މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ. ތުލުސްދޫން މަލްޓިލިންކްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކުރި ބިމާބެހޭ

އިޢުލާން

ކ. ތުލުސްދޫން މަލްޓިލިންކްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކުރި ބިމާބެހޭ:

މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމެންޓްގެ އެއްބަސްވުމުގެ ދަށުން 10 އަހަރުދުވަހުގެ މުއްދަތަށް މަލްޓިލިންކްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް، ކ. ތުލުސްދޫން ކުއްޔަށް ދޫކޮށްފައިވާ 19075.07 އަކަފޫޓު ބިމުގެ އެއްބަސްވުމުގެ މުއްދަތު 10 ޖުލައި 2008 އަށް ހަމަވުމާ ގުޅިގެން، ސަރުކާރުގެ ބޭނުމަށް އެ ބިން ހުސްކޮށް ތުލުސްދޫ އޮފީހާ ހަވާލުކުރުމަށް އެފަރާތަށް އެންގުމުން މިއަދާ ހަމައަށްވެސް (އެބިމުގައި ހަދާފައިވާ ޢިމާރާތްތަކުގައި ހުރި އެ ކުންފުނީގެ މެޝިންތަކާއި އެހެނިހެން ތަކެތި އެތަނުން ނެރެ ޢިމާރާތް ހުސްކޮށް) ތުލުސްދޫ އޮފީހާ ބިން ޙަވާލުނުކޮށް ހުރުމާއި، އަދި ތަންވެސް ބަލަހައްޓަމުން ގެންގޮސްފައިނުވާތީ، ގިނަ ދުވަސްވުމުގެ ސަބަބުން ޢިމާރާތްތައް ވީރާނާވެގެން ގޮސްފައިވުމާއެކު އެތަނުގައި ހަލާކުވެ ދަބަރަށްވެފައިހުރި މެޝިންތައް 15 ޖުލައި 2016 އިން ފެށިގެން، 30 ދުވަހުގެ ތެރޭގައި އެތަނުން ނެރެ ބިން ހުސްކޮށް، ތުލުސްދޫ ކައުންސިލްގެ އިދާރާއާ ހަވާލުކުރުމަށް މަލްޓިލިންކްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގަމެވެ.

އަދި މި މުއްދަތުގެ ތެރޭގައި ބިން ހުސްކޮށް މި އިދާރާއާ ބިން ހަވާލުނުކޮށްފިނަމަ، އެތަނުގައި މަލްޓިލިންކްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އެއްވެސް އެއްޗެއް ނެތީކަމަށް ބަލައި، ބާވެގެން ދޫކޮށްލާފައިހުންނަ ތަކެތި ނައްތާލާ އުސޫލުން އެ ތަކެތި ކައުންސިލުން ނައްތާލެވޭނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

28 ރަމަޟާން 1437

03 ޖުލައި 2016
ހޯދާ