ދިވެހިރާއްޖެ
އިޢުލާން
ފައިބަރު މަސައްކަތްތައް ކުރުމަށް ކުލީ ބިން ދޫކުރުން
މިރަށުގައި ފައިބަރު މަސައްކަތްތައް ކުރުމަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ތިރީގައިވާ ބިންތަކަށް އެދުމުގެ ފުރުޞަތު ހުޅުވައިލަމެވެ. މިކަމަށް އެދިލައްވާ ފަރާތްތަކުން 2016 އޮގަސްޓު 17 ވަނަ ދުވަހުގެ 13:00 އަށް ބިޑު ހުށަހެޅުއްވުން އެދެމެވެ. ބިޑު ހުށަހެޅުމަށް އެދޭ ފޯމު މި ކައުންސިލްގެ އިދާރާގެ ކައުންޓަރުން ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ. ފޯމެއްގެ އަގަކީ -/100ރ (އެއްސަތޭކަ) ރުފިޔާއެވެ. ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ 2016 ޖުލައި 14 ން ފެށިގެން 2016 ޖުލައި 31 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީގަޑީގައި މި އިދާރާގެ ކައުންޓަރުންނެވެ. ބިން ކުއްޔަށް ދޫކުރުމާބެހޭ މަޢުލޫމާތުކަރުދާސް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ކޮންމެ ބިމަކަށް ވަކި ފޯމެއް ބައްލަވައިގަންނަވަން ޖެހިވަޑައިގަންނަވާނެއެވެ. ކުލީ ބިމުގެގޮތުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ މި އިޢުލާނާއެކު އާންމުކުރާ ޗާޓުގައި ފާހަގަކުރެވިފައިވާ ތިރީގައި މި ދަންނަވާ ބިންބިމެވެ.
- 40.8 7500 އަކަފޫޓު (150x50)
- 40.9 7500 އަކަފޫޓު (150x50)
- 40.10 7500 އަކަފޫޓު (150x50)
ބިޑު ހުށަހަޅުއްވަނީ ކުންފުނި/ ކޯޕަރޭޓިވް/ ލޯކަލް އިންވެސްޓްމެންޓުގެ ފަރާތުންނަމަ، ބިޑު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު އެނގޭނޭ، ކުންފުނި/ ކޯޕަރޭޓިވް/ ލޯކަލް އިންވެސްޓްމެންޓުގެ ލިޔުމެއް އަދި ކުންފުނި/ ކޯޕަރޭޓިވް/ ލޯކަލް އިންވެސްޓްމެންޓްގެ ރަޖިސްޓަރީގެ ކޮޕީއާއި ބީޕީޓީ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަމިއްލަފަރުދަކު، ބަދަލުގައި މީހަކު ފޮނުވައިގެން ހުށަހަޅާނަމަ، ބިޑު ހުށަހަޅާ ފަރާތުގެ ސިޓީއެއް ބިޑް ފޯމު ހިފައިގެން ވަޑައިގަންނަވާއިރު ގެންނަންވާނެއެވެ. އަދި ބަދަލުގައި ހުށަހަޅާނަމަ، ކޮންމެފަރާތަކަށް ހުށަހެޅޭނީ އެންމެ ބިޑްފޯމެކެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
30 ރަމަޟާން 1437