ފީވަކު ސްކޫލް
ދިވެހިރާއްޖެ
ކްލާސްރޫމް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ކްލާސްރޫމް ޢިމާރާތްކުރުމާބެހޭ

މި ސްކޫލުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށްޓަކައި 02 ކްލާސްރޫމް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މި ސްކޫލުގެ ނަންބަރު: GS-108/MIS/2016/08 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާފައިވަނީ 01 ފަރާތުން ކަމުގައިވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްކޮށްދެން ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖުލައި 14 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 2016 ޖުލައި 21 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުވުން އެދެމެވެ.

މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނެތް ވާހަކަ ދަންނަވަމެވެ.

މިހެންވެ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

06 ޝައްވާލް 1437

11 ޖުލައި 2016
ހޯދާ