ދިވެހިރާއްޖެ
އިޢުލާން
ބިދޭސީން ބައިތިއްބާ ގެ ޢިމާރާތްކޮށްދިނުމުގެ ފުރުޞަތު 2 ވަނަ ފަހަރަށް ހުޅުވާލުން
މި ކައުންސިލްގެ ބޭނުމަށް ގެންގުޅޭ ބިދޭސީން ބައިތިއްބާ ގޭގައި ނިދާބަޔަކާއި، ކައްކާބަޔަކާއި، ފެންޑާއަކާއި، ފާޚާނާއަކާއި، ފެންވަރާބައި ހިމެނޭގޮތަށް 46 ފޫޓު ދިގުމިނުގައި 17 ފޫޓު ފުޅާމިނުގައި ''ކޮންޓްރެކްޓަރުގެ އަމިއްލަ ޚަރަދުގައި'' ޢިމާރާތްކޮށްދިނުމުގެ ޝައުޤުވެރިކަންހުރި ފަރާތެއް ހޯދުމަށް މި އިދާރާއިން ކުރި ނަންބަރު: (IUL)334/334/2016/37 (13 ޖޫން 2016) އިޢުލާނާ ގުޅިގެން ކުރިމަތިލީ ފަރާތްތަކުން ހުށަހަޅާފައިވާ ބިޑުތަކުގައި ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ފުރިހަމަކޮށްފައި ނެތުމުގެ އިތުރުން ހުށަހަޅާފައިވާ އަގުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުވުމުން އެބިޑްތައް ބާޠިލުކޮށްފީމެވެ.
އަދި ދެންނެވުނު ޢިމާރާތް "ކޮންޓްރެކްޓަރުގެ އަމިއްލަ ޚަރަދުގައި'' ޢިމާރާތްކޮށްދިނުމުގެ ޝައުޤުވެރިކަންހުރި ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަތު 2 ވަނަ ފަހަރަށް ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމުގެ ޝައުޤުވެރިކަން ހުރި ފަރާތްތަކުން 2016 ޖުލައި 14 ވަނަ ދުވަހުގެ 13:30 އަށް މި ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
މިކަމަށް އެދި ހުށަހަޅާ ބިޑު ފޯމު 2016 ޖުލައި 12 ވަނަ ދުވަހުގެ ހެނދުނު 8:30 ން ފެށިގެން 2016 ޖުލައި 18 ވަނަ ދުވަހުގެ 13:30 ގެ ނިޔަލަށް މި ކައުންސިލުން ގަންނަން ލިބެން ހުންނާނެއެވެ. ބިޑްފޯމެއްގެ އަގަކީ -/100 (އެއްސަތޭކަ) ރުފިޔާއެވެ.
ބިޑް ހުށަހަޅާނެ ދުވަހެއް ކަނޑައަޅާނީ ޕްރީބިޑް މީޓިންގގައެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި 7777644، 7993018 މޮބައިލް ފޯނާ ގުޅުއްވުން އެދެމެވެ.
30 ރަމަޟާން 1437