ދިވެހިރާއްޖެ
އިޢުލާން
ޕެޓްރޯލް އަދި ޑީސަލް ވިއްކުމަށް ކުލީ ބިން ދޫކުރުން:
މިރަށުގައި ޕެޓްރޯލް އަދި ޑީސަލް ވިއްކުމަށްޓަކައި ކުއްޔަށް ބިން ދޫކުރުމަށް ކުރެވުނު މި އިދާރާގެ ނަންބަރު:(IUL)417-CA/417/2016/23 (22 މާރިޗު 2016) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބިޑްތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީ، އެ އިޢުލާން ބާޠިލުކުރުމަށްފަހު، އަލުން ބިންތަކަށް އެދުމުގެ ފުރުޞަތު ހުޅުވައިލަމެވެ.
މިކަމަށް އެދިލައްވާ ފަރާތްތަކުން 2016 އޮގަސްޓު 16 ވަނަ ދުވަހުގެ 10:00 އަށް ބިޑު ހުށަހެޅުއްވުން އެދެމެވެ. ބިޑު ހުށަހެޅުމަށް އެދޭ ފޯމު މި ކައުންސިލްގެ އިދާރާގެ ކައުންޓަރުން ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ. ފޯމެއްގެ އަގަކީ -/100ރ (އެއްސަތޭކަ) ރުފިޔާއެވެ. ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ 2016 ޖުލައި 14 ން ފެށިގެން 2016 އޮގަސްޓު 04 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި މި އިދާރާގެ ކައުންޓަރުންނެވެ. ބިން ކުއްޔަށް ހިފުމާބެހޭ މަޢުލޫމާތުކަރުދާސް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ކޮންމެ ބިމަކަށް ވަކި ފޯމެއް ބައްލަވައިގަންނަވަން ޖެހިވަޑައިގަންނަވާނެއެވެ. ދޫކުރުމަށް ހަމަޖެހިފައިވަނީ މި އިޢުލާނާއެކު އާންމުކުރާ ޗާޓުގައި ފާހަގަކުރެވިފައިވާ ތިރީގައި މި ދަންނަވާ ބިންބިމެވެ.
- ބިމުގެ ނަންބަރު 47.1 ، 2000 އަކަފޫޓު
- ބިމުގެ ނަންބަރު 47.2 ، 2000 އަކަފޫޓު
ބިޑު ހުށަހަޅުއްވަނީ ކުންފުނި/ ކޯޕަރޭޓިވް/ ލޯކަލް އިންވެސްޓްމެންޓަކުންނަމަ، ބިޑު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު އެނގޭނޭ، ކުންފުނި/ ކޯޕަރޭޓިވް/ ލޯކަލް އިންވެސްޓްމެންޓްގެ ލިޔުމެއް އަދި ކުންފުނި/ ކޯޕަރޭޓިވް/ ލޯކަލް އިންވެސްޓްމެންޓުގެ ރަޖިސްޓަރީގެ ކޮޕީއާއި، ބީޕީޓީ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަމިއްލަފަރުދަކު، ބަދަލުގައި މީހަކު ފޮނުވައިގެން ހުށަހަޅާނަމަ، ބިޑު ހުށަހަޅާ ފަރާތުގެ ސިޓީއެއް ބިޑްފޯމު ހިފައިގެން ވަޑައިގަންނަވާއިރު ގެންނަންވާނެއެވެ. އަދި ބަދަލުގައި ހުށަހަޅާނަމަ، ކޮންމެފަރާތަކަށް ހުށަހެޅޭނީ އެންމެ ބިޑްފޯމެކެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
30 ރަމަޟާން 1437