވާ ފޯމާއި އެފޯމުގައި ބަޔާންކޮށްފައިވާ ތަކެތި
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ސަރުކާރު އޮފީހަކުން ނުވަތަ ލޯފާމަކުން ނުވަތަ އެމީހަކު ވަޒީފާ އަދާކުރާ އޮފީހަކުން ނުވަތަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ތައްގަނޑުޖެހި އަސްލު. (އެޓެސްޓުކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ އޮފީހެއްގެ ތައްގަނޑާއި އަދި ސޮއިކުރެވޭ ބޭފުޅެއްގެ ނަން، މަޤާމު، ސޮއި އަދި ތާރީޚު އޮންނަންވާނެއެވެ).
  • އެޓެސްޓެޑް އޮރިޖިނަލް ސެޓުފިކެޓުތަކުން ނަގާފައިވާ ކޮޕީ، އަދި އެޓެސްޓެޑްކޮށްފައިވާ ސްކޭންކޮޕީ ޤަބޫލެއް ނުކުރެވޭނެއެވެ. އަދި އެޓެސްޓޭޝަން ފުރިހަމަނޫންނަމަ، އެޕްލިކޭޝަން ބާޠިލުކުރުމުގެ އިޚުތިޔާރު ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނަށް ލިބިގެންވެއެވެ.
  • ކޯހަށް އެދި ހުށަހަޅާ ޑިޕްލޮމާއިން މަތީ ސެޓުފިކެޓުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓަކަށް ވާންޖެހޭނެއެވެ. އަދި ޑިގްރީ ސެޓުފިކެޓު ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާނަމަ، އެ ކެންޑިޑޭޓެއް ފުރިހަމަކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ފުރިހަމަކޮށްފައިވާ އަދި އެ އޮތޯރިޓީން ޤަބޫލުކުރާ ފެންވަރެއްގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅުއްވަންވާނެއެވެ. އަދި އެ ސެޓުފިކެޓާއެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.
  • ކޯހަށް އެދޭ ފަރާތުގެ ވަނަވަރު (ވަނަވަރުގައި ކެންޑިޑޭޓުގެ ސޮޔާއި ތާރީޚު އޮންނަންވާނެއެވެ.)
  • ސަރުކާރުގެ ނުވަތަ އަމިއްލަ ފަރާތުގެ ޚިދުމަތްކުރުމުގެ ބޮންޑެއް އޮތްމީހަކުނަމަ، އެތަނުން އެމީހަކު ދޫކުރާނެކަމުގެ ލިޔުން.
  • ކޯސް ފުރިހަމަށްފަހު މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައި ޚިދުމަތްކުރުމާމެދު އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް.
  • ޚިދުމަތް ކޮށްފައިވާ މުއްދަތު އަންގައިދޭ ލިޔުމެއް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

 

ހުށަހަޅަންޖެހޭ ތަކެތި

މި ކޯސްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ސީވީ އަދި ޚިދުމަތްކޮށްފައިވާ މުއްދަތު އަންގައިދޭ ލިޔުން 2016 ޖުލައި 31 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހުޅުލޭގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ޕްލޭނިންގ ސެކްޝަނަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅުއްވާ ސެޓުފިކެޓުތަކަކީ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ވެލިޑޭޓް ކޮށްފައިވާ ސެޓުފިކެޓުތަކަށް ވާންޖެހޭނެއެވެ.

ސުންގަޑި:

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީގަޑީގައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ޕްލޭނިންގ ޔުނިޓުގެ ނަންބަރު 3332612 ފޯނާ ގުޅުއްވުން އެދެމެވެ.

03 ޖުލައި 2016
ހޯދާ